2 Samuel 24

DIV

1 އަނެއްކާވެސް މާތްރަސްކަލާނގެ އިސްރާއީލުންނާމެދު ކޯފާވެ ވޮޑިގެންފިއެވެ. އެހެންވެ މާތްރަސްކަލާނގެ އެމީހުންނަށް މުސީބާތް ކުރިމަތި ކުރެއްވުމަށް ދާއޫދުގެފާނު ލައްވާ އިސްރާއީލީންގެ ބޯ ހިމެނުއްވިއެވެ. އެންގެވުންއައީ މިހެންނެވެ: ”⁠ގޮސް ޔަހޫޛާއާއި އިސްރާއީލުގެ އެންމެންގެ ބޯ ހިމަނާ!⁠“

2 ދާއޫދުގެފާނު ޔުއާބުއާއި ސިފައިންގެ ވެރިންނަށް އެންގެވިއެވެ. ”⁠ދޭ، ގޮސް އެންމެ އުތުރުގެ ދާނުގެ ފެށިގެން އެންމެ ދެކުނުގައިވާ ބިއުރުސަބްޢައާ ދެމެދުގައި ތިބި އިސްރާއީލީންގެ ހުރިހާ އެންމެންގެ ބޯހިމަނައިގެން އާދޭ. އަހަރެން ބޭނުން، ސިފައިންގެ ތެރެއަށް ވެއްދޭނެ ތިބީ ކިތައް މީހުންތޯ ބަލަން.⁠“

3 އެކަމަކު ޔުއާބު ދާއޫދުގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކަލޭގެފާނަށް ސަތޭކަ ގުނައަށް ހަނގުރާމަވެރިން ދެއްވާށި. ކަލޭގެފާނުގެ ލޯފުޅަށް މިތަން ފެންނާށި. އެކަމަކު މި ކަންތައް ކަލޭގެފާނު ކުރައްވަން ޖެހެނީ ކީއްވެ؟⁠“

4 ދާއޫދުގެފާނު ޔުއާބުއަށާއި ފައުޖުގެ އިސްވެރިންނަށް ގަދަ އަމުރުން މިކަމަށް އަމުރު ކުރައްވައިފިއެވެ. އެހެންވެ އެމީހުން ރަސްގެފާނުގެ އަރިހުން ހިނގައްޖެއެވެ.

5 ބޯހިމަނަން ދިޔަ މީހުން އުރުދުންގެ ކޯރު އައްސޭރިފަށުގެ ޢަރޫޢީރު އަވަށުގެ ދެކުނުގައި އޮންނަ ފުންވާދީގައި ފޭލިގެ ޖަހައިފިއެވެ. އޭގެ ފަހުން އެމީހުން ދިޔައީ ޖާދުގެ ތެރޭންލާފައި ޔަޢުޒީރަށެވެ.

6 ދެން އެތަނުން އެމީހުން ޖިލްޢާދަށާއި ޤާދަޝްއަށް ދިޔައެވެ. މިއީ ޙިއްޘީއިންގެ އަވަށެވެ. އެމީހުން އެތަނުން ދެން ދިޔައީ ދާނަށެވެ. ދާނުން ދިޔައީ ޞައިދޫން އަވަށަށެވެ.

7 އެމީހުން ޞޫރުގެ ކިއްލާއަށް ވެސް ދިޔައެވެ. އަދި ޙިއްވީންނާއި ކަންޢާނުގެ ހުރިހާ އަވަށަކަށް ދިޔައެވެ. އޭގެ ފަހުން ޔަހޫޛާގެ ދެކުނު އަވަށް ކަމަށްވާ ބިއުރުސަބްޢައަށް ވެސް ހިނގައްޖެއެވެ.

8 މިގޮތުން އެމީހުން މުޅި ޤައުމުގެ އެންމެން ނުވަ މަހާއި ވިހި ދުވަހުން ބޯހިމަނައި ނިންމާލައިގެން ޖެރޫސަލަމަށް އަތުވެއްޖެއެވެ.

