Mateus 11
DIV vs ARC
1 އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނަށް އެފަދައިން އިރުޝާދު ދެއްވުމަށް ފަހު، އުނގަންނަވައި ދެއްވުމަށާއި ވަޢުޡު އިއްވެވުމަށް ޓަކައި އެކަލޭގެފާނު ގަލީލީ އަވަށުގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.
1 E aconteceu que, acabando Jesus de dar instruções aos seus doze discípulos, partiu dali a ensinar e a pregar nas cidades deles.
2 އެ ހިނދު ޔަޙުޔާގެފާނު ޖަލުގައި ހުންނަވަނިކޮށް އަލްމަސީޙު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. އަދި ޔަޙުޔާގެފާނުގެ އަސްޙާބީން އީސާގެފާނުގެ އަރިހަށް ފޮނުވައި ސުވާލު ކުރެއްވިއެވެ.
2 E João, ouvindo no cárcere falar dos feitos de Cristo, enviou dois dos seus discípulos
3 ”އަޅުގަނޑުމެން އިންތިޒާރު ކުރަމުން ގެންދިޔަ އަލްމަސީޙަކީ ތިޔައީތޯއޭ؟ ނޫނީ އަޅުގަނޑުމެން އެހެން ފަރާތަކަށް އިންތިޒާރު ކުރުންމަތީގައި ތިބެންވީތޯއޭ؟“
3 a dizer-lhe: És tu aquele que havia de vir ou esperamos outro?
4 އީސާގެފާނު ޖަވާބުގައި އެބައިމީހުންނަށް ވިދާޅުވިއެވެ. ”ތިޔަބައިމީހުންނަށް ފެނިފައިވާ ކަންތައްތަކާއި އަޑުއިވިފައިވާ ކަންތައްތަކުގެ ޚަބަރުތައް ތިޔަބައިމީހުން އެނބުރި ގޮސް ޔަޙުޔާގެފާނަށް ދެއްވާ.
4 E Jesus, respondendo, disse-lhe: Ide e anunciai a João
5 ލޯފަން މީހުންނަށް ފެނުން ދެއްވައި، ނުހިނގޭ މީހުންނަށް ހިނގާ ދެއްވައި، ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވައި، ބީރު މީހުންނަށް އިވުން ދެއްވައި، މަރުވެފައިވާ މީހުންނަށް ދިރުން ދެއްވައި، އަދި ނިކަމެތިންނަށް ހެޔޮޚަބަރު ބުނެދެއްވައި ކަމުގައި.
5 Os cegos veem, e os coxos andam; os leprosos são limpos, e os surdos ouvem; os mortos são ressuscitados, e aos pobres é anunciado o evangelho.
6 އަދި އަހަރެން މިކުރާ ކަންތަކުގެ ސަބަބުން އަހަރެން ދެކެ ނުރުހުންތެރިކަމެއް ނުވާ މީހުންނަށް މާތްރަސްކަލާނގެ ބަރަކާތް ލައްވާނެ.“
6 E bem-aventurado é que se não escandalizar em mim.
7 ޔަޙުޔާގެފާނުގެ އަސްޙާބީން އެނބުރި ދިއުމުން އީސާގެފާނު އެއްވެފައި ތިބި މީސްތަކުންނާއި މުޚާތަބު ކުރައްވައި ޔަޙުޔާގެފާނާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ”ތިޔަބައިމީހުން އެކަހެރި މީހުން ނޫޅޭ ހިސާބަށް ދިޔައީ ކޯންޗެއް ދުށުމަށް؟ ކޯރުތަކުގެ ކައިރީގައި ހެދޭ ކަހަލަ ވިނަގަސްތައް ވަޔާ ހޫރޭތަން ދުށުމަށް ތަ؟
7 E, partindo eles, começou Jesus a dizer às turbas a respeito de João: Que fostes ver no deserto?
8 ތިޔަބައިމީހުން ބަލަން ދިޔައީ ކޮންކަހަލަ މީހެއް؟ އަގުބޮޑު މޮޅު ހެދުމެއް ލައިގެން ހުރި މީހަކު ތަ؟ ނޫން. އަގުބޮޑު ހެދުންތައް އަޅައިގެންވާ މުއްސަނދިން ތިބޭނީ ގަނޑުވަރުތަކުގައި.
