Mateus 13
DIV vs ARC
1 ހަމައެދުވަހު އީސާގެފާނު ގޭން ނުކުމެވަޑައިގެން ކަނޑުގެ އައްސޭރި ފަށުގައި އިށީނދެ ވަޑައިގެންނެވިއެވެ.
1 Tendo Jesus saído de casa naquele dia, estava assentado junto ao mar.
2 އެކަލޭގެފާނުގެ ވަށައިގެން ގިނަ ޢަދަދެއްގެ ބަޔަކު ވުމުގެ ސަބަބުން އެކަލޭގެފާނު ދޯންޏަކަށް އަރާ ވަޑައިގެންނެވިއެވެ. އޭރު މީސްތަކުން ގޮނޑުދޮށުގައި ތިއްބެވެ.
2 E ajuntou-se muita gente ao pé dele, de sorte que, entrando num barco, se assentou; e toda a multidão estava em pé na praia.
3 އަދި އެކަލޭގެފާނު ގިނަ ކަންތައްތަކެއްގެ ޚަބަރުފުޅުތައް އެބައިމީހުންނަށް މާނަފުން ވާހަކަފުޅުތަކުން އުންގަންނަވައިދެއްވިއެވެ. އެގޮތުން އެކަލޭގެފާނު ވިދާޅުވިއެވެ. ”ދަނޑުވެރިއަކު ގޮވާން ކުރުމަށް ޓަކައި އޭނާގެ ދަނޑަށް އޮށްތައް އުކަމުން ގެންދިޔަ.
3 E falou-lhe de muitas coisas por parábolas, dizendo: Eis que o semeador saiu a semear.
4 އޭނާ ދަނޑަށް އޮށްތައް އުކަމުން ގެންދިޔަ އިރު އޭގެ ތެރެއިން ބައެއް އޮށްތައް މީހުން ހިނގާ މަގުމައްޗަށް އެޅުނު. އަދި އެ އޮށްތައް ދޫނިތައް ކައި ހުސްކުރި.
4 E, quando semeava,
5 އޭގެތެރެއިން ބައެއް އޮށްތައް ހިލަބިމުގެ މައްޗަށް އެޅުނު. ފަސްގަނޑު ތިލަކަމުން މި އޮށްތަކުން އަވަހަށް ގަސްފެޅި.
5 e outra
6 ނަމަވެސް އިރުގެ ހޫނުކަން ލިބުމުން ގަސްތަކުގެ މޫތައް ހިފަހައްޓާނޭ ފުންކަން ފަސްގަނޑުގައި ނެތުމުގެ ސަބަބުން ގަސްތައް މިލައި ހިކިގެން ދިޔަ.
6 Mas, vindo o sol, queimou-se e secou-se, porque não tinha raiz.
7 އަނެއްބައި އޮށްތައް ކަށި ގަސްތަކުގެ ތެރެއަށް އެޅި ގަސް ފަޅަމުން ދިޔަ. ނަމަވެސް މި ކަށިގަސްތަކުގެ ސަބަބުން އެ ގަސްތައް ހެދި ބޮޑުވުމަކަށް ތަނެއް ނުދިން.
7 E outra caiu entre espinhos, e os espinhos cresceram e sufocaram-na.
8 އެހެނަސް އެ އޮށްތަކުގެ ތެރެއިން ބައެއް އޮށް ރަނގަޅު ފަސްގަނޑުގެ ތެރެއަށް އެޅުނު. އަދި މި އޮށްތަކުން ގަސްފަޅައި އެގަސްތަކުން ގޮވާން ލިބުނު. މި ގަސްތަކުން ތިރީސް ނޫނީ ފަސްދޮޅަސް ނޫނީ ސަތޭކަ ގުނަ އިތުރަށް ރަނގަޅު އޮށްތައް ލިބުނު.
8 E outra caiu em boa terra e deu fruto: um, a cem, outro, a sessenta, e outro, a trinta.
9 ތިޔަބައިމީހުންގެ ތެރެއިން ކަންފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!“
9 Quem tem ouvidos para ouvir, que ouça.
10 އީސާގެފާނުގެ އަސްޙާބީން އައިސް އެކަލޭގެފާނު އަރިހުން އެއްސެވިއެވެ. ”މީސްތަކުންނަށް އުނގަންނަވައި ދެއްވުމުގައި ކަލޭގެފާނު މާނަފުން ވާހަކަ ބޭނުން ކުރައްވަނީ ކީއްވެތޯ؟“
10 E, acercando-se dele os discípulos, disseram-lhe: Por que lhes falas por parábolas?
11 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ތިޔަބައިމީހުން ޚިޔާރު ކުރެވިފައި ވަނީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ސިއްރުތައް ދެނެގަތުމަށް ޓަކައި. ނަމަވެސް އަނެކުންނަށް އެފަދަ ސިއްރުތައް އެނގިގެންނުވޭ.
