2 Samuel 23

DIV

1 މި ބަސްތައް މި ލިޔަނީ ޔައްސާގެ ދަރި ދާއޫދުގެފާނެވެ. މިއީ މާތްކަލާނގެ މަތީ މަޤާމު ދެއްވެވި ބޭކަލެއްގެ ބަސްފުޅެވެ. އޭނާއަކީ ޔަޢުޤޫބުގެފާނުގެ ކަލާނގެ ރަސްކަން ދެއްވާފައިހުރި ބޭކަލެކެވެ. މިއީ އިސްރާއީލީންނަށްޓަކައި ރީތި މަދަހަ ހައްދަވައި ވިދާޅުވެ އުޅުއްވި ކަލޭގެފާނު ވެސް މެއެވެ.

2 ”⁠މާތްރަސްކަލާނގެ ރޫޙުފުޅު އަހަރެން މެދުވެރިކޮށް މި ލަފުޒުތައް އިއްވެވިއެވެ.

3 އިސްރާއީލުގެ ކަލާނގެ ވަޙީ ކުރެއްވިއެވެ.

4 އެކަލާނގެއަށް ބޯލަބައި ބިރުވެތިވެ ވެރިކަން ކުރާ މީހާ އަކީ،

5 މާތްކަލާނގެ އަހަރެންގެ އާއިލާ އިޚުތިޔާރު ކުރެއްވިއެވެ.

6 އެކަމަކު ނުބައި މީހުންނަކީ އުކާލެވޭ ކަށި ގަސްތަކެއް ފަދަ ބައެކެވެ.

7 މީހަކު އޭގައި އަތްލިޔަސް އޭގެ ތުނޑު ހެރިދެއެވެ.

8 މިއީ ދާއޫދުގެފާނުގެ ހަނގުރާމަވެރިންގެ ނަންތަކެވެ. ތަހުކަމޫނީންގެ ޔޫޝައިބު ބައްޝަބަތު އަކީ އެންމެ ވަރުގަދަ ތިން ފަހުލަވާނުންގެ އިސް ވެރިޔާއެވެ. މީނާ އަކީ އެއްފަހަރާ އަށްސަތޭކަ މީހުން އޭނާގެ ލޮންސިން މަރާފައިވާ މީހެކެވެ.

9 އަނެކަކީ ދޫދޫގެ ދަރި އަލްޢާޒަރު އެވެ. އޭނާއަކީ އަޚޫޚީ ގަބީލާގެ މީހެކެވެ. އަލިޢާޒާރު އަކީ އޭގެ ތެރޭން އެކަކެވެ. ދާއޫދުގެފާނު ފިލިސްޠީނީންނާ ހަނގުރާމަ ކުރައްވަން ނުކުންނެވި ދުވަހަކު އިސްރާއީލީންގެ ސިފައިން ދުވެ ފިލީއެވެ.

10 އެކަމަކު އަލްޢާޒަރު ވަރުބަލިވެ ލޮޑުވީ އިރު ވެސް އަތުން ކަނޑި ދޫކޮށް މައިދާން ދޫކޮށެއް ނުލިއެވެ. އޭނާ އެގޮތުގައި ފިލިސްޠީނީންނާ ހަނގުރާމަކުރަމުން ގެންދިޔައެވެ. އެދުވަހު މާތްރަސްކަލާނގެ އިސްރާއީލީންނަށް ވަރަށް ބޮޑު ކާމިޔާބެއް ދެއްވިއެވެ. އަލްޢާޒަރު ހަނގުރާމަ ފަތަޙަ ކުރިފަހުން މީހުން އެތަނަށް ދިޔައީ މަރުވެފައިތިބި މީހުންގެ ތަކެތި ނެގުމަށެވެ.

11 ތިންވަނަ މީހަކީ ހަރާރުގެ އަޖީގެ ދަރި ޝައްމާއެވެ. ފިލިސްޠީނީންނާ ހަނގުރާމައަށް ނުކުމެ މުގު ގަސް ހެދިފައިވާ ދަނޑެއްގައި އެމީހުން ޖަމާވެ ތިއްބެވެ. އެދުވަހު ވެސް ފިލިސްޠީނީން ދެކެ ބިރުން އިސްރާއީލުގެ ހަނގުރާމަވެރިން ފިލައިގެން ދިޔައީއެވެ.