8 Sim, que fostes ver?
9 ސަހަރާތެރެއަށް ތިޔަބައިމީހުން ދިޔައީ ކީއްވެ؟ ނަބީބޭކަލަކު ދުށުމަށްތަ؟ ތެދެއް. ޔަޙުޔާގެފާނަކީ ނަބީބޭކަލަކަށް ވުރެން މަތިވެރި ބޭކަލެއް ކަމުގައި އަހަރެން ތިޔަބައިމީހުންނަށް ބުނަން.
9 Mas, então, que fostes ver? e muito mais do que profeta;
10 މާތްވެގެންވާ ފަތްފުށްތަކުގައި ޔަޙުޔާގެފާނާއި މެދު ބަޔާންކޮށް ދެއްވާފައި ވަނީ އެކަލޭގެފާނަކީ ޚާއްސަ ނަބީބޭކަލެއް ކަން. އެކަލޭގެފާނާއި މެދު މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވޭ: ’ނިކަން ބައްލަވާ! ކަލޭގެފާނު ފޮނުއްވުމުގެ ކުރިން ތިމަންކަލާނގެ ނަބިއްޔާ ފޮނުއްވާނަމޭ. ކަލޭގެފާނަށް ޓަކައި މަގު އެ ނަބިއްޔާ ތައްޔާރު ކުރައްވާނޭ.‘
10 porque é este de quem está escrito: Eis que diante da tua face envio o meu anjo, que preparará diante de ti o teu caminho.
11 އަހަރެން މިބުނަނީ ތެދެއް. ދުނިޔެއަށް އަންހެނެއްގެ ބަނޑުން އުފަންވި މީހުންގެ ތެރޭގައި ޔަޙުޔާގެފާނު ފަދަ މަތިވެރި އިންސާނަކު ނުވޭ. ނަމަވެސް މާތްރަސްކަލާނގެ ރަސްކަންފުޅުގައި ހިމެނޭ އެންމެ ދަށް މީހާ ވެސް ޔަޙުޔާގެފާނަށް ވުރެން މަތިވެރިވެގެންވާނެ.
11 Em verdade vos digo
12 ޔަޙުޔާގެފާނު މިރިސާލަތު އަންގަވާ ދެއްވަން ފެއްޓެވީއްސުރެން މިހާތަނަށް މާތްރަސްކަލާނގެ ރަސްކަންފުޅު ބާރަށް ކުރިއަށް ދިޔަ.
12 E, desde os dias de João Batista até agora, se faz violência ao Reino dos céus, e pela força se apoderam dele.
13 އެހެނީ ޔަޙުޔާގެފާނު ވަޑައިގަތުމުގެ ކުރިން އެންމެހާ ނަބީބޭކަލުންގެ ފޮތްތަކާއި އަދި ތައުރާތުގައި މާތް ރަސްކަލާނގެ ރަސްކަންފުޅު އައުމާއި ބެހޭގޮތުން ޣައިބުގެ ބަސްތައް ވިދާޅުވެފައިވެއެވެ.
13 Porque todos os profetas e a lei profetizaram até João.
14 އަދި ތިޔަބައިމީހުން އެ ފަތްފުށްތައް ގަބޫލުކުރާނަމަ ޔަޙުޔާގެފާނަކީ އިލްޔާސްގެފާނު ކަމުގައި ތިޔަބައިމީހުން ގަބޫލު ކުރާނެ. އެއީ އެބޭކަލުން އިލްޔާސްގެފާނު ވަޑައިގަންނަވާނޭ ކަމުގައި ބަޔާންކުރައްވާފައި ވާތީވެ.
14 E, se quereis dar crédito, é este o Elias que havia de vir.
15 ތިޔަބައިމީހުންގެ ކަންފަތްތަކެއް ހުރިނަމަ، އަހަރެންގެ މި ބަސްތަކުގެ އަޑުއަހާ!
15 Quem tem ouvidos para ouvir ouça.
16 މިޒަމާނުގެ މީހުންނާއި މެދު އަހަރެން ބުނާނީ ކީކޭ؟ އެބައިމީހުންނާ ވައްތަރީ ކޮންފަދަ ބަޔަކާ؟ އެބައިމީހުންނެކޭ ބާޒާރު މަތީގައި އިށީނދެ ތިބޭ ކުދިންނެކޭ އެއްގޮތް. އެކުދިން ކުޅެމުން ގެންދާހިނދު އެއްކުއްޖަކު އަނެއްކުއްޖަކަށް ބުނާނެ.
