Rute 1
DIV vs BKJ
1 އިސްރާއީލުގައި ރަސްކަލުން ނެތި ފަނޑިޔާރުންގެ އަތްމަތީގައި ހުރިހާ ބާރެއް އޮތް ދުވަސްވަރު އެރަށަށް ވަރަށް ބޮޑު ތަދަކާ ކުރިމަތިލާން ޖެހުނެވެ. އަދި ހަމަ އެދުވަސްވަރު އިސްރާއީލުގެ ބޮޑު ސަހަރެއްކަމުގައިވާ ޔަހޫޛާގެ ބައިތުލަޙަމުގައި އުޅުނު މީހަކު މިތަދުގެ ސަބަބުން އޭނާގެ އަންހެނުންނާއި ދެފިރިހެން ދަރިން ގޮވައިގެން މުއާބުއޭ ކިޔުނު ރަށަށް ބަދަލު ވިއެވެ.
1 Ora, sucedeu que, nos dias em que os juízes governavam, houve fome na terra. E um certo homem de Belém de Judá foi residir temporariamente na terra de Moabe, ele, sua esposa e seus dois filhos.
2 އޭނާގެ ނަމަކީ އަލީމާލިކު އެވެ. އަންހެނުންނަކީ ނުޢުމީއެވެ. އޭނާގެ ދެ ދަރިންނަކީ މަޙުލޫންއާއި ކިލްޔޫން އެވެ. އެމީހުންނަކީ ޔަހޫޛާގެ ބައިތުލަޙަމުގައި އުޅުނު އަފްރާތީންގެ އައުލާދުގެ ބަޔެކެވެ. އެމީހުން މުއާބަށް އައިސް ވަޒަންވެރިވިއެވެ.
2 E o nome do homem era Elimeleque, e o nome da sua esposa Noemi, e o nome dos seus dois filhos Malom e Quiliom, Efrateus de Belém de Judá. E eles chegaram à terra de Moabe, e ali continuaram.
3 އެމީހުން މިރަށުގައި އުޅެމުން ގެންދިޔަ ދުވަސްވަރު ނުޢުމީގެ ފިރިމީހާ އަލީމާލިކު ނިޔާވެ އޭނާއާއި ދެފިރިހެން ދަރިން އެކަނިވެރި ވެއްޖެއެވެ.
3 E Elimeleque, marido de Noemi, faleceu; e ela foi deixada com os seus dois filhos.
4 އެއަށް ފަހު ނުޢުމީގެ ދެފިރިހެން ދަރިން މުއާބީންގެ ދެއަންހެން ދަރިންނާއި ކައިވެނި ކޮށްފިއެވެ. އެތަނުން އެއް ކުއްޖެއްގެ ނަމަކީ ޢުރުފާއެވެ. އަނެއް ކުއްޖާގެ ނަމަކީ ރާޢޫތު އެވެ. އެމީހުން އެރަށުގައި ދިހަ ވަރަކަށް އަހަރު ވަންދެން ދިރިއުޅުނެވެ.
4 E eles tomaram para si esposas das mulheres de Moabe; o nome de uma era Orfa, e o nome da outra Rute; e eles habitaram ali por cerca de dez anos.
5 އޭގެފަހުން ނުޢުމީގެ ދެފިރިހެން ދަރިން ކަމަށްވާ މަޙުލޫންއާއި ކިލްޔޫން ވެސް މަރުވެއްޖެއެވެ. ފިރިމީހާއާ ދަރިންކޮޅު މަރުވެ ދިއުމުން ނުޢުމީ ވަނީ ބިކަވެފައެވެ.
5 E Malom e Quiliom também faleceram; e a mulher foi deixada sem os seus dois filhos e marido.
6 މިދުވަސްވަރު މީހުންގެ ފަރާތުން ނުޢުމީއަށް އިވުނު ގޮތުގައި މާތްރަސްކަލާނގެ އިސްރާއީލުގެ މީހުންނަށް ތަނަވަސްކަން ދެއްވައި ދަނޑު ގޮވާމުގައި ބަރަކާތް ލައްވައިފިއެވެ. އެހެން ކަމުން ނުޢުމީއާއި އޭނާގެ ދެ ދަނބިދަރިން މުއާބުން އެނބުރި އޭނާގެ އަމިއްލަ ވަޒަނަށް، ދިއުމަށް ދަތުރު ހަދަން ފެށިއެވެ.
6 Então levantou-se ela com suas duas noras para que pudesse retornar da terra de Moabe, pois ela havia ouvido na terra de Moabe como o SENHOR havia visitado o seu povo, dando-lhes pão.
7 އެމީހުން އުޅުނުތަން ދޫކޮށް ޔަހޫޛާއަށް ދަތުރު ކުރުމުގެ މަގުމައްޗަށް ނުކުމެއްޖެއެވެ.