11 Ele, respondendo, disse-lhes: Porque a vós é dado conhecer os mistérios do Reino dos céus, mas a eles não lhes é dado;
12 މީސްތަކުންގެ ތެރެއިން އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދޭ ފަރާތްތަކަށް އިތުރަށް މާތްރަސްކަލާނގެ އުނގެނިގަތުން ދެއްވާނެ. އެމީހުންނަށް ހުސްނުވާ ވަރަށް ވެސް ދެއްވާނެ. ނަމަވެސް އަހަރެންގެ އުނގަންނައިދިނުންތައް ލިބުމަށް އެދިގެންނުވާ ފަރާތްތަކަށް ލިބިދީފައިވާ މަދު މިންވަރު ވެސް އެބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ ނިގުޅައިގަންނަވާނެ.
12 porque àquele que tem se dará, e terá em abundância; mas aquele que não tem, até aquilo que tem lhe será tirado.
13 އެހެން ކަމުން އަހަރެން އެމީހުންނަށް އުނގަންނައިދެނީ މާނަފުން ވާހަކަތަކުން. އެމީހުންނަށް ފެންނާނެ. ނަމަވެސް ޙަޤީޤަތުގައި އެމީހުންނަކަށް ނުފެނޭ. އެމީހުންނަށް އަޑު އިވޭނެ. ނަމަވެސް ޙަޤީޤަތުގައި އެމީހުންނަށް ދޭހަވާ ގޮތެއްގައި ނިވޭނެ.
13 Por isso, lhes falo por parábolas, porque eles, vendo, não veem; e, ouvindo, não ouvem, nem compreendem.
14 ވީމާ ނަބީ ޔަޝަޔާޙުގެފާނު ވިދާޅުވި ފަދައިން މާތްރަސްކަލާނގެ ބަސްފުޅު ތެދުވެގެން ހިނގައްޖެ. ބަޔާންވެގެންވޭ:
14 E neles se cumpre a profecia de Isaías, que diz: Ouvindo, ouvireis, mas não compreendereis e, vendo, vereis, mas não percebereis.
15 އެމީހުންގެ ވިސްނުން ހުރީ ގޮތްދޫނުކުރުމަށޭ.
15 Porque o coração deste povo está endurecido, e ouviu de mau grado com seus ouvidos e fechou os olhos, para que não veja com os olhos, e ouça com os ouvidos, e compreenda com o coração, e se converta, e eu o cure.
16 ނަމަވެސް ތިޔަބައިމީހުންގެ ލޮލުން ދެކި އަދި ކަންފަތުން އަޑުއެހުމުން ތިޔަބައިމީހުންނަށް ބަރަކާތް ލެވިގެންވޭ.
16 Mas bem-aventurados os vossos olhos, porque veem, e os vossos ouvidos, porque ouvem.
17 އަހަރެން މިބުނަނީ ތެދެއް. ގިނަ ނަބީބޭކަލުންނާއި ސާލިޙުބޭކަލުން މިހާރު ތިޔަބައިމީހުން ދެކެމުން ދާ ތިޔަ ކަންތައްތައް ދުށުމަށް އެދިގެންވި. ނަމަވެސް އެފަދަ ކަންތައްތައް އެބޭކަލުންނަކަށް ނުފެނުނު. އަދި ތިޔަބައިމީހުން މިހާރު އަޑުއަހަމުން ގެންދާ ކަންތައްތައް އަޑުއެހުމަށް އެބޭކަލުން އެދިގެންވި. ނަމަވެސް އެބޭކަލުންނަކަށް ނުއިވުނު.“
17 Porque em verdade vos digo que muitos profetas e justos desejaram ver o que vós vedes e não
18 ”މިހާރު ދަނޑުވެރިޔާގެ މާނަފުން ވާހަކައިގެ މާނަ މި ބުނެދެނީ. އަޑުއަހާ.
