1 އަބްރާމްގެ އުމުރުފުޅުން ނުވަދިހަ ނުވަވަނަ އަހަރުގައި މާތްރަސްކަލާނގެ އަބްރާމްއަށް ފާޅުވެ ވޮޑިގަތެވެ. އަދި ވަޙީ ކުރެއްވިއެވެ. ”ތިމަން ކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ! ތިމަންކަލާނގެއަށް ބޯލަނބައި ހެޔޮ އަމަލުތައް ކުރުންމަތީގައި ދެމިހުރޭ.
2 ތިމަންކަލާނގެ އާއި ތިބާއާ ދެމެދު މަތިވެރި ޢަހުދުނާމެއް ގާއިމު ކުރައްވާނަމު. ތިބާއަށް އަދަދު ނުކުރެވޭހާ ގިނަ ދަރިފަސްކޮޅެއް ތިމަންކަލާނގެ ދެއްވާނަމު.“
3 އަބްރާމް ބިމުގައި މޫނުޖައްސަވައި މާތްކަލާނގެއަށް ސަޖިދަ ކުރެއްވިއެވެ. އެ ހިނދު މާތްކަލާނގެ ވަޙީކުރެއްވިއެވެ.
6 ތިމަންކަލާނގެ ތިބާއަށް ގިނަވެގެންވާ ދަރިފަސްކޮޅެއް ދެއްވާނަން. އަދި މުސްތަޤުބަލުގައި އެބައިމީހުން ރަސްރަސްކަލުންނަށްވެ އެތައް ޤައުމެއް ބިނާ ކުރާނެ.
7 އަދި ތިބާގެ ދަރިފަސްކޮޅުގެ އަންނަން އޮތް ޖީލުތަކާއި ހަމައަށް މި ޢަހުދުނާމާ ނިމުމެއް ނުވާނެ ފަދައިން ދެމިގެންދާނެ. ތިމަންކަލާނގެ ވާހުށީ ތިބާއާއި ތިބާގެ ދަރިކޮޅުގެ ކަލާނގެ ކަމުގައި.
8 ތިބާ ބިދޭސީއެއްގެ ގޮތުގައި މިހާރު ވޭތުކުރަމުން ތިޔަ ގެންދާ ކަންޢާނު ސަހަރުގެ މުޅި ބިން ތިބާގެ ދަރިފަސްކޮޅަށް އަބަދުގެ އަބަދަށް ލިބިގެންވާނެ. އެއީ ތިމަންކަލާނގެއީ އެބައިމީހުންގެ ވެސް ކަލާނގެ ކަމުގައިވާތީ.“
9 މާތްކަލާނގެ އިބްރާހީމްގެފާނަށް ވަޙީ ކުރެއްވިއެވެ. ”ތިބާއާއި ތިބާގެ ދަރިފަސްކޮޅުގެ އަންނަން އޮތް ހުރިހާ ޖީލުތަކެއްގެ މީހުން ތިމަންކަލާނގެ އާއިއެކު ވެވިފައިވާ ޢަހުދުނާމާއަށް އިޙްތިރާމް ކުރަންޖެހޭނެ.
10 ތިބާއާއި ތިބާގެ ދަރިފަސްކޮޅުގެ އެންމެހާ ފިރިހެނުން ޚިތާނުގެ ލެއްވުމަށް ގަބޫލުވާން ޖެހޭނެ. އަދި އެކަމަށް ފުރިހަމައަށް އަމަލު ކުރަން ޖެހޭނެ.
13 ކޮންމެ ފިރިހެނަކު ވެސް ޚިތާނު ކުރަން ޖެހޭނެ. އަދި މި ކަމަކީ ދުނިޔަވީ ގޮތުން ތިމަންކަލާނގެ އާއި ތިބާއާއި ދެމެދު ވެވިފައިވާ ޢަހުދުނާމާގެ ފުރިހަމަ ނިޝާން.
14 ޚިތާނުގަ ލެވިފައިނުވާ ކޮންމެ ފިރިހެނަކު ތިމަންކަލާނގެ މީހުންގެ ތެރެއިން މުޅިން ވަކިކޮށްލެވެން ޖެހޭނެ. އެމީހަކީ ތިމަންކަލާނގެ ޢަހުދުނާމާއާ ޚިލާފުވެ އެއަށް ޙުރުމަތެއް ނުބެހެއްޓި މީހެއް.“
19 އެއާއިއެކު މާތްކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް އިވިވަޑައިގަތެވެ. ”ނޫން! ތިބާގެ އަންހެނުން، ސާރާއަށް ފިރިހެން ދަރިއަކު ލިބޭނެ. އެ ދަރިއަށް އިސްޙާޤުގެ ނަމުން ނަންދީ. ތިމަންކަލާނގެ މި ޢަހުދުނާމާ އެ ދަރިއާއި އެ ދަރީގެ ދަރިފަސްކޮޅާ އެކުގައި އަބަދަށް ދެމިގެންވާނެ. މި ޢަހުދުނާމާކީ އަބަދަށް ދެމިގެންދާނެ އެއްބަސްވުމެއް.
20 އިސްމާޢީލްއާ މެދު ތިބާ ބުނިބަސްތައް ތިމަންކަލާނގެ އަޑު އެއްސެވީމު. ތިމަންކަލާނގެ ރަޙުމަތް އޭނާއާ އެކުގައި ވާނެ. އަދި ގިނަ ދަރިންތަކެއް އޭނާއަށް ދެއްވައި ގިނަ ދަރިފަސްކޮޅެއް ދެއްވާނަން. ބާރަ ރަސްދަރިކަލުންގެ ބަފައެއް ކަމުގައި އޭނާ ލައްވާނަން. އަދި އޭނާގެ ދަރިފަސްކޮޅުން ފުރިހަމަ ވެގެންވާ ޤައުމެއް ގާއިމުވާނެ.
21 ތިމަންކަލާނގެއާ ތިބާއާ ދެމެދު ކުރެވޭ ޢަހުދުނާމާ ދަމަހައްޓާނީ މި އަންނަ އަހަރުގެ މިހާތަނުގައި ތިބާގެ އަންހެނުން، ސާރާއަށް ލިބޭ ދަރި އިސްޙާޤު.“
22 މާތްކަލާނގެ ވަޙީބަސްފުޅު ނިންމަވާ ލެއްވުމަށް ފަހު، އިބްރާހީމްގެފާނާއި ވަކިވެވޮޑިގެންފިއެވެ.
23 ޖެހިގެން އައިދުވަހު މާތްކަލާނގެ ވަޙީބަސްފުޅަށް ޙުރުމަތްތެރިކޮށް ހިއްތަވައި ކިޔަމަންތެރިކަން އަދާ ކުރައްވައި، އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލް ޚިތާނު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ހިޔާވަހިކަމުގެ ދަށުގައި ތިބިހާ ފިރިހެނުންނާއި އަޅުންގެ ގޮތުގައި ތިބި ދޭސީ އަދި ބިދޭސީ އެންމެހާ ފިރިހެނުން ވެސް ޚިތާނު ކުރެއްވިއެވެ.