16 Mas a quem assemelharei esta geração? É semelhante aos meninos que se assentam nas praças, e clamam aos seus companheiros,
17 ’ކަލޭމެންނަށް ޓަކައި އަހަރެމެން މިޔުޒިކް ކުޅެދިނީމޭ. ނަމަވެސް ކަލޭމެން ނުނެށީމެއް ނޫންހޭ. އަހަރެމެން ހިތާމަވެރި ލަވަ ކިޔަދިނީމޭ. އެހެނަސް ކަލޭމެން ނުމެ ރުއީމެއް ނޫންހޭ!‘
17 e dizem: Tocamo-vos flauta, e não dançastes; cantamo-vos lamentações, e não chorastes.
18 ޔަޙުޔާގެފާނު ވަޑައިގެން ރަލާއި އާދައިގެ ކާނާ ފަރީއެއް ނުކުޅައްވާ. އެހެން ވުމާއެކު، އެމީހުން ބުނޭ. ’އޭނާ އެވަނީ ޖިންނި އަވަލާފައޭ.‘
18 Porquanto veio João, não comendo, nem bebendo, e dizem: Tem demônio.
19 އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އައީ ރަލާއި އާދައިގެ ކާނާ ކައިގެން. ވީމާ އެމީހުން ބުނޭ. ’ނިކަން ދެކެބަލަ! އޭނާއަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ޓެކްސް ނަގާ މީހުންނާއި އެންމެ ނުބައި ފާފަވެރިންގެ ވެސް އެކުވެރިއެކޭ.‘ ނަމަވެސް، ނަތީޖާއެއްގެ ގޮތުން މާތްރަސްކަލާނގެ ޙިކުމަތްވަންތަކަން ދައްކަވައިދެއްވާނެ.“
19 Veio o Filho do Homem, comendo e bebendo, e dizem: Eis aí amigo de publicanos e pecadores. Mas a sabedoria é justificada por seus filhos.
20 ދެން އީސާގެފާނު އެކަލޭގެފާނު އެންމެ ގިނަ މުޢުޖިޒާތްތައް ދެއްކެވި ސަހަރުތަކަށް ފާޑުވިދާޅުވިއެވެ. އެމީހުން ތައުބާ ނުވުމުގެ ސަބަބުން އެ ސަހަރުތައް ވަނީ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ.
20 Então, começou ele a lançar em rosto às cidades onde se operou a maior parte dos seus prodígios o não se haverem arrependido, dizendo:
21 އެކަލޭގެފާނު ވިދާޅުވިއެވެ. ”ކޮރާޒިންގެ އަހުލުވެރިންނޭ! ބެތުސައިދާގެ އަހުލުވެރިންނޭ! ތިޔަ ދެ ސަހަރަށް ބޮޑު ހިތާމައެއް ހުރި! ތިޔަ ދެ ސަހަރުގެ އަހުލުވެރިންނަށް ދެއްކެވި މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ދެއްކެވި ކަމުގައިވާނަމަ އެމީހުން މޮޅިވެރިކަމުގެ ހެދުންތައް ލައި ބޮލަށް އަޅި އަޅައި އެމީހުން ތައުބާވެއްޖެތާ ކިތަންމެ ދުވަހެއް.
21 Ai de ti, Corazim! Ai de ti, Betsaida! Porque, se em Tiro e em Sidom fossem feitos os prodígios que em vós se fizeram, há muito que se teriam arrependido com pano de saco grosseiro e com cinza.
22 ޤިޔާމަތް ދުވަހުގައި ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ވުރެން ކަލޭމެންނަށް ލިބިދޭ ޢުޤޫބާތް ބޮޑުވެގެންވާނެ ކަމުގެ ޔަޤީންކަން އަހަރެން ކަލޭމެންނަށް ދެން.
22 Por isso, eu vos digo que haverá menos rigor para Tiro e Sidom, no Dia do Juízo, do que para vós.
23 ކަޕަރުނައުމްގެ އަހުލުވެރިންނޭ! ކަލޭމެންނަށް ސުވަރުގެ ލިބިދޭނޭ ކަމުގައި ހީކުރަނީތަ؟ ނޫން. ކަލޭމެން ވެއްޓިގެން ދާނީ ނަރަކައިގެ އެންމެ ފުންމިނަށް. ކަލޭމެންގެ މެދުގައި އަހަރެން ދެއްކި މުޢުޖިޒާތްތައް ސަދޫމުގައި ދެއްކި ކަމުގައި ވީނަމަ މިއަދު ވެސް އެ ރަށް ފެންނަން އޮތީސް.
