Gênesis 16

DIV

3 ސާރާއީ، އަބްރާމްއަށް އެކަލޭގެފާނުގެ އަނތްބެއްގެ ގޮތުގައި ގެންގުޅުއްވުމަށް ހާޖަރު ދެއްވިއެވެ. މިކަން މި ގޮތަށް ހިނގީ އަބްރާމް ކަންޢާނު ސަރަހައްދުގައި ދިރިއުޅެމުން ގެންދާތާ ދިހަ އަހަރު ދުވަސް ވެފައި ވަނިކޮށެވެ.

4 ދެން އަބްރާމް ހާޖަރު އާއިއެކު ރޭކުރެއްވިއެވެ. ހާޖަރުއަށް އޭނާ ބަލިވެ އިންކަން ގައިމުވުމުން އެކަމާ ބޮޑާވެ، ސާރާއީއަށް ނަފްރަތު ކުރަން ފަށައިފިއެވެ.

5 މި ގޮތަށް ދިމާވުމުން ސާރާއީ އަބްރާމްއަށް ވިދާޅުވިއެވެ. ”⁠މި ހުރިހާ ކަމެއްގެ ކުށްވެރިއަކީ ކަލޭގެފާނު. އަހަރެންގެ އަޅު އަންހެން މީހާ އަހަރެން ކަލޭގެފާނަށް ދިނީމު. އެކަމަކު އޭނާ ބަލިވެއިންކަން ގައިމުވުމުން އަހަރެންނާއި މެދު ނަފްރަތު ކުރަން ފަށައިފި. އަހަންނާއި މެދު ކަލޭގެފާނަށް ތިޔަ ކަންތައް ކުރެއްވެނީ ކިހާ އިހާނެތިކޮށް. މިކަމާއި މެދު މާތްރަސްކަލާނގެ ކުރިފުޅުމަތީ ކަލޭގެފާނު ޒިންމާ އުފުއްލަވަން ޖެހޭނެ.⁠“

6 އަބްރާމް ޖަވާބުގައި ވިދާޅުވިއެވެ. ”⁠އެންމެ ރަނގަޅު. އޭނާއަކީ ތިބާގެ އަޅު އަންހެނެއް. އޭނާ ވަނީ ތިބާގެ ބާރުގެ ދަށުގައި. ތިބާ ބޭނުންގޮތަކަށް އޭނާއާއި މެދު އަމަލު ކުރުމުގެ އިޚުތިޔާރު ތިބާއަށް ލިބިގެންވޭ.⁠“ އޭގެފަހުން ސާރާއީ ހާޖަރާއި މެދު ވަރަށް އަނިޔާވެރިވިއެވެ. ދެން އެންމެފަހުން ހާޖަރު އެގެއިން ނުކުމެ ފިލައިފި އެވެ.

9 މާތްރަސްކަލާނގެ މަލާއިކަތާ ވިދާޅުވިއެވެ. ”⁠އޭނާގެ ގާތަށް ދޭ. އަދި އޭނާގެ އަޅެއްގެ ގޮތުގައި ދެމިހުރޭ.⁠“

10 އެއަށް ފަހު މަލާއިކަތާ ވިދާޅުވިއެވެ. ”⁠އެއް ވެސް އިންސާނަކަށް ގުނާ އަދަދު ނުކުރެވޭ ފަދަ ދަރިފަސްކޮޅެއް މާތްރަސްކަލާނގެ ތިބާއަށް ދެއްވާނެ.

13 އެހެންވެ އެބަސްފުޅު ވަޙީކުރެއްވި ކަލާނގެ ނަންފުޅުން ހާޖަރު ގޮވާލެއްވިއެވެ. ”⁠އިނބަރަސްކަލާގެއަކީ ބައްލަވާ ވޮޑިގެންވާ ކަލާނގެ.⁠“ ދެން އޭނާ ހިތާހިތާ ވިދާޅުވިއެވެ. ”⁠އަޅުގެ މައްޗަށް ބައްލަވާ ވޮޑިގަންނަވާ ކަލާނގެ އަސްލުގައި ވެސް އަޅަށް ފެނިއްޖެ.⁠“

14 އެތާ ހުރި ވަޅަށް، ބިއުރުލަޙައިރުއީ ކިޔައި ނަންދެވުނީ އެހެންވެއެވެ. މިވަޅު ހުންނަނީ ޤާދަޝް އާއި ބާރަދުއާ ދެމެދުގައެވެ.

Ler em outra tradução

Comparar lado a lado