Provérbios 2
DIV vs ARIB
1 ދަރިފުޅާއެވެ! އަހަރެން މިބުނާ ބަސްތައް ކަނުލައި އަހައި އަހަރެން މިދޭ ފިލާވަޅުތަކާއި އިރުޝާދާ އެއްގޮތަށް ކަންތައް ކުރަން ހަނދާން ބަހައްޓާށެވެ.
1 Filho meu, se aceitares as minhas palavras, e entesourares contigo os meus mandamentos,
2 ވިސްނުންތެރިކަން އަންގައިދޭ ބަސްތަކަށް ކަންދީ ސަމާލުވެ އަޑުއަހަމުން ގެންދާށެވެ.
2 para fazeres atento à sabedoria o teu ouvido, e para inclinares o teu coração ao entendimento;
3 އާނއެކެވެ! އިލްމަށް ސަލާންޖަހާށެވެ. ހިލްމަށް އެދި އާދޭސް ކުރާށެވެ.
3 sim, se clamares por discernimento, e por entendimento alçares a tua voz;
4 ވިސްނުންތެރިކަން ރިހިފައިސާ ފަދައިން ހޯދާށެވެ. އަގުބޮޑު ޚަޒާނާއެއް ފަދައިން ކޮޅައި ހޮވާށެވެ.
4 se o buscares como a prata e o procurares como a tesouros escondidos;
5 އޭރުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވުމަކީ ކޮބައިކަން މަޢުރިފާކޮށް ދެނެގަންނަން އެނގޭނެއެވެ. އޭރުން މާތްކަލާނގެ އިލްމުން އިލްމު ދަސްވާނެއެވެ.
5 então entenderás o temor do Senhor, e acharás o conhecimento de Deus.
6 ޙިކުމަތްތެރިކަން ލިބެނީ އެކަލާނގެ ކިބަފުޅުންނެވެ. ހަމަވިސްނުމާއި އިލްމު ލިބެނީ ވެސް އެފަރާތްޕުޅުންނެވެ.
6 Porque o Senhor dá a sabedoria; da sua boca procedem o conhecimento e o entendimento;
7 ޞާލިޙު ތެދުވެރިންނަށް ރައްކާތެރިކަން ލިބި ހެޔޮ ނަސޭހަތުގެ ޚަޒާނާ ލިބެނީ ވެސް އެކަލާނގެ ކިބަފުޅުންނެވެ.
7 ele reserva a verdadeira sabedoria para os retos; e escudo para os que caminham em integridade,
8 އެހެން މީހުންނާ މެދު އިންސާފުން ކަންތައް ކުރާ މީހުންނަށް މާތްކަލާނގެ ރައްކާތެރިކަން ދެއްވައެވެ. އަދި އެކަލާނގެއަށް ވަފާތެރިކަން މަތީ ތިބޭމީހުންނަށް ހިމާޔަތް ދެއްވައެވެ.
8 guardando-lhes as veredas da justiça, e preservando o caminho dos seus santos.
9 އަހަރެންގެ މިބަސްތައް އަހައިފިނަމަ، ކަލޯއަށް ހެޔޮކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަމަކީ ކޮބައިކަން އެނގޭނެއެވެ. އަދި ހިނގާނެ ތެދުމަގު ވެސް ފެންނާނެ އެވެ.
9 Então entenderás a retidão, a justiça, a eqüidade, e todas as boas veredas.
10 އެހެނީ ކަލޯ އޭރުން ހުންނާނީ ވިސްނުންތެރި އަކަށް ވެފައެވެ. އަދި އިލްމު ކަލޯގެ ހިތަށް ފިނިކަން ލިއްބައިދޭނެއެވެ.
10 Pois a sabedoria entrará no teu coração, e o conhecimento será aprazível à tua alma;
11 ކަލޯއަށް ތަދުބީރުތަކާއި ހެޔޮ ވިސްނުން ލިބުމުން ކަލޯގެ މައްޗަށް ރައްކާތެރިކަން ލިބިފައިވާނެއެވެ.