12 އެކަމަކު ޝައްމާ ދަނޑުމެދުގައި ހުޝިޔާރު ކަމާއެކު ދިފާއު ކުރަން ހުއްޓެވެ. އޭނާ ފިލިސްޠީނުން ބަލި ކޮށްލިއެވެ. އެދުވަހު ވެސް އިސްރާއީލީންނަށް މާތްރަސްކަލާނގެ ނަސްރު ދެއްވިއެވެ.

13 އެއްފަހަރަކު ގޮވާންކަނޑާ މޫސުމުގައި ދާއޫދުގެފާނު ޢަދުއްލާމްގެ ހޮހަޅަ ކައިރީގައި ހުންނެވިއެވެ. އޭރު ފިލިސްޠީނުންގެ ފައުޖު ރަފާއީމްގެ ވާދީއަށް އައިސް ފޭލިގެ ޖަހައިގެން ތިއްބެވެ. ދާއޫދުގެފާނުގެ އެންމެ އަރިސް ތިރީސް އިސް ފަހުލަވާނުން ގެ ތެރޭން ތިން ފަހުލަވާނުން އެކަލޭގެފާނު ހުންނެވި ތަނަށް އަތުވެއްޖެއެވެ.

14 އެވަގުތު ދާއޫދުގެފާނު ހުންނެވީ ކިއްލާއެއް ކަހަލަ ފަރުބަދަ ތަކެއްގެ ތެރޭގައެވެ. ފިލިސްޠީނީންގެ ސިފައިން ތިބީ ބައިތުލަޙަމަށް ގަދަކޮށްގެންނެވެ.

15 ދާއޫދުގެފާނު ރަށްމަތިން ހަނދުމަފުޅުވެ ނުހަނު ބޮޑަށް ފެންފޮދަކަށް ބޭނުންވިއެވެ. އެވަގުތު އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކޮންމެވެސް މީހަކު ބައިތުލަޙަމުގެ ދޮރާށިދޮށުގައި ހުރި ވަޅުން އަހަންނަށް ފެންފޮދެއް ގެނެސް ދޭނެ ނަމަ⁠“ އެވެ.

16 ދެން އެ ތިން ފަހުލަވާނުން ގޮސް އެތަނުގައި ތިބި ފިލިސްޠީނީން ފޫއަޅުވާލާފައި ބައިތުލަޙަމުގެ ބޮޑުދޮރާށި ކައިރީ ހުރި ވަޅުން ދާއޫދުގެފާނަށް އެރުވުމަށް ފެން ގެނެސްފިއެވެ. އެކަމަކު ދާއޫދުގެފާނު އެ ފެންފޮދު ހިއްޕެވުމަށް އިންކާރު ކުރެއްވިއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ކުރެއްވި ޤުރުބާނީއެއްގެ ގޮތުގައި އެފެންފޮދު އޮއްސަވާލެއްވީއެވެ.

17 ދާއޫދުގެފާނު ދުޢާ ދެންނެވެ. ”⁠މި ފެން މިއަޅާއެއް ނުބޯނަން. އެހެނީ އެފެން ބުއިމެކޭ އެމީހުންގެ ލޭ ބުއިމެކޭ ތަފާތެއް ނެތް. އެއީ މިއަޅާއަށްޓަކައި އެމީހުންގެ ނަފްސު ނުރައްކަލަށް ހުށަހަޅައިގެން ގެނައި ފެނެއް.⁠“ އެކަލޭގެފާނު އެފެން ފޮދު ނުހިއްޕެވީ އެހެންވެއެވެ. މިއީ އެތިން ފަހުލަވާނުން ކުރި ހިތްވަރުގަދަ އެއްކަމެކެވެ.

18 ސަރޫވިޔަތުގެ ދަރި އަބީޝާއި އަކީ ޔުއާބުގެ ކޮއްކޮއެވެ. އޭނާއަކީ އެ ތިރީސް ފަހުލަވާނުންގެ އަމުރުވެރިޔާއެވެ. އަބީޝާއި އޭނާގެ ލޮންސިން ތިންސަތޭކަ ދުޝްމިނުންނާ ހަނގުރާމަކޮށް އެ އެންމެން މަރާލިއެވެ. އޭނާއަކީ ވެސް އެ ތިން ފަހުލަވާނުން ފަދައިން މަޝްހޫރު މީހެކެވެ.