7 Assim ela saiu do lugar onde estava, junto com suas duas noras; e elas puseram-se a caminho, para retornar à terra de Judá.
8 ދެން ނުޢުމީ އޭނާގެ ދެ ދަނބި ދަރިންނަށް ބުންޏެވެ. ”ދަރިފުޅުމެން އެނބުރި ދަރިފުޅުމެންގެ މައިންބަފައިންގެ ގާތަށް ދާންވީނު. ތިޔައިގެ ދެކުދިން އަހަރެންނަށާއި އަހަރެންގެ ފިރިމީހާއާއި ދަރިންނަށް ދިންފަދަ އޯގާވެރިކަމުގެ އިނާމެއް މާތްރަސްކަލާނގެ ތިޔަ ދެކުދިންނަށް ވެސް ދެއްވާށި!
8 E Noemi disse às suas duas noras: Ide, cada uma de vós, retornai para a casa da sua mãe; que o SENHOR vos trate com benevolência, como tratastes os mortos, e a mim.
9 އަދި އެކަލާނގެ ތިޔަދެކުދިންނަށް ކަމޭ ހިތައި ބަލަހައްޓާނެ ފިރީން ވެސް ދެއްވާށި!“ ދެން ނުޢުމީ އެ ދެކުދިންނަށް ބޮސް ދީ އަލްވަދާޢު ކިޔެވެ. އެވަގުތު އެދެކުދިން ހަރުއަޑުން ރޮއި ގެންފައި ބުންޏެވެ.
9 Que o SENHOR vos conceda encontrar descanso, cada uma de vós na casa do seu marido. Então, ela as beijou; e elas ergueram a sua voz, e choraram.
10 ”އަހަރެމެން ބޭނުމީ މަންމަ އާއި އެކު މަންމަގެ ރަށަށް ގޮސް އެރަށުގެ މީހުންނާއެކު ދިރިއުޅުމަށް.“
10 E elas lhe disseram: Certamente retornaremos contigo para o teu povo.
11 އެކަމަކު ނުޢުމީ ބުންޏެވެ. ”އަހަންނާ އެކު ދިއުމުން ދަރިފުޅުމެންނަށް ހުރީ ކޮން ފައިދާއެއް؟ އަހަރެންގެ ބަނޑުން އެހެން ފިރިހެން ދަރިން ތިޔަކުދިން ކައިވެނި ކުރުމަށްޓަކައި އުފަން ވާނޭ ކަމަށް ތިޔަކުދިން ދެކެނީތަ؟+ 1:11 އޭރު އެބައިމީހުން ތެރޭގައިވާ އާދައަކީ ކައިވެނި ވެފައިވާ ފިރިހެނަކު މަރުވެއްޖެ ނަމަ އަދި އޭނާއަށް ދަރިޔަކު ނުވާ ނަމަ މަރުވި މީހާގެ އަންހެނުން އޭނާގެ ފިރިމީހާގެ
11 E Noemi disse: Voltai-vos novamente, minhas filhas; por que ireis comigo? Há ainda mais filhos em meu ventre, para que possam ser vossos maridos?
12 — ausente —
12 Voltai-vos novamente, minhas filhas, segui vosso caminho; pois sou velha demais para ter um marido. Se eu dissesse: Tenho esperança, se eu também tivesse marido nesta noite, e ainda tivesse filhos;
13 — ausente —
13 vós aguardaríeis por eles até que estivessem crescidos? Guardar-vos-íeis para eles sem tomar marido? Não, minhas filhas; por isso entristece-me muito que por vossa causa a mão do SENHOR tenha saído contra mim.
14 ދެން ޢުރުފާ އާއި ރާޢޫތު އަޑުންއަޑުނަގާ ރޮއިގެންފިއެވެ. އަދި ޢުރުފާ ނުޢުމީއަށް ބޮސްދީ އަލްވަދާއު ކިޔައިފިއެވެ. ނަމަވެސް ރާޢޫތު އޭނާގެ މައިދައިތަ ގައިގައި އެލިގަތެވެ.
14 E elas ergueram a voz, e voltaram a chorar; e Orfa beijou sua sogra; mas Rute agarrou-se a ela.
15 ނުޢުމީ ރާޢޫތު އަށް ބުންޏެވެ. ”ކަލޭގެ ފަހަރިކޮއި ވެސް އޭނާގެ ރަށަށާއި އޭނާގެ ކަލުން ގާތަށް އެދަނީ. ކަލޭ ވެސް އޭނާޔާއި އެކު ދާންވީނު؟“
15 E ela disse: Eis que a tua cunhada voltou para o seu povo, e para os seus deuses; retorna tu após a tua cunhada.
16 ރާޢޫތު މީގެ ޖަވާބުގައި ބުންޏެވެ. ”އާދޭސް ކޮށްފައި ބުނަން. މަންމާ! މަންމަ ދޫކޮށް އެނބުރި އަޅުގަނޑުގެ އަމިއްލަ ރަށަށް ދިއުމަށް އަޅުގަނޑުގެ ކިބައިން ނޭދޭ. އަޅުގަނޑު ދާނީ މަންމަ ދާ ތާކަށް. އަދި ދިރި އުޅޭނީ ވެސް މަންމައާ އެކުގައި. މަންމަގެ މީހުންނަކީ އަޅުގަނޑުގެ ވެސް މީހުން. އަދި މަންމަގެ ކަލާނގެ އަކީ އަޅުގަނޑުގެ ވެސް ކަލާނގެ.