18 Escutai vós, pois, a parábola do semeador.
19 މަގުމައްޗަށް އެޅުނު އޮށްތަކަކީ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ޚަބަރުފުޅު އަޑުއިވުނު މީހުން. ނަމަވެސް އެ ބަސްފުޅުގެ މާނަ އެބައިމީހުންނަކަށް އެނގިގެންނުވި. ވީމާ ޝައިތާނާ އައިސް އެބައިމީހުންގެ ހިތްތަކުގައި ވާ އެކަލާނގެ ބަސްފުޅު އަތުލައިގަތް.
19 Ouvindo alguém a palavra do Reino e não a entendendo, vem o maligno e arrebata o que foi semeado no seu coração; este é o que foi semeado ao pé do caminho;
20 ހިލަ ބިމުގެ މައްޗަށް އެޅުނު އޮށްތަކުގެ މާނައަކީ ކޮބައި؟ އެ އޮށްތަކުގެ މާނައަކީ މާތްރަސްކަލާނގެ ބަސްފުޅުތައް އުނގަންނައި ދެއްވުމުން އުފަލާއިއެކު އެބަސްފުޅު ގަބޫލުކުރި މީހުންގެ މިސާލު.
20 porém o que foi semeado em pedregais é o que ouve a palavra e logo a recebe com alegria;
21 ނަމަވެސް އެމީހުންގެ ހިތުގައި އެ އުނގެނުންތައް ފުންކޮށް ހަރުލާފައި ނުވޭ. ވީމާ އެމީހުންނަށް އެބަސްފުޅުތަކުގައި ހިފެހެއްޓިގެންވީ ކުރު މުއްދަތެއްގައި. އެމީހުންގެ މިސާލަކީ އަހަރެންގެ ބަސްތައް ގަބޫލު ކުރުމަށް ފަހު މުސީބާތްތައް ކުރިމަތިވުމުގެ ސަބަބުން އީމާންތެރިކަމުން އެއްކިބާވެގެންވާ މީހުންގެ މިސާލު.
21 mas não tem raiz em si mesmo; antes, é de pouca duração; e, chegada a angústia e a perseguição por causa da palavra, logo se ofende;
22 އަދި ކަށިގަސްތަކުގެ ތެރެއަށް އެޅުނު އޮށްތަކުގެ މިސާލަކީ އެއީ މާތްރަސްކަލާނގެ ބަސްފުޅުތައް އަޑުއިވުނު. އެކަމަކު އެމީހުންގެ ހިތުގައިވާ ދުނިޔަވީ ފިކުރުތަކާއި މުއްސަނދިކަމުގެ ވަސްވާސްތައް އެ ބަސްފުޅުތަކުގެ މައްޗައް އަރައި ފިއްތާލުމުގެ ސަބަބުން އެބަސްފުޅުތަކުގެ އެއްވެސް ފައިދާއެއް ނުލިބުނު މީހުން.
22 e o que foi semeado entre espinhos é o que ouve a palavra, mas os cuidados deste mundo e a sedução das riquezas sufocam a palavra, e fica infrutífera;
23 ގޮވާން ހެއްދުމަށް ރަނގަޅު ފަސްގަނޑުގެ މައްޗަށް އެޅުނު އޮށްތަކުގެ މާނައަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއަހައި އެ ބަސްފުޅު ފުރިހަމައަށް އެނގިހުރި މީހުންގެ މިސާލު. އެމީހުންނީ އެކަލާނގެ ކިބަފުޅަށް އިތުބާރުކޮށް އެގޮތުގައި ދެމިތިބި މީހުން. އެފަދަ މީހުންނަކީ ގޮވާން ލިބިދެނޭ މީހުން. ބައެއްފަހަރު ސަތޭކަގުނަ އިތުރަށް ލިބިދޭނެ. އަނެއްބައި ފަހަރު ފަސްދޮޅަސް ގުނަ އިތުރަށް ލިބި އަދި ބައެއްފަހަރު ތިރީސްގުނަ އިތުރަށް ލިބިދޭނެ.“
23 mas o que foi semeado em boa terra é o que ouve e compreende a palavra; e dá fruto, e um produz cem, outro, sessenta, e outro, trinta.
24 އެއަށް ފަހު އީސާގެފާނު އެބައިމީހުންނަށް އެހެން މާނަފުން ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މިފަދައިން. އެއީ މީހަކު އޭނާގެ ދަނޑުގައި ރަނގަޅު އޮށްތަކެއް އިންދުންފަދަ ކަމެއް.