23 E tu, Cafarnaum, que te ergues até aos céus, serás abatida até aos infernos; porque, se em Sodoma tivessem sido feitos os prodígios que em ti se operaram, teria ela permanecido até hoje.
24 ނަމަވެސް ސަދޫމުގެ އަހުލުވެރިންނަށް ދެވުނު ޢުޤޫބާތަށް ވުރެން ބޮޑު ޢުޤޫބާތް ކަލޭމެންނަށް ޤިޔާމަތް ދުވަހުގައި ލިބިދޭނޭ ކަމުގައި އަހަރެން ކަލޭމެންނަށް ބުނަން.“
24 Porém eu vos digo
25 އެ ވަގުތު އީސާގެފާނު މިހެން ވިދާޅުވެ ދުޢާ ދެންނެވިއެވެ. ”ބައްޕާފުޅާ! އުޑާބިމުގެ ސާހިބުވަންތަ ރަސްކަލާކޯ! އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އެއީ މިހުރިހާ ކަންތައްތަކެއް ޙިކުމަތްތެރިންނަށާއި ތޫނުފިލި މީހުންނަށް ވަންހަނާ ކުރައްވައި އާދައިގެ ތުއްތު ކުދިބަޔަކަށް މި ހުރިހާ ކަންތައްތައް ހާމަކޮށް ދެއްވީތީ.
25 Naquele tempo, respondendo Jesus, disse: Graças te dou, ó Pai, Senhor do céu e da terra, que ocultaste estas
26 ލައްބަ ބައްޕާފުޅާ! މިއީ ބައްޕާފުޅު ރުހިވޮޑިގަންނަވާ ގޮތް.“
26 Sim, ó Pai, porque assim te aprouve.
27 ”އަޅުގަނޑުގެ ބައްޕާފުޅު ވަނީ ހުރިހާ ކަމެއް އަޅުގަނޑާ ހަވާލު ކުރައްވާފައި. ބައްޕާފުޅު ފިޔަވާ އެހެން ފަރާތަކަށް ދަރިކަލުން ނޭނގޭނެ. އަދި ދަރިކަލުން ފިޔަވާ އެހެން މީހަކަށް ބައްޕާފުޅެއް ނޭނގޭނެ. ބައްޕާފުޅަކީ ކޮބައި ކަން އެނގޭނީ ހަމައެކަނި ދަރިކަލުން އެކަން ހާމަކޮށްދިނުމަށް ކަނޑައަޅާ ބަޔަކަށް.
27 Todas me foram entregues por meu Pai; e ninguém conhece o Filho, senão o Pai; e ninguém conhece o Pai, senão o Filho e aquele a quem o Filho
28 ތިޔަބައިމީހުންގެ ތެރެއިން ބުރަ އުފުލައި ވަރުބަލިވެފައިވާ މީހެއް ވާނަމަ އަހަރެންގެ ކައިރިއަށް އާދޭ. އަހަރެން އެފަދަ މީހަކަށް އަރާމު ދޭނަން.
28 Vinde a mim, todos os que estais cansados e oprimidos, e eu vos aliviarei.
29 ތިޔަބައިމީހުންގެ ބަރުދަންތައް އަހަރެންގެ ތަންޑިޔަލުގައި ލައިގެން އުޅޭ. އަދި އަހަރެން ބުނާގޮތަށް ކަންތައް ކޮށް އަހަރެން ކުރެން ދަސްކުރޭ. އެހެނީ އަހަރެންނަކީ މަޑު މައިތިރި ހިތްތިރި މީހެއް. އެގޮތުން ތިޔަބައިމީހުންގެ ހިތްތަކަށް އަރާމު ލިބިގެން ދާނެ.
29 Tomai sobre vós o meu jugo, e aprendei de mim, que sou manso e humilde de coração, e encontrareis descanso para a vossa alma.
30 އެހެނީ އަހަރެން ތިޔަބައިމީހުންގެ ކަނދުރާގައި އަޅުވާ ލަކުޑިބުރި ލުއިވެފައި އުފުލަން ފަސޭހަ ވާނެ.“
30 Porque o meu jugo é suave, e o meu fardo é leve.
Atalhos do teclado
- Capítulo anterior←
- Próximo capítulo→
- Versículo anteriork
- Próximo versículoj
- Limpar seleçãoEsc
- Esta ajuda?