9 ދެން ޔުއާބު ގެނައި ލިސްޓު ރަސްގެފާނަށް އަރުވައިފިއެވެ. އޭރު އިސްރާއީލުގައި ކަނޑި ހަނގުރާމަ ކުރޭވަރުގެ ތިބީ އަށް ލައްކަ މީހުންނެވެ. ޔަހޫޛާގައި ތިބީ ފަސްލައްކަ ހަނގުރާމަވެރިންނެވެ.

10 ދެން ދާއޫދުފާނަށް މިމީހުންގެ ބޯ ހިމެނުނީތީ ލަދުފުޅުގެން ވަޑައިގެންފިއެވެ. ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠މިއަޅާއަށް ފާފައެއް ކުރެވިއްޖެ. އިނބަރަސްކަލާނގެ މިއަޅާގެ މިކުށް އަފޫކުރައްވައި ދެއްވުން އެދި އާދޭސް ދަންނަވަން. މިއަޅާއަށް މި ކުރެވުނީ ވަރަށް ބޮޑު މޮޔަކަމެއް.⁠“

11 ދާއޫދުގެފާނު ހެނދުނު ތެދުވެ ވަޑައިނުގަންނަވަނީސް ނަބީ ޖާދުއަށް މާތްރަސްކަލާނގެ އެންގެވުން އަތުވެއްޖެއެވެ.

12 މާތްރަސްކަލާނގެ ޖާދު އަށް އަންގަވާފައި ވަނީ މިހެންނެވެ: ”⁠ގޮސް ދާއޫދުގެފާނަށް ދަންނަވާ، ތިމަން ކަލާނގެ ތިންކަމެއް ކަލޭގެފާނުގެ މައްޗަށް ހުށަހަޅުއްވަމޭ، އޭގެ ތެރޭން ކަލޭގެފާނު ރުހިވަޑައިގަންނަވާ ކަމެއް ޚިޔާރު ކުރައްވާށޭ.⁠“

13 ޖާދު ނަބީ ދާއޫދުގެފާނުގެ އަރިހަށް ގޮސް މިހެން ދެންނެވިއެވެ. ”⁠މި ތިން ކަންތަކުގެ ތެރޭން އެއްކަމެއް ޚިޔާރު ކުރައްވާ:

14 ދާއޫދުގެފާނު ޖާދުނަބީއަށް ވިދާޅުވިއެވެ. ”⁠ޙަޤީޤަތުގައި ވެސް އަހަރެން މިވަނީ މުސީބާތާ ކުރިމަތިވެފައި، އެކަމަކު މާތްރަސްކަލާނގެއަކީ އޯގާވަންތަ ކަލާނގެ. އެހެންވީމާ އެކަލާނގެ މިއަޅާއަށް ދެއްވާ ސަޒާއެއް ދެއްވާފާށި. އެކަމަކު ދުޝްމިނުންގެ އަތްދަށަށް މިއަޅާ ދާނެ ގޮތް މެދުވެރި ނުކުރައްވާފާށި.⁠“

15 ދެން މާތްރަސްކަލާނގެ އިސްރާއީލުންނަށް ބަލިމަޑުކަމެއް ފޮނުއްވައިފިއެވެ. މިކަންތައް ފެށުނީ ހެނދުނުގެ ވަގުތެއްގައެވެ. އެކަލާނގެ ހަމަޖައްސަވާފައިވާ ވަގުތަކާ ހަމަޔަށް އެކަންތައް ހިނގި އިރު ދާނުން ފެށިގެން ބިއުރުސަބްޢައާއި ހަމަޔަށް ހަތްދިހަ ހާސް މީހުން މަރުވެ ހިނގައްޖެއެވެ.

16 މާތްރަސްކަލާނގެ މަލާއިކަތާ ޖެރޫސަލަމް ހަލާކު ކުރެއްވުމަށް ތައްޔާރުވެ ވަޑައިގެންފިއެވެ. އެކަމަކު މީސްތަކުންނަށް ލިބެމުން ދާ ގެއްލުން ދެކެވޮޑިގެން މާތްރަސްކަލާނގެ އިރާދަފުޅު ބަދަލު ކުރައްވައިފިއެވެ. ދެން އެކަލާނގެ މަލާއިކަތާއަށް އެންގެވިއެވެ. ”⁠ދެން ހެޔޮ! ކަލޭގެ އަތް ތިރި ކުރޭ.⁠“ އޭރު މަލާއިކަތާ ހުންނެވީ ޔަބޫސީންގެ އަރޫނާގެ ގޮވާން ތޮށިނޮޅާ ދަނޑުބިން މަތީގައެވެ.

