1 އޭގެފަހުގައި މާތްރަސްކަލާނގެ އަބްރާމަށް ނިދާ އިއްވެވިއެވެ. ”އަބްރާމް. ބިރު ނުގަނޭ. ތިބާ ރައްކާތެރިކުރާނެ އައްޑަނައަކީ ތިމަން ރަސްކަލާނގެ. ތިމަންކަލާނގެ ތިބާއަށް މަތިވެރި ވެގެންވާ އިނާމެއް ދެއްވާނަން.“
2 އެކަމަކު އަބްރާމް ދެންނެވިއެވެ. ”ސާހިބުވަންތަ މާތްރަސްކަލާނކޯ! މިއަޅާއަށް ތިޔަ ބަރަކާތްލެއްވުމުގެ އޮތީ ކޮން މޮޅެއްތޯ؟ މިއަޅާއަކަށް އެންމެ ކުޑަމިނުން ދަރިޔަކު ވެސް ލިބިފައެއް ނުވޭ. އިނބަރަސްކަލާނގެ މިއަޅާއަށް ދަރިޔަކު ދެއްވާފައި ނުވާ ހިނދު މިއަޅާގެ ހުރިހާ ތަނަވަސްކަމެއް ދާނީ ދިމިޝްޤުގެ އަލީޢާޒަރަށް.
3 އިނބަރަސްކަލާނގެ މިއަޅާއަށް ދަރިއަކު ނުދެއްވާ. މިއަޅާގެ ހުރިހާ މިލްކިއްޔާތެއް ދާނީ މިއަޅާގެ ކޮންމެވެސް ޚާދިމެއްގެ އަތްމައްޗަށް.“
4 އެ ހިނދު މާތްރަސްކަލާނގެ ވަޙީބަސްފުޅު އަބްރާމްއަށް އިވިގެންދިޔައެވެ. ”ތިބާގެ އަޅު އަލީޢާޒަރަށް އެތަކެއްޗެއް މިލްކެއް ނުވާނެ. އެހެނީ ތިބާއަށް އުފަން ދަރިއަކު ލިބޭނެ.“
5 އެއަށް ފަހު މާތްރަސްކަލާނގެ އަބްރާމް ބޭރަށް ނެރުއްވާ ވަޙީކުރެއްވިއެވެ. ”އުޑަށް ބަލާލަބަލަ. އުޑުގައިވާ ތަރިތައް ތިބާއަށް އަދަދު ކުރެވޭނެތަ؟ ތިބާގެ ދަރިފަސްކޮޅު ވެސް ތިމަންކަލާނގެ އެފަދައިން ގިނަކުރައްވާނަން.“
6 އަބްރާމް މާތްރަސްކަލާނގެ ބަސްފުޅު ގަބޫލުކުރެއްވިއެވެ. އަދި އެކަލާނގެ އަބްރާމްގެ އީމާންކަމުގެ ސަބަބުން އެކަލޭގެފާނު ޞާލިޙެއް ކަމުގައި ކަނޑައެޅުއްވިއެވެ.
9 އެ ހިނދު މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”ތިން އަހަރުގެ ގެރި އަކާއި، ތިން އަހަރުގެ އަންހެން ބަކަރިއަކާއި، ތިން އަހަރުގެ ފިރިހެން ކަންބަޅިއަކާއި، ބޮޑު ކޮތަރަކާއި ކުޑަ ކޮތަރެއް ތިމަންކަލާނގެ ކިބަފުޅަށް ގެނޭ.“
12 އިރު އޮއްސެމުން ދިޔަ ހިނދު އަބްރާމްއަށް ވަރަށް ފުން ނިންޖަކުން ނިދިކުރެއްވުނެވެ. އަދި ވަރަށް ބޮޑު ބިރުވެރިކަމެއް އެކަލޭގެފާނުގެ މައްޗަށް ވެރިވިއެވެ. އަދި ހުރިހާ ދިމާއަކަށް އަނދިރިކަން ފެތުރުނެވެ.
16 އޭގެ ހަތަރު ދަރިފަސްކޮޅަށް ފަހު، ތިބާގެ އާއިލާގެ މީހުން މިރަށަށް އެނބުރި އަންނާނެ. އެއީ އަދި މިރަށުގައި އުޅޭ އަމޫރީން ފާފަކުރުމުގެ ހައްދުފަހަނަޅާއި ނުދާތީ.“
17 އެދުވަހުގެ އިރުއޮއްސި އަނދިރިކަން ފެތުރިފައިވީ ވަގުތު، ދެފަޅި ކުރެވިފައިވާ ޖަނަވާރުތަކުގެ ދެމެދުން އަނގުރު އަލިފާން ތަވަޔަކުން ދުންއެޅެމުން ދާތަނާއި އަދި އަނދަމުން ދިޔަ ހުޅުގަނޑެއް އެ ދެމެދުން ދާތަން އަބްރާމްއަށް ފެނިވަޑައިގަތެވެ.