Hebreus 2

DIV

1 އެހެންކަމުން އަހަރެމެންނަށް އިއްވެވުނު ބަސްތަކާ މެދު އަހަރެމެން އަދި މާބޮޑަށް ފަރުވާވެ އެ ބަސްފުޅުތަކުގައި ހިފަހައްޓަން ޖެހެއެވެ. އެހެން ނޫނީ އަހަރެމެން އެ ބަސްފުޅުތަކާ ދުރަށް ބެހިގެން ހިނގައިދާނެއެވެ.

2 އެހެނީ މަލާއިކަތުން މެދުވެރި ކުރައްވައި މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތަކަކީ ވެސް ޙައްޤު ތެދު ބަސްފުޅުތަކެކެވެ. އެ ބަސްފުޅުތަކަށް ނުކިޔަމަންތެރިވާ މީހުންނަށް ވެސް އެކަމުގެ ޙައްޤު ސަޒާ ލިބެއެވެ.

3 މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.

4 އޭގެ އިތުރުން މި ބަސްފުޅުތަކަށް ހެކި ދެއްކެވުމަށް އެތައް ބާވަތެއްގެ މުޢުޖިޒާތްތަކާއި ހައިރާންވާފަދަ އެތައް އަލާމާތްތަކެއް މާތްރަސްކަލާނގެ ދެއްކެވިއެވެ. އަދި އެކަލާނގެ އިރާދަކުރައްވާ ގޮތެއްގެ މަތިން އެމީހުންނަށް މާތްރޫޙުފުޅުގެ ހަދިޔާތައް ދެއްވިއެވެ.

5 އަހަރެމެން މިބުނާ އާދުނިޔޭގެ ވެރިންގެ ގޮތުގައި މާތްރަސްކަލާނގެ މަލާއިކަތުންނެއް ނުލައްވައެވެ.

6 އެއާ ޚިލާފަށް އެކަމާ ބެހޭގޮތުން ފަތްފުށްތަކުގެ ކޮންމެވެސް ތަނެއްގައި ބުނެވިފައި ވަނީ މިހެންނެވެ.

7 އިނބަރަސްކަލާނގެ ހިނދުކޮޅަކަށް މަލާއިކަތުންނަށް ވުރެން ދަށުގައި އެމީހުން ލެއްވިއެވެ.

8 އަދި ހުރިހާ އެއްޗެއްގެ މައްޗަށް އަމުރުވެރި ކުރެއްވިއެވެ.⁠“

9 އެކަމަކު ކުޑަ ހިނދުކޮޅަކަށް މަލާއިކަތުންނަށް ވުރެން ދަށްކޮށް އީސާގެފާނު ހުންނެވިތަން އަހަރެމެންނަށް ފެނުނެވެ. އެހެން އެވީ މާތްރަސްކަލާނގެ ނިޢުމަތްފުޅުން އެންމެހާ މީސްތަކުންގެ ބަދަލުގައި އެކަލޭގެފާނު އަވަހާރަވެ ދިއުމަށްޓަކައެވެ. މިހާރު މި ފެންނަނީ އެކަލޭގެފާނުގެ އިސްތަށިފުޅުގައި ތާޖު ބެހެއްޓެވި ޖަލާލަތު ކަމާއި ޝަރަފުވެރިކަން ދެއްވާފައި އެކަލޭގެފާނު ހުންނެވި ތަނެވެ. އެކަން އެހެން އެވީ މީސްތަކުންނަށްޓަކައި އެކަލޭގެފާނަށް އަވަހާރަވުމުގެ ރަހަ ފެނިވަޑައިގެންނެވި ކަމުންނެވެ.

10 ހުރިހާ އެއްޗެއް އުފައްދަވައި ދަމަހައްޓަވާ ކަލާނގެ، އީސާގެފާނު އެ އުފުއްލެވި ވޭންތަކުގެ ސަބަބުން އެކަލޭގެފާނު ފުރިހަމަ ކުރައްވައި އެ މަތިވެރި ޖަލާލަތުކަން ޙިއްސާ ކުރުމަށް ގިނަ ދަރިންތަކެއް ގެންނެވި ކަމީ އެކަލާނގެ ޙައްޤުގޮތުގައި ހިންމެވި ކަމެކެވެ. އެހެނީ އެމީސްތަކުން ދިންނެވުމާ ދިމާއަށް ގެންދަވަނީ އެކަލޭގެފާނު ވީމައެވެ.