24 Propôs-lhes outra parábola, dizendo: O Reino dos céus é semelhante ao homem que semeia boa semente no seu campo;
25 ނަމަވެސް އެއްރެއަކު އެންމެން ނިދާފައި ތިއްބާ އޭނާގެ ޢަދާވާތްތެރިއަކު އެ ދަނޑަށް އައިސް ގޮދަން އޮށްތަކުގެ ތެރޭގައި ވިނަ އޮށްތަކެއް އިންދި.
25 mas, dormindo os homens, veio o seu inimigo, e semeou o joio no meio do trigo, e retirou-se.
26 އޭގެފަހުގައި ގަސްތައް ހެދި ގޮދަންގަސްތަކުން މާގަނޑު ނުކުތް އިރު ގޮދަން ގަސްތަކުގެ ކައިރީގައި ވިނަގަސް ވެސް ފަޅާފައި ހުރި.
26 E, quando a erva cresceu e frutificou, apareceu também o joio.
27 މިތަންފެނި، ދަނޑުވެރިޔާގެ ޚާދިމުންގެ ތެރެއިން ބަޔަކު ދަނޑުވެރިޔާގެ ކައިރިއަށް ގޮސް ބުނި. ’ސާހިބާ ރަނގަޅު އޮށްތައް އިންދި ބިމުގައި ވިނަގަސް ފަޅާ ފުރިފައި ވަނީ ކީއްވެގެންތޯ؟‘
27 E os servos do pai de família, indo ter
28 ދަނޑުވެރިޔާ ޖަވާބުގައި ބުނި. ’އެ ގޮތަށް ކަންތައް ކުރީ އަހަރެންގެ ޢަދުއްވެއް.‘ އެމީހުން ބުނި. ’އެހެން ވެއްޖިއްޔާ އަޅުގަނޑުމެން ގޮސް އެ ހުރިހާ ވިނަގަސްތައް އުފުރާލުމަށް ސާހިބާ އެދިލައްވަމުތޯ؟‘
28 E ele lhes disse: Um inimigo é quem fez isso. E os servos lhe disseram: Queres, pois, que vamos arrancá-lo?
29 ދަނޑުވެރިޔާ ބުނި. ’ނޫން. ސަބަބަކީ ވިނަގަސްތައް އުފުރަމުން ދާހިނދު، ކަލޭމެންނަށް ގޮދަންގަސްތައް ވެސް އުފުރާލެވިދާނެ.
29 Porém ele lhes disse: Não; para que, ao colher o joio, não arranqueis também o trigo com ele.
30 ގޮވާން ކެނޑުމާއި ހަމައަށް ވިނަގަސްތަކާއި އެކުގައި ގޮދަންގަސްތައް ހެދި ދިއުމަށް ދޫކޮށްލާ. ގޮވާންކެނޑުމުގެ ވަގުތު އައުމުން ގޮވާންކަނޑާ މީހުންނަށް އަހަރެން ބުނާނަން. ”ފުރަތަމަ ވިނަގަސްތައް ބޮނޑި ބޮނޑިއަށް ބަނދެ އެ ތަކެތި އަންދާލާށޭ. އަދި އެއަށް ފަހު ގޮދަންތައް އަހަރެންގެ ގުދަނަށް ލައި ރައްކާ ކޮށްލާށޭ.“‘“
30 Deixai crescer ambos juntos até à ceifa; e, por ocasião da ceifa, direi aos ceifeiros: colhei primeiro o joio e atai-o em molhos para o queimar; mas o trigo, ajuntai-o no meu celeiro.
31 އީސާގެފާނު އަނެއްކާވެސް އެމީހުންނަށް މިމާނަފުން ވާހަކަ ވިދާޅުވެ ދެއްވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ މީހަކު އޭނާގެ ދަނޑުގައި އިންދި ކުޑަކުޑަ ރެވި އޮށެއް ފަދައިން.
