Hebreus 3

DIV

1 އަހަރެންގެ މާތް އަޚުންނާ އުޚުތުންނޭވެ! މާތްރަސްކަލާނގެ އެކަލާނގެ މާތްކުރެއްވި މީހުން ކަމުގައި ކަލޭމެން ވަނީ ޚިޔާރު ކުރައްވާފައެވެ. ވުމާއެކު ކަލޭމެން އީސާގެފާނާމެދު ފުންކޮށް ވިސްނާށެވެ. އެކަލޭގެފާނަކީ އަހަރެމެންގެ މައްޗަށް ފޮނުއްވުނު ކަލޭގެފާނެވެ. އަދި އަހަރެމެންގެ މައްޗަށްވާ އުއްތަމަ އިމާމު ވެސް މެއެވެ. އަހަރެމެން އެކަމަށް ހެކިވަމެވެ.

2 އެކަލޭގެފާނަކީ އެކަލޭގެފާނު ފޮނުއްވި ކަލާނގެއަށް ވަފާތެރި ބޭކަލެކެވެ. އެއީ މޫސާގެފާނު ވެސް މާތްރަސްކަލާނގެ މީސްތަކުންނަށް ވަފާތެރިވެ ވަޑައިގަތް ފަދައިންނެވެ.

3 އެހެނެއްކަމަކު އީސާގެފާނަށް ލިބިވަޑައިގަންނަވަން ޖެހޭ ޝަރަފު މޫސާގެފާނަށް ވުރެން މާ މަތިވެރިއެވެ. އެއީ ގެ ބިނާ ކުރާ މީހާ އޭނާ ބިނާކުރާ ގެއަށްވުރެ މަތިވެރިވާ ފަދައިންނެވެ.

4 ކޮންމެ ގެއެއް ވެސް ބިނާ ކުރަނީ ކޮންމެވެސް މީހެކެވެ. އެކަމަކު ޙަޤީޤަތުގައި ކޮންމެ އެއްޗެއް ވެސް އުފައްދަވަނީ މާތްރަސްކަލާނގެ އެވެ.

5 މޫސާގެފާނަކީ މާތްރަސްކަލާނގެ މީސްތަކުންނަށް ވަފާތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭކަލެކެވެ. އަދި ފަހުން މާތްރަސްކަލާނގެ ވަޙީކުރައްވާނެ ބަސްފުޅުތައް ވެސް އެކަލޭގެފާނު ވިދާޅުވިމެއެވެ.

6 އެކަމަކު އީސާގެފާނު ހުންނެވީ ދަރިކަލެއްގެ ގޮތުން މާތްރަސްކަލާނގެ މީސްތަކުންގެ ވެރިއެއްގެ ގޮތުގައި ވަފާތެރިކަން މަތީގައެވެ. އަހަރެމެންގެ އުންމީދު އެކަލޭގެފާނާމެދުގައި އޮވެ، ކެރުމާއި ޔަޤީންކަން މަތީގައި ތިބިނަމަ މާތްރަސްކަލާނގެ މީހުން ކަމުގައި ވާނީ އަހަރެމެންނެވެ.

7 އެހެންވެ މާތްރޫޙުފުޅު މިހެން ބުނެއެވެ.

8 ކަލޭމެން ބޯހަރު ނުކުރާށެވެ!

9 އެހެނީ ސާޅީސް އަހަރުވަންދެން އެމީހުން ތިމަންކަލާނގެ ކެތްތެރިކަން އަޖުމަބަލަމުން ދިޔައެވެ.

10 އެމީހުންދެކެ ފޫހިވެގެން ތިމަންކަލާނގެ މިހެން ވަޙީކުރެއްވީމެވެ.

11 އެހެންވެ ތިމަންކަލާނގެ ކޯފާވެގެން މިހެން ހުވާކުރެއްވީމެވެ.

12 އަޚުންނާ އުޚުތުންނޭވެ! ކަލޭމެންގެ ހިތްތަކަށް އެފަދަ ނުބައި ފިކުރުތައް ވައްދައި އީމާންކަން ގެއްލުނަ ނުދޭށެވެ. އެހެންނޫނީ ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެއަށް ފުރަގަސް ދެވޭނެތީއެވެ.

13 ”⁠މިއަދޭ⁠“ ބުނެވޭ ކޮންމެ ދުވަހަކު ކަލޭމެންގެ ތެރެއަށް ފާފަވެރިކަން އައިސް، ކަލޭމެން ހައްލާލައި، މާތްރަސްކަލާނގެއާ މެދު ކަލޭމެންގެ ހިތްހަރުވާނެ ގޮތް މެދުވެރިވެ ދިޔަ ނުދިނުމަށް، އެކަކު އަނެކަކަށް ހިތްވަރު ދީ ބާރު އަޅަން ވާނެއެވެ.

14 އަހަރެމެން ފެށުނު އިރު އީމާން ކަމުގައި ތިބި ފަދައިން ނިމެންދެން ވެސް އީސާ އަލްމަސީޙާ މެދު ޔަޤީންކަން ދަމަހައްޓައިފި ނަމަ އަހަރެމެން ވާނީ އެކަލޭގެފާނުގެ ބައިވެރިންކަމުގައެވެ.

15 ފަތްފުށްތަކުގައި ލިޔެވިގެންވެއެވެ.

16 މާތްރަސްކަލާނގެ އަޑުފުޅު އިވި އެކަލާނގެއާ ދެކޮޅުވެރިވެގަތީ ކޮން ބައެއް ހެއްޔެވެ؟ އެއީ މޫސާގެފާނު ވަޑައިގެން މިޞްރުގެ އަޅުވެތިކަމުން ސަލާމަތް ކުރައްވައިގެން ނެރުއްވި މީހުން ނޫންހެއްޔެވެ؟

17 ސާޅީސް އަހަރުވަންދެން މާތްރަސްކަލާނގެ ކޯފާ އިސްކުރުވީ ކޮން ބައެއްހެއްޔެވެ؟ އެއީ ހަނަފަސް ސަހަރާގެ ތެރޭގައި ފާފަވެރިވެގަނެ އެތާ މަރުވި މީހުން ނޫންހެއްޔެވެ؟

18 މާތްރަސްކަލާނގެ އެކަލާނގެ އަރާމުގެ މަންޒިލަށް ނުވައްދާނަމޭ އެވަޙީ ކުރެއްވީ ކޮން ބަޔަކާ ދިމާއަށް ހެއްޔެވެ؟ އެއީ އެކަލާނގެއަށް ނުކިޔަމަންތެރިވި މީހުން ނޫން ހެއްޔެވެ؟

19 އެ ގޮތަށް ކަންތައް ކުރި މީހުންނަށް އެކަލާނގެ އަރާމުގެ މަންޒިލް ނުލިބުނީ އެމީހުންގެ ކިބައިގައި އީމާންތެރިކަން ނެތީމައެވެ.

Ler em outra tradução

Comparar lado a lado