19 އަބީޝާއީ އެ ތިން ފަހުލަވާނުން ފަދައިން މަޝްހޫރުވެފައި ވިޔަސް އޭނާ ތިން ފަހުލަވާނުންގެ ތެރެއަކު ނުހިމެނެއެވެ. އޭނާ ހުރީ އެމީހުންގެ ވެރިޔަކަށެވެ.

20 ޔޫޔާދަޢުގެ ދަރި ބަނާޔާއަކީ ޖާނު ވަރުގަދަ ފަހުލަވާނެކެވެ. އޭނާ އުޅެބޮޑުވީ ޤަބްޞިއީލުގައެވެ. އޭނާ ވެސް އެފަދަ ހިތްވަރުގަދަ ކަންތައް ކުރިއެވެ. އޭނާ މުއާބުގެ ގަދަފަދަ ދެ ފަހުލަވާނުން މަރާލިއެވެ. އެއްދުވަހަކު ސްނޯ ފައިބަމުން ދިޔަ ވަގުތެއްގައި ވަޅުގަނޑެއްގެ ތެރޭ އޮތް ސިންގާއެއް ވެސް މަރާލިއެވެ.

21 މީގެ އިތުރުން ބަނާޔާ މިޞްރުގެ ބިޔަ ހަނގުރާމަވެރިއަކު ވެސް މަރާލިއެވެ. މިޞްރު މީހާގެ އަތުގައި ބޮޑު ލޮންސިއެއް އޮތެވެ. އެކަމަކު ބަނާޔާއަތުގައި އޮތީ މުގުރު ބުރިއެކެވެ. ބަނާޔާ މިޞްރު މީހާ އަތުން ލޮންސި ދަމައިގަތެވެ. އޭނާ މިޞްރު މީހާ މަރާލީ އެލޮންސިންނެވެ.

22 ބަނާޔާ މިކަހަލަ ކިތަންމެ ކުޅަދާނަ ކަންތަކެއް ކުރިއެވެ. މީނާއަކީ ވެސް ތިން ފަހުލަވާނުންހާ މަޝްހޫރު މީހެކެވެ.

23 އޭނާއަކީ ތިރީސް ފަހުލަވާނުންނަށް ވުރެން ވެސް ނަން އަރާފައިވާ މީހެކެވެ. އެކަމަކު އޭނާއެއް ވެސް މަޝްހޫރު ތިން ފަހުލަވާނުންގެ ތެރެއަކު ނުހިމެނެއެވެ. ދާއޫދުގެފާނު އެކަލޭގެފާނުގެ ހަށިރައްކާތެރިންގެ ވެރިޔަކަށް ބަނާޔާ ހެއްދެވިއެވެ.

24 ވަރުގަދަ ތިރީސް ފަހުލަވާނުންގެ ތެރޭގައި ޔުއާބުގެ ކޮއްކޮ އަސާހިލްއާއި ދޫދޫގެ ދަރި އަލްހާނާން ހިމެނެއެވެ. އޭނާއަކީ ބައިތުލަޙަމުގެ މީހެކެވެ.

25 އަދި ހަރޫދު އަވަށުގެ ޝައްމާއާއި އަލީގާ،

26 ފަލްދީ އަވަށުގެ ހާލިސް،

27 އަނާޘޫޘީ އަވަށުގެ އަބީއަރުޒު،

28 އަޚޫޚީ އަވަށުގެ ސަލްމޫން،

29 ނަތޫފާ އަވަށުގެ ބަޢްނާގެ ދަރި ޚާލިބު،

30 ފިރްޢަތޫނުން އަވަށުގެ ބަނާޔާ،

31 އަރުބާނީ އަވަށުގެ އަބީ އަލްބޫނު،

32 ޝައައްލުބޫން އަވަށުގެ އަލީހަބާ،

33 ހަރާރީގެ ޝައްމާގެ ދަރި ޔޫނާޘާން،

34 މަޢުކީއީން އަވަށުގެ އަޙަސްބާއިގެ ދަރި އަލީފަލްދު،

35 ކަރުމިލް އަވަށުގެ ހަސްރާއި،

36 ޒޫބާގެ ނާޘާންގެ ދަރި ޔަޖާލް،

37 ޢައްމޫނީ އަވަށުގެ ސާލިގް،

38 ޔަޘްރީ އަވަށުގެ ޢީރާ އާއި ޖާރަބު،

39 ޙިއްޘީންގެ އުރިއްޔާ އެވެ.

Ler em outra tradução

Comparar lado a lado