31 Outra parábola lhes propôs, dizendo: O Reino dos céus é semelhante a um grão de mostarda que um homem, pegando dele, semeou no seu campo;
32 މި އޮށަކީ އޮށްތަކުގެ ތެރެއިން އެންމެ ކުޑަ އޮށް. ނަމަވެސް މި އޮށުން ގަސްފަޅައި އަދި ބޮޑުވެ ދިއުމުން އެގަސް ވާނީ ބަގީޗާގެ ތެރޭގައިވާ އެންމެ ބިޔަ އެއް ގަސް ކަމަށް. އަދި ދޫނިތައް އައިސް އެގަހުގެ އޮފިތަކުގައި އެތަކެތީގެ ހާލިތައް ހަދާ.“
32 o qual é realmente a menor de todas as sementes; mas, crescendo, é a maior das plantas e faz-se uma árvore, de sorte que vêm as aves do céu e se aninham nos seus ramos.
33 އީސާގެފާނު އެހެން މާނަފުން ވާހަކަފުޅެއް ވެސް ވިދާޅުވެ ދެއްވިއެވެ. ”މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ އަންހެނަކު މޮޑުނު ބޮޑު ފުށްގަނޑެއްގެ ތެރެއަށް ލީ ކުޑަ ކަމީރު ކޮޅެއް ފަދައިން. ކުޑަ ހިނދު ކޮޅަކަށް ފަހު މުޅި އެ ފުށްގަނޑަށް އެކަމީރުކޮޅުގެ އަސަރު ފޯރާނެ.“
33 Outra parábola lhes disse: O Reino dos céus é semelhante ao fermento que uma mulher toma e introduz em três medidas de farinha, até que tudo esteja levedado.
34 އީސާގެފާނުގެ އުނގަންނަވައި ދެއްވި ދެއްވުންތަކުގައި މާނަފުން ވާހަކަފުޅު ބޭނުން ނުކުރައްވައި އެބައިމީހުންނަށް އެއްވެސް ވާހަކައެއް އުނގަންނަވައި ނުދެއްވައެވެ.
34 Tudo isso disse Jesus por parábolas à multidão e nada lhes falava sem parábolas,
35 މީގެ ސަބަބުން ނަބީބޭކަލުން މެދުވެރި ކުރައްވައި މާތްރަސްކަލާނގެ ދެއްވި މި ވަޙީބަސްފުޅު ތެދުކަން ހާމަވެގެން ހިނގައްޖެއެވެ. ”އަހަރެން މީހުންނަށް މުޚާތަބު ކުރާނީ މާނަފުން ވާހަކަތަކުން. ދުނިޔެ އުފެއްދެވީއްސުރެން ވަންހަނާ ކުރެވިގެންވާ ކަންތައްތައް އަހަރެން ބުނެދޭނަން.“
35 para que se cumprisse o que fora dito pelo profeta, que disse: Abrirei em parábolas a boca; publicarei coisas ocultas desde a criação do mundo.
36 އެއަށް ފަހު އެއްވެފައިވީ މީސްތަކުންގެ ކައިރިން ދުރަށް ވަޑައިގެން އީސާގެފާނު ގޭގެތެރެއަށް ވަދެވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”ދަނޑުގައިވާ ވިނަގަހާއި މެދު ވިދާޅުވި ބަސްފުޅުގެ މާނައަކީ ކޮބައިތޯ؟“
36 Então, tendo despedido a multidão, foi Jesus para casa. E chegaram ao pé dele os seus discípulos, dizendo: Explica-nos a parábola do joio do campo.
37 އީސާގެފާނު ވިދާޅުވިއެވެ. ”ދަނޑުގައި ރަނގަޅު އޮށްތައް އިންދި މީހާ ބަޔާންކޮށްދެނީ އަހަރެންނަކީ އިންސާނާގެ ދަރިކަލުންކަމަށް.
37 E ele, respondendo, disse-lhes: O que semeia a boa semente é o Filho do Homem,
38 ދަނޑަކީ ދުނިޔެ. އަދި ރަނގަޅު އޮށްތަކަކީ މާތްރަސްކަލާނގެ ރަސްކަންފުޅު ގަބޫލު ކުރާ މީހުން. އަދި ވިނަގަސްތަކަކީ ޝައިތާނާގެ ބާރުގެ ދަށުގައިވާ މީހުން.
38 o campo é o mundo, a boa semente são os filhos do Reino, e o joio são os filhos do Maligno.
39 އަދި ދަނޑުގައި ނުބައި އޮށްތައް އިންދި ޢަދުއްވަކީ ޝައިތާނާ. ގޮވާން ކަނޑާނީ އާޚިރަތް ދުވަހުން. އަދި ގޮވާން ކަނޑައިދޭ ފަރާތްތަކަކީ މަލާއިކަތުން.