16 E Rute disse: Não me supliques para te deixar, ou para deixar de te seguir; pois para onde fores, eu irei; e onde te alojares, eu me alojarei; o teu povo será o meu povo, e o teu Deus, o meu Deus;
17 އަޅުގަނޑު މަރުވާން ވެސް ދާނީ މަންމަ ވެސް މަރުވާން ދާ ތާކަށް. އަދި މަރުވުމަށް ފަހު ވަޅުލެވޭނީ ވެސް މަންމަގެ ގާތުގައި. މިނޫން ގޮތަކަށް އަޅުގަނޑު މަންމައާ ވަކިވެ ހިނގައްޖެނަމަ މާތްރަސްކަލާނގެ އަޅުގަނޑަށް ލަޢުނަތް ލައްވާ ހުށި!“
17 onde morreres, eu morrerei, e ali serei sepultada; que faça-me assim o SENHOR, e ainda mais, se algo que não a morte me separar de ti.
18 ރާޢޫތުގެ މިބަސްތަކުން ނުޢުމީއަށް ޔަޤީންވީ ގޮތުގައި އޭނާ ނުޢުމީ ދޫކޮށް ނުދިއުމަށް އަޒުމް ކަނޑައަޅައިފިއެވެ. ވީމާ އެއަށް ފަހު ނުޢުމީ ވެސް އޭނާ އަނބުރާ ފޮނުވާލުމަކަށް ބާރެއް ނޭޅިއެވެ.
18 Quando viu que estava firmemente decidida a ir com ela, deixou de lhe falar.
19 ނުޢުމީ އާއި ރާޢޫތުއަށް ބައިތުލަޙަމްއަށް އާދެވުނުއިރު އެއަވަށުގެ އެންމެން ވެސް އެދެމީހުން ފެނި އަޖައިބު ވިއެވެ. އަދި އެކަކު އަނެކަކަށް ބުންޏެވެ. ”މިއީ ހަމަ އެ ނުޢުމީ ތަ؟“
19 Assim, as duas seguiram até chegarem a Belém. E sucedeu que, quando chegaram a Belém, toda a cidade ficou comovida com elas, e disseram: Não é esta Noemi?
20 ނަމަވެސް ނުޢުމީ އެ މީހުންނަށް ބުންޏެވެ. ”އަހަރެންނަށް ނުޢުމީ އޭ ނުކިޔާ. އަހަރެންނަށް މުއްރަތު އޭ ކިޔާ. އެހެނީ ކުޅަދުންވަންތަ ކަލާނގެ އަހަރެންގެ ދިރިއުޅުން ހިތި އެއްޗަކަށް ބަދަލު ކޮށްލައްވައިފި.
20 E ela lhes disse: Não me chameis de Noemi, mas me chamai de Mara; pois o Todo-poderoso tem tratado mui amargamente para comigo.
21 އަހަރެން މިރަށުން ދިޔައިރު އަހަރެންގެ އަތުގައި ހުރިހާ އެއްޗެއް ހުރި. ނަމަވެސް މާތްރަސްކަލާނގެ އަހަރެން އެނބުރި ގެންނެވީ އަހަރެންގެ އަތުގައި އެއްވެސް އެއްޗެއް ނުވާ ހާލުގަ. ކުޅަދުންވަންތަ ކަލާނގެ އަހަރެންނާ ދެކޮޅުވެރިވެވޮޑިގެން އަހަރެންގެ ދިރިއުޅުން ބަރުބާދު ކޮށްލެއްވުމުން ތިޔަބައިމީހުން އަހަންނަށް ނުޢުމީއޭ ކިޔައި ގޮވޭނެތަ؟“
21 Saí cheia, e o SENHOR me trouxe de volta para casa vazia: por que então me chamais de Noemi, vendo que o SENHOR testifica contra mim, e o Todo-Poderoso tem me afligido?
22 ނުޢުމީއާއި މުއާބީންގެ ދަނބިދަރި ރާޢޫތު މުއާބު ދޫކޮށް ބައިތުލަޙަމް އަށް އައިއިރު ގޮދަންކަނޑާ މޫސުން ހަމަ ކިރިޔާ ފެށުނީއެވެ.
22 Então Noemi retornou, e com ela Rute, a moabita, sua nora, as quais retornaram da terra de Moabe; e vieram para Belém, no início da colheita da cevada.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?