11 އެކަލޭގެފާނު މީސްތަކުން މުޤައްދަސް ކުރެއްވިއެވެ. މުޤައްދަސް ކުރެވުނު މީހުންގެ ބައްޕަކަމަށް ވާނީ އެކަލޭގެފާނުގެ ވެސް ބައްޕާފުޅެވެ. އީސާގެފާނު އެމީހުންނަކީ ތިމަންކަލޭގެފާނުގެ ކޮއްކޮމެން ކަމަށް ވިދާޅުވާން ލަދުފުޅު ނުގަންނަނީ އެހެންވީމައެވެ.

12 އެކަލޭގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ.

13 އެކަލޭގެފާނު އަދިވެސް ވިދާޅުވިއެވެ. ”⁠ތިމަންކަލޭގެފާނު ވަކީލު ކުރާނީ އިނބަރަސްކަލާނގެއަށެވެ.⁠“ އަދި މިހެން ވެސް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތިމަންކަލޭގެފާނު މިހިރީއެވެ! އިނބަރަސްކަލާނގެ ތިމަންކަލޭގެފާނަށް ދެއްވި ދަރިންތަކާ އެކުގައެވެ.⁠“

14 އެކަލޭގެފާނު، ދަރިން ކަމަށް އެވިދާޅުވާ މީހުންނަކީ އަހަރެމެން ފަދައިން މަހާއި ލެއިންވާ މީހުންނެވެ. ޚުދު އީސާގެފާނު ވެސް އެމީހުން ފަދައިން ވެވަޑައިގަންނަވައި އެމީހުންނާއެކު އިންސާނީ ފިތުރަތު ޙިއްސާ ކުރެއްވިއެވެ. އެކަލޭގެފާނު އެ ގޮތަށް އަވަހާރަވެ ވަޑައިގަތީ މެރުމުގެ ބާރު ލިބިގެންވާ ޝައިތާނާ ހަލާކު ކޮށްލެއްވުމަށް ޓަކައެވެ.

15 މިގޮތުން އެމީހުންގެ މުޅި އުމުރުގައި މަރު ދެކެ ގެންފައިވާ ބިރުގެ އަޅުވެތިކަމުން އެމީހުން މިނިވަން ކޮށްދެއްވުމަށެވެ.

16 އެކަމުން ދައްކައި ދެނީ އެކަލޭގެފާނު އަޅާލައްވަނީ މަލާއިކަތުންނަކަށް ނޫންކަމެވެ. އެކަލޭގެފާނު އެހީތެރިވެ ވަޑައިގަންނަވަނީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނަށް ކަމެވެ.

17 މީގެ މާނައަކީ އެކަލޭގެފާނު ހުރިހާ ގޮތަކުން ވެސް އެކަލޭގެފާނުގެ މީހުންނާ އެއްގޮތްވާން ޖެހިވަޑައިގެންނެވި ކަމެވެ. އެއީ މާތްރަސްކަލާނގެ ހަޒްރަތުގައި އެކަލޭގެފާނަށް އޯގާތެރިކަމާއި އަދި ވަފާތެރިކަމާއެކު އުއްތަމަ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ ގޮތް ވުމަށްޓަކައެވެ. އެއީ އެގޮތުން މީސްތަކުންގެ ފާފަތަކަށް ކައްފާރާއެއް ހުށަހެޅޭނެ ގޮތް މެދުވެރި ވުމަށްޓަކައި ވެސް މެއެވެ.

18 މިހެންވުމުން އެކަލޭގެފާނަށް، ވަސްވާސްތަކުގެ ދަށުވެފައި މިހާރު ތިބި މީހުންނަށް އެހީފުޅުވެ ވަޑައިގެންނެވޭނެއެވެ. އެހެނީ ޚުދު އެކަލޭގެފާނު ވެސް ވަނީ ވަސްވާސްތަކަށް ހުށަހެޅި، އެކަމުގެ ވޭން އުފުއްލަވަން ޖެހިވަޑައިގެންފައެވެ.

Ler em outra tradução

Comparar lado a lado