39 O inimigo que o semeou é o diabo; e a ceifa é o fim do mundo; e os ceifeiros são os anjos.
40 ވިނަގަސްތައް އެއްތަންކުރެވި އަދި އަންދައިލެވޭނެ. އެއީ ދުނިޔެ ނިމޭހިނދުގައި ކަންތައް ހިނގައިދާނޭ ގޮތް.
40 Assim como o joio é colhido e queimado no fogo, assim será na consumação deste mundo.
41 އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަލާއިކަތުން ފޮނުއްވައި ދުނިޔޭގައި ނުބައި ފާފަތައް ކުރުވާ ހުރިހާ އެއްޗަކާއި ނުބައިކަންތައް ކުރާ އެންމެން އެއްތަންކޮށް އެކަލޭގެފާނުގެ ރަސްކަމުން ބޭރުކުރައްވާނެ.
41 Mandará o Filho do Homem os seus anjos, e eles colherão do seu Reino tudo o que causa escândalo e os que cometem iniquidade.
42 އެމަލާއިކަތުން އެމީހުން އަލިފާން އުނދުނަށް ލާނެ. އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ.
42 E lançá-los-ão na fornalha de fogo; ali, haverá pranto e ranger de dentes.
43 ސާލިޙު މީހުން އެމީހުންގެ ބައްޕާފުޅުގެ ރަސްކަންފުޅުގައި އިރު ފަދައިން ބަބުޅަމުން ދާނެ. ކަންފަތް ހުރި މީހަކު ނަމަ މިވާހަކަ އަޑުއަހައި ވިސްނާ!
43 Então, os justos resplandecerão como o sol, no Reino de seu Pai. Quem tem ouvidos para ouvir, que ouça.
44 މާތްރަސްކަލާނގެ ރަސްކަންފުޅަކީ ދަނޑެއްގައި ފޮރުވިފައިވާ ޚަޒާނާއެއް ފަދަ އެއްޗެއް. އެޚަޒާނާ މީހަކަށް ފެނުމާއެކު އޭނާ އެޚަޒާނާ ފޮރުވާފައި ގޮސް ވީއުފަލުން އޭނާގެ ހުރިހާ މުދަލެއް ވިއްކާލާފައި އެ ދަނޑު ގަތް.
44 Também o Reino dos céus é semelhante a um tesouro escondido n dele, vai, vende tudo quanto tem e compra aquele campo.
45 ހަމައެހެންމެ މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ ރަންމުތްތަކެއް ހޯދަމުން ދިޔަ ވިޔަފާރިވެރިއެއް ފަދައިން.
45 Outrossim, o Reino dos céus é semelhante ao homem negociante que busca boas pérolas;
46 އަދި ލިބުން ދަތި އެހާމެ ރަނގަޅު ރަންމުތެއް އޭނާއަށް ފެނުނު. އޭނާގެ އަތުގައިވާ ހުރިހާ ތަކެއްޗެއް ވިއްކާލާ އޭނާ އެ ރަންމުތް ގަތް.“
46 e, encontrando uma pérola de grande valor, foi, vendeu tudo quanto tinha e comprou-a.
47 ”މާތްރަސްކަލާނގެ ރަސްކަންފުޅަކީ މަސްހިފަން އުކާ ބޮޑު ދަލެއް ފަދަ އެއްޗެއް. އެދާ ކަނޑަށް އެއްލާލުމުން އެންމެހާ މަސްމަހާމެހީގެ ބާވަތްތައް އެ ދަލުގައި ޖެހުނު.
47 Igualmente, o Reino dos céus é semelhante a uma rede lançada ao mar e que apanha toda qualidade
48 މުޅި ދާ މަސްތަކުން ފުރިފައިވުމުން އެ މަސްވެރިން ދާ ދަމާފައި ގޮނޑު ދޮށުގެ އައްސޭރިފަށަށް ދާ ގެނައި. އަދި އެތަނުގައި އިށީނދެ ތިބެ ރަނގަޅު މަސްތައް ވަށިގަނޑަށް އަޅަމުން ގެންދިޔަ. އަދި ބޭކާރު މަސްތައް އުކަމުން ގެންދިޔަ.
48 E, estando cheia, a puxam para a praia e, assentando-se, apanham para os cestos os bons; os ruins, porém, lançam fora.
