7 އޭގެ ފަހުން ކަދަރްލަޢައުމަރް އާއި އޭނާއާއި އެއްކޮޅުވާ ރަސްރަސްކަލުން ޤާދަޝްއަށް ނުވަތަ ޢައިނިމިޝްފާޠު ސަހަރަށް އެނބުރި ގޮސް ޢަމާލިޤީންނަށް ލިބިގެންވީ ހުރިހާ ބިމެއް ހިފުމަށް ފަހު، ޙައްޞޫންތާމަރުގައި ދިރިއުޅޭ އަމޫރީންގެ މައްޗަށް ފަތަޙަ ހޯދިއެވެ.
10 މިވާދީ ވަނީ ތާރު ވަޅުތަކުން ފުރިފައެވެ. އަދި ސަދޫމު އާއި ޢަމޫރަތު ދެރަސްކަލުން ހަނގުރާމައިގެ މައިދާން ދޫކޮށް ފިލަން ދުވި ހިނދު އެ ދެރަސްކަލުންގެ ލަޝްކަރުގެ ބައެއް މީހުން ފިލަން އުޅެނިކޮށް އެ ވާދީގައި ވީ ތާރު ވަޅުތަކުގެ ތެރެއަށް ވެއްޓުނެވެ. ދެން އެތަނުގައި ވީ އެހެން ލަޝްކަރުތަކުގެ މީހުން ފަރުބަދަތަކުގެ ތެރެއަށް ގޮސް ފިލިއެވެ.
13 މި ހަނގުރާމައިން ސަލާމަތްވި މީހަކު ހިނގާދިޔަ ކަންތަކުގެ ވާހަކަ އަބްރާމްއަށް ކިޔައިދިނެވެ. އޭރު ޢިބްރާނީ ދަރިކޮޅުގެ އަބްރާމް ދިރިއުޅެމުން ގެންދަވަނީ އަމޫރީންގެ ގަބީލާގެ މަމްރާއަށް މިލްކުވެގެންވާ ބޮޑު ބިޔަ ގަސްތަކުގެ ތެރޭގައެވެ. މަމްރާ އާއި އޭނާގެ ދެ ކޮއްކޮ އަޝްކޫލް އާއި ޢާނިރު އަކީ އަބްރާމްގެ ބައިވެރިންނެވެ.
14 އަބްރާމްއަށް އެކަލޭގެފާނުގެ ބޭބެގެ ފިރިހެންދަރިފުޅު ހިނގާދިޔަ ހަނގުރާމައިގައި ހައްޔަރުވި ޚަބަރު ލިބުމުން އެކަލޭގެފާނުގެ ހަތިޔާރުއެޅި ލަޝްކަރުންނަށް ތައްޔާރު ވުމަށް އެންގެވިއެވެ. ތިން ސަތޭކަ އަށާރަ ފަހުލަވާނުން ހިމެނޭ މި ލަޝްކަރު އެ ހަތަރު ރަސްކަލުން ހޯދުމަށް ގޮސް އެމީހުން ފެނުނީ ދާނުއޭ ކިޔާ ރަށުންނެވެ.
17 ކަދަރްލަޢައުމަރް ރަސްގެފާނާއި އޭނާގެ ބައިވެރިންގެ ފަރާތުން ފަތަޙަ ލިބިވަޑައިގެން އަބްރާމް އެނބުރި ވަޑައިގަތުމުން، ޝަވާ ވާދީގައި (ރަދުންގެ ވާދީ) އަބްރާމް އާއި ބައްދަލު ކުރުމަށް ސަދޫމުގެ ރަސްގެފާނު ދިޔައެވެ.
18 ސާލެމުގެ ރަސްގެފާނު މަލްކީޞާދިޤު އަކީ އެންމެ މަތިވެރި ރަސްކަލާނގެ ކިބަފުޅަށް އީމާންވާ މުހިންމު އިމާމެކެވެ. އެރަސްގެފާނު އަބްރާމްއަށް ހެޔޮ ދުޢާކޮށް، ޕާނާއި މޭބިސްކަދުރުގެ ދިޔަ އަބްރާމްއަށް ހަދިޔާ ކުރުމަށް ފަހު ބުންޏެވެ.
21 ސަދޫމުގެ ރަސްގެފާނު އަބްރާމަށް ބުންޏެވެ. ”ހުރިހާ މުދާތައް ބަހައްޓާފަ، އަހަރެންގެ މީހުން އަހަރެންނަށްދީ.“
24 އަހަރެންގެ އަމިއްލަ ބޭނުމަށް އެއްވެސް ބައެއް އަހަރެން ބޭނުމެއް ނޫން. އަހަރެންގެ މީހުން ކެއުމަށް ބޭނުންކުރި ބައި އެއީ އަހަރެންގެ ބައިކަމުގައި ބަލާ، ނަމަވެސް އަހަރެންގެ ބައިވެރިން ކަމުގައިވާ ޢާނިރު އާއި އަޝްކޫލް އަދި މަމްރާއަށް ލިބެންޖެހޭ ޙިއްސާ އެމީހުންނަށް ލިބެން ޖެހޭނެ.“