11 o bom siso te protegerá, e o discernimento e guardará;
12 އަދި ވިޔާނުދާ ކަންތަކުން ކަލޯ އެއްކިބާ ކޮށްދޭނެއެވެ. އަދި ދޮގުވެރި މަކަރުވެރި މީހުންގެ ކިބައިން ވެސް ކަލޯ ރައްކާތެރިކޮށް ދޭނެއެވެ.
12 para te livrar do mau caminho, e do homem que diz coisas perversas;
13 އެމީހުންނަކީ ހެޔޮކަންތަކާއި ތެދުމަގުން އެއްކިބާވެ އަނދިރިކަމުގެ ތެރޭގައި އުޅެމުން ދާ މީހުންނެވެ.
13 dos que deixam as veredas da retidão, para andarem pelos caminhos das trevas;
14 އެމީހުންނަކީ ނުބައިކަންތައް ކުރާ ހިތްވާ ބައެކެވެ. އެމީހުން ގަޔާވަނީ ނުބައިނުލަފާ ކަންތަކާއެވެ.
14 que se alegram de fazer o mal, e se deleitam nas perversidades dos maus;
15 އެމީހުންނަކީ އިތުބާރު ކުރެވޭނެ ބައެއް ނޫނެވެ. އެމީހުން ކަންތައް ކުރާނީ ހިތަށް އެރިހާ ނުބައި ގޮތަކަށެވެ.
15 dos que são tortuosos nas suas veredas; e iníquos nas suas carreiras;
16 ވަގުފިރިން ގެންގުޅޭ ބަސްއޮމާން އަންހެނާގެ ކިބައިން ކަލޯ ސަލާމަތްކޮށްދޭނީ މި ހެޔޮ ވިސްނުމެވެ.
16 e para te livrar da mulher estranha, da estrangeira que lisonjeia com suas palavras;
17 އެ އަންހެނާއަކީ ޅައުމުރުގައި ކައިވެނިކުރި ފިރިމީހާއަށް ކެހިދީ މާތްކަލާނގެ ކިބަޔަށް ކުރި ޢަހުދު އުވާލި މީހާއެވެ.
17 a qual abandona o companheiro da sua mocidade e se esquece do concerto do seu Deus;
18 އެއަންހެނާގެ ގެޔަށް ކަލޯ ދާނަމަ އެ ދެވެނީ މަރުގެ އަނދިރި ގޯޅިގަނޑުންނެވެ.
18 pois a sua casa se inclina para a morte, e as suas veredas para as sombras.
19 އޭނާއަށް ޒިޔާރަތް ކޮށްފި މީހާ ގެއްލި ހަލާކުވީއެވެ. ކަލޯއަކަށް ދިރިހުރުމެއް އަނބުރާ ނުލިބޭނެވެ.
19 Nenhum dos que se dirigirem a ela, tornara a sair, nem retomará as veredas da vida.
20 ވީމާ ރަނގަޅު ޞާލިޙުންގެ މިސާލުތައް ބަލައި ތެދުވެރި ދިރިއުޅުމެއް އުޅޭށެވެ.
20 Assim andarás pelo caminho dos bons, e guardarás as veredas dos justos.
21 އެހެނީ ޞާލިޙު ތެދުވެރިން ވާނީ އަހަރެމެންނާއެކު މި ބިމުގައެވެ. އެމީހުންނަކީ އިތުބާރު ކުރެވޭ ބައެކެވެ.
21 Porque os retos habitarão a terra, e os íntegros permanecerão nela.
22 ބިމުން ބޭރުކޮށްލެވޭނީ ނުބައި ނުލަފާ މީހުންނެވެ. މުލުން ލުހެލެވޭނީ ޣައްދާރުންނެވެ.
22 Mas os ímpios serão exterminados da terra, e dela os aleivosos serão desarraigados.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?