49 ދުނިޔެ ނިމޭހިނދު ކަންތައްތައް ހިނގައިދާނީ އެފަދައިން. މަލާއިކަތުން ވަޑައިގަންނަވާނެ. އަދި މީސްތަކުންގެ ތެރެއިން ނުބައިމީހުންނާއި ސާލިޙު މީހުން ވަކިކުރައްވާނެ.
49 Assim será na consumação dos séculos: virão os anjos e separarão os maus dentre os justos.
50 އަދި ނުބައި މީސްތަކުން އެއްކޮށް އެމީހުން ރޯކޮށްފައިވާ ބޮޑު އުނދުނެއްގެ ތެރެއަށް އެއްލައިލެވޭނެ. އެތަނެއްގައި ލިބިދޭ ވޭނުން މީހުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާނެ.“
50 E lançá-los-ão na fornalha de fogo; ali, haverá pranto e ranger de dentes.
51 އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް މިހުރިހާ ކަމެއް އެނގިއްޖެތަ؟“ އެބައިމީހުން ޖަވާބު ދެއްވިއެވެ. ”އާދެ. އަޅުގަނޑުމެންނަށް އެނގިއްޖެ.“
51 E disse-lhes Jesus: Entendestes todas estas Disseram-lhe eles: Sim, Senhor.
52 އިތުރަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ވީމާ މާތްރަސްކަލާނގެ ރަސްކަންފުޅުގައިވާ މި ތަކެއްޗަށް އީމާންވާ ދީނުގެ ކޮންމެ ދަންނަބޭކަލަކު ވާންޖެހޭނީ ގަދީމީ އަދި އާ ޚަޒާނާތައް ގުދަން ކޮށްފައިވާ ޢިމާރާތެއްގެ ވެރިފަރާތެއް ފަދައިން. އަދި ގަދީމީ ޚަޒާނާތަކާއި އަދި އާ ޚަޒާނާތައް މީސްތަކުންގެ ކުރިމައްޗަށް ނެރެ ދެއްކޭފަދަ މީހެއް ކަމުގައި.“
52 E ele disse-lhes: Por isso, todo escriba instruído acerca do Reino dos céus é semelhante a um pai de família que tira do seu tesouro
53 — ausente —
53 E aconteceu que Jesus, concluindo essas parábolas, se retirou dali.
54 — ausente —
54 E, chegando à sua pátria, ensinava-os na sinagoga deles, de sorte que se maravilhavam e diziam: Donde veio a este a sabedoria e estas maravilhas?
55 އޭނާއަކީ އެ ވަޑާންކުރާ މީހާގެ ދަރިއެއް ނޫންތަ؟ އޭނާގެ މަންމާއަކީ މަރިޔަމް. އަދި އޭނާގެ ކޮއްކޮމެންނަކީ ޔާމިޒު އާއި ޔޫސުފާއާއި ސިމްޢާން އަދި ޔަހޫޛާއެއް ނޫންތަ؟
55 Não é este o filho do carpinteiro? E não se chama sua mãe Maria, e seus irmãos, Tiago, e José, e Simão, e Judas?
56 މީނާގެ އަންހެން ކޮއްކޮމެން ދިރިއުޅެނީ މިރަށުގައެއް ނޫންތަ؟ ވީއިރު މީނާއަށް މިހުރިހާ ކަމެއް މި ލިބުނީ ކޮންތާނކުން؟“
56 E não estão entre nós todas as suas irmãs? Donde lhe veio, pois, tudo isso?
57 އެމީހުން މިކަމާ ދެކޮޅުވެ ނުރުހުން ވެގެން އުޅެން ފެށުމުން އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ނަބީއަކަށް އޭނާގެ އަމިއްލަ ރަށާއި އާއިލާ ފިޔަވައި އެހެން ހުރިހާތަނަކުން ޢިއްޒަތާ ޤަދަރު ލިބޭނެ.“
57 E escandalizavam-se nele. Jesus, porém, lhes disse: Não há profeta sem honra, a não ser na sua pátria e na sua casa.
58 އެބައިމީހުންގެ ކިބައިގައި އީމާންތެރިކަން ނެތުމުގެ ސަބަބުން އީސާގެފާނު އެރަށުގައި ދެއްކެވީ ވަރަށް މަދު މުޢުޖިޒާތަކެވެ.
58 E não fez ali muitas maravilhas, por causa da incredulidade deles.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?