Gênesis 8

DIV

1 ނަމަވެސް މާތްކަލާނގެ ނޫޙުގެފާނާއި އެކު ނައުކޮޅުގައި ވީހުރިހާ ޖަނަވާރުތަކުގެ މަތިން ހަނދުމަފުޅު ބެހެއްޓެވިއެވެ. އަދި މާތްކަލާނގެ ދުނިޔެއަށް ގަދަ ވަޔެއް ފޮނުއްވިއެވެ. އެއަށް ފަހު ބޮޑުވެފައިވާ ފެންގަނޑު ހިނދެން ފެށިއެވެ.

2 ބިމުގެ އަޑީގައިވާ އެންމެފުން ފެންއާރުތަކުގެ ފެންފަށަލަތައް ބެދި އަދި އުޑުގައި ހުޅުވިގެންވީ ފެން ހިފަހައްޓައިދޭ ހުރިހާ ދޮރާށިތަކެއް ބަންދުވިއެވެ. އަދި ވާރޭ ވެހުން ވެސް މުޅިން ހުއްޓުނެވެ.

3 މަޑުމަޑުން ދުނިޔޭގެ ބިމުން ފެން ހިނދެން ފަށައިފިއެވެ. ފެންބޮޑުވިތާ ސަތޭކަ ފަންސާސް ދުވަސް ވީއިރު ވެސް ދުނިޔޭގައި ހެދިފައިވީ ފެންގަނޑު ދިޔައީ ހިނދެމުންނެވެ.

4 އަދި ހަތްވަނަ މަހުގެ ސަތާރަވަނަ ދުވަހު ނޫޙުގެފާނުގެ ނައުކޮޅު އަރާރާޠުއޭ ކިޔުނު ފަރުބަދަތަކުގެ މައްޗަށް ބީހުނެވެ.

5 ދިހަ ވަނަ މަހާއި ޖެހެންދެން ދުނިޔޭގައި އޮތް ފެންގަނޑު ހިކެމުން ދިޔައެވެ. އަދި ދިހަވަނަ މަހުގެ ފުރަތަމަ ދުވަހު ފަރުބަދަތަކުގެ ކޮޅުތައް ފެންނަން ފެށިއެވެ.

8 ދެން އެކަލޭގެފާނު ހުދުކޮތަރެއް ނަންގަވާފައި ދޫކޮށްލެއްވިއެވެ. އެއީ ވެސް ދުނިޔޭގެ ބިންގަނޑުން ފެން ހިކުނުތޯ ބައްލަވާށެވެ.

9 ނަމަވެސް ދުނިޔޭގެ ބިން އަދިވެސް ވަނީ ފެނުގެއަޑީގައި ކަމުން އެ ހުދުކޮތަރު ފައިޖައްސާލާނޭ ހިކިތަނެއް ނުލިބުމުން އެނބުރި ނޫޙުގެފާނުގެ އަރިހަށް އައެވެ.

10 ނޫޙުގެފާނު ކުރިއެކޭ އެއްފަދައިން ހަތްދުވަސް ވަންދެން މަޑުކުރެއްވުމަށް ފަހު އަނެއްކާ ވެސް އެހުދު ކޮތަރު ދުނިޔޭގެ ތެރެއަށް ދޫކޮށްލެއްވިއެވެ.

11 އެދުވަހުގެ އިރުއޮއްސުނުއިރު އެ ހުދުކޮތަރު އެކަލޭގެފާނުގެ އަރިހަށް އައިއިރު އޭގެ ތުނބުގައި ޒައިތޫނި ގަހެއްގެ ތާޒާ ފަތެއް އޮތެވެ. އަދި ޙައިރާންކަމާއެކު އެ ފަތާ މެދު ބައްލަވާލެއްވުމުން ދުނިޔޭގެ ބިންގަނޑު ހާމަވާ ވަރަށް ފެންގަނޑު ހިކިއްޖެކަން ނޫޙުގެފާނަށް އެނގިވަޑައިގެންނެވިއެވެ.

12 މިއަށް ފަހު ހަތް ދުވަހު މަޑުކުރެއްވުމަށް ފަހު ނޫޙުގެފާނު އަނެއްކާވެސް އެ ހުދު ކޮތަރު ދުނިޔޭގެ ތެރެއަށް ދޫކޮށްލެއްވިއެވެ. މިފަހަރު އެ ކޮތަރު އެނބުރި އެކަލޭގެފާނުގެ އަރިހަކަށް ނައެވެ.

