1 ދެން އަބްރާމް އާއި ސާރާއީ އެމީހުންނަށް މިލްކުވެގެންވީ ތަކެއްޗާއިގެން ދެކުނުގެ ސަހަރާއަށް ވަޑައިގަތެވެ. އަދި އެމީހުންނާއިއެކު ލޫޠުގެފާނު ވެސް ވަޑައިގަތެވެ.
2 އަބްރާމް އަތުގައި ގެރިބަކަރިއާއި ކަންބަޅިތަކުގެ އިތުރުން ރަނާއި ރިހި ގިނަވެ މިހާރު އޭނާ ވަނީ މުއްސަނދިވެފައެވެ.
5 ލޫޠުގެފާނު ވެސް އެކަލޭގެފާނުގެ ކަންބަޅިތަކާއި އެހެނިހެން ޖަނަވާރުތަކާއި އަޅުންނާއި އަދި އާއިލާ ގޮވައިގެން އަބްރާމް އާއިއެކު ވަޑައިގަތެވެ.
8 މި ގޮތަށް މިކަން ދިމާވުމުން އަބްރާމް ލޫޠުގެފާނަށް ވިދާޅުވިއެވެ. ”އަހަރެމެންނަކީ އެއް އާއިލާއެއްގެ ދެމީހުން. އަހަރެމެން އެކަކު އަނެކަކުދެކެ ރުޅިއައިސްގެން ނުވާނެ. އަދި އަހަރެމެން ދެމީހުންގެ މަސައްކަތު މީހުން ވެސް އެކަކު އަނެކެއްގެ ގަޔަށް އަތްލައި ހަދައިގެން ނުވާނެ.
9 ތިބާ ޚިޔާރު ކުރާ ތަނަކުން ބިން ޚިޔާރު ކުރުމަށް ބިން އެބައޮތް. ދެމީހުން ވަކިން ދިރިއުޅެމާ ހިނގާ. ތިބާ އުތުރުގެ ސަރަހައްދު ޚިޔާރު ކުރާނަމަ އަހަރެން ދެކުނުގެ ސަރަހައްދަށް ހިނގައިދާނަން. ތިބާ ދެކުނުގެ ސަރަހައްދު ޚިޔާރު ކުރާނަމަ އަހަރެން އުތުރުގެ ސަރަހައްދަށް ހިނގައިދާނަން.“
12 އަބްރާމް ކަންޢާނުގައި މަޑުކުރެއްވިއެވެ. ނަމަވެސް ލޫޠުގެފާނު ވާދީގެ ތެރޭގައި ސަދޫމުއާ ވަރަށް ގާތުގައި ވަޒަންވެރިވެ ވަޑައިގަތެވެ.
13 އެރަށުގެ މީހުންނަކީ މާތްރަސްކަލާނގެ މަނާކުރައްވާފައިވާ ނުބައި ނުލަފާ ކަންތައްކުރާ ނުބައި ބަޔެކެވެ.
14 އަބްރާމްއާއި ލޫޠުގެފާނު ވަކިވީ ފަހުން މާތްރަސްކަލާނގެ އަބްރާމަށް ވަޙީކުރެއްވިއެވެ. ”އުތުރާއި ދެކުނާއި އިރުމައްޗާއި ހުޅަނގަށް ބަލާލަބަލަ.
15 ތިބާއަށް ތިޔަ ފެންނަ ހުރިހާ ސަރަހައްދަކުން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ އަބަދަށްޓަކައި ބިންދޭނަން.
16 ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު ދުނިޔޭގައިވާ ވެއްޔަށް ވުރެން އިތުރުކުރައްވައި ގުނާ އަދަދު ނުކުރެވޭ ވަރަށް ގިނަ ކުރައްވާނަން.
17 މިހިސާބުގަނޑުގެ އެއްކޮޅުން އަނެއްކޮޅަށް ފައިމަގުގައި ދަތުރުކުރޭ. އެތަންތަނަކީ އަހަރެން ތިބާއަށް ދޭނެ ބިންތައް.“
18 އެ ހިނދު އަބްރާމް އެކަލޭގެފާނުގެ ފޭލިގެ ނަންގަވައިގެން ދަތުރުކުރައްވާ ގޮސް ޙަބްރޫނުގެ ސަރަހައްދުގައިވާ މަމްރާގެ ބޮޑެތި ގަސްތަކުގެ ކައިރީ ފޭލިގެ ޖެއްސެވިއެވެ. މިތަނުގައި އެކަލޭގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއްވުމަށްޓަކައި ޤުރުބާން ކުރުމަށް އައްޓެއް ބިނާކުރެއްވިއެވެ.