17 އެވަގުތު ދާއޫދުގެފާނަށް ފުރާނަ ހިއްޕަވާ މަލާއިކަތާ ފެނިވަޑައިގެންފިއެވެ. ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠ކުށްކުރީ މި އަޅާ! އެމީހުން ކުރީ މިއަޅާ އެމީހުންނަށް އެންގި ކަމެއް. އެ ފަކީރުން ކުރީ ކޮންކަމެއްތޯ؟ އެކަމުގެ ސަޒާ މިއަޅާއަށާއި މިއަޅާގެ ބައްޕަގެ އާއިލާއަށް ދެއްވާ!⁠“

18 އެދުވަހު ޖާދުނަބީ ދާއޫދުގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. އޭނާ ދާއޫދުގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނު ވަޑައިގެން ޔަބޫސީންގެ އަރޫނާގެ ގޮވާން ތޮށިނޮޅާ ދަނޑުބިމުގައި ޤުރުބާނީ ޖަގަހައެއް ހައްދަވާ.⁠“

19 ދާއޫދުގެފާނު އޭނާ އެ ބުނި ފަދައިން މާތްރަސްކަލާނގެ އެންގެވި ގޮތަށް ކަންތައް ކުރައްވައިފިއެވެ.

20 އަރޫނާއަށް ދާއޫދު ރަސްގެފާނު އެކަލޭގެފާނުގެ އަރިހުބޭކަލުންނާއެކު ވަޑައިގަންނަވާތަން ފެނިއްޖެއެވެ. ދެން އޭނާ ބޭރަށް ނުކުމެ ބިންމަތީގައި މޫނު ޖައްސައި ކުރުނީސް ކޮށްފިއެވެ.

21 އަރޫނާ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ރަސްގެފާނު އަޅުގަނޑުގެ ގާތަށް ތިޔަ ވަޑައިގަތީ ކޮންކަމަކުތޯ؟⁠“

22 އަރޫނާ ދެންނެވިއެވެ. ”⁠ކަލޭގެފާނު ބޭނުން ފުޅު އެއްޗެއް ގެންދަވާ. މިތަނުގައި ގޮވާން ކުރަން ދުއްވާ ގެރިތައް އަންދަވައި ޤުރުބާން ކުރައްވާ. ދެގެރި ބަނދެފައި އޮންނަ ދަނޑިއާއި ގޮދަންނޮޅާ ބަރު ލަކުޑި ދަތިގަނޑު ވެސް ދަރުގެ ގޮތުގައި ބޭނުން ކުރައްވާ.

23 މިހުރިހާ އެއްޗެއް އަޅުގަނޑު ކަލޭގެފާނަށް އަރުވަން.⁠“ އަދި އަރޫނާ މިހެން ވެސް ދެންނެވިއެވެ. ”⁠ރަސްގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކަލޭގެފާނާ ރުހިވޮޑިގަންނަވާށި.⁠“

24 އެކަމަކު ރަސްގެފާނު އަރޫނާއަށް ވިދާޅުވިއެވެ. ”⁠ނޫން. އަހަރެން ކަލޭގެ ގާތު ތެދެއް ބުނަން. އަހަރެން ކަލޭގެ ބިން ގަންނާނީ އަގުދީފައި. އޭގެ އަގު ނުދައްކައި އެއްވެސް ޤުރުބާނީއެއް އަހަރެން ނުކުރާނަން.⁠“

25 ދެން ދާއޫދުގެފާނު އެތަނުގައި ޤުރުބާނީ ވެދުން ކުރާއައްޓެއް ހައްދަވައިފިއެވެ. އަދި އެތަނުގައި ޤުރުބާނީ އަންދާނެ އައްޓެއް ވެސް ހައްދަވައި ގުޅުން ބަދަހި ކުރާ ޤުރުބާނީ ވެދުން ކުރައްވައިފިއެވެ.

Ler em outra tradução

Comparar lado a lado