13 ނޫޙުގެފާނުގެ އުމުރުފުޅުން ހަސަތޭކަ އެއްއަހަރު ފުރާފުރިހަމަ ވިއެވެ. އަދި އެއަހަރުގެ ފުރަތަމަ މަހުގެ ފުރަތަމަ ދުވަހު ދުނިޔޭގައިވާ ފެންގަނޑު ވަނީ ހިނދެން ފަށާފައެވެ. އެދުވަހު ނޫޙުގެފާނު ނައުކޮޅުގައިވާ ފުރާޅު ނަންގަވައި ބެއްލެވިއިރު ދުނިޔޭގެ ބިންގަނޑު ވަނީ ހިކެން ކައިރިވެފައެވެ.

14 އަދި ދެވަނަ މަހުގެ ހަތާވީސް ވަނަ ދުވަހު ދުނިޔޭގެ ބިންގަނޑު މުޅިން ހިކި ނިމިއްޖެއެވެ.

15 ދެން މާތްކަލާނގެ ނޫޙުގެފާނަށް ވަޙީކުރެއްވިއެވެ.

16 ”⁠ތިބާއާއި، ތިބާގެ އަނބިމީހާއާއި ފިރިހެން ދަރިންނާއި އެދަރިންގެ އަނބިން ގޮވައިގެން ނަވުން ފައިބާ.

17 އަދި ތިބާއާއެކު ނަވުގައި ވީ އެންމެހާ ދޫނިސޫފާ ސުތްޕަކާއި، ޖަނަވާރުތަކާއި އެހެނިހެން ދިރޭތަކެތި ވެސް ނަވުން ބާލުއްވައި ދުނިޔޭގެ ތެރެއަށް ދޫކޮށްލައްވާ. އެއީ އެ ތަކެތި ގިނަވެ އިތުރު ވުމަށްޓަކައި.⁠“

18 ދެން ނޫޙުގެފާނު އެކަލޭގެފާނުގެ އަނބިދަރިންނާއި ޅީ ދަރިން ގޮވައިގެން ނާކޮޅުން ފައިބާ ވަޑައިގެންފިއެވެ.

19 އަދި ނައުކޮޅުގައި ވީ އެންމެހާ ޖަނަވާރުތަކާއި ދޫނިސޫފާ ސޫތްޕެއް ޖޯޑުޖޯޑަށް ނައުކޮޅުން ފޭބިއެވެ.

20 ދެން ނޫޙުގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަމެއްގެ ގޮތުގައި ޤުރުބާންތައް ކުރެއްވުމަށްޓަކާ، އެތާނގައި ހިލައިން އައްޓެއް ހެއްދެވިއެވެ. އަދި ޤުރުބާން ކުރުމަށް ހުއްދަ އޮތް، ކޮންމެ ވައްތަރަކުން ޖަނަވާރަކާއި ދޫންޏެއް ކަތިލައްވާ މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރެއްވިއެވެ. އަދި މިތަކެތި އެ އަށީގެ މަތީގައި އަންދާލެއްވިއެވެ.

21 އޭގެ ވަސްދުވުމުން ނޫޙުގެފާނު މި އަދާކުރެއްވި އަޅުކަމާ މެދު މާތްރަސްކަލާނގެ ރުހިވޮޑިގަންނަވާ އަދި މިފަދައިން އެކަލާނގެ ނިންމެވިއެވެ. ”⁠އިންސާނުންގެ ހިތުގައި ކުޑައިރުއްސުރެން ވެސް އުފެދޭ ޚިޔާލުތަކަކީ ނުބައިނުލަފާ ޚިޔާލުތައް ކަމުގައި ވީ ނަމަވެސް ތިމަންކަލާނގެ މިފަހަރު ކަންތައް ކުރެއްވި ފަދައިން މީގެ ފަހުން ދުވަހަކު ވެސް އިންސާނުން ކުރާ ނުބައި އަމަލުތަކުގެ ސަބަބުން މުޅި ބިމަށް ކޯފާއެއް ނުފޮނުއްވާނަން. އަދި މިފަދައިން މީގެ ފަހުން ހުރިހާ ދިރޭ ތަކެއްޗެއް ދުވަހަކު ވެސް ނައްތައެއް ނުލައްވާނަން.

22 ދުނިޔެ ދެމިއޮތްހާ ހިނދަކު

Ler em outra tradução

Comparar lado a lado