Gênesis 49

DIV

1 އެއަށް ފަހު ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އެންމެހާ ދަރިންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ އެންމެހާ ކުދިން އަހަރެންގެ ކައިރިއަށް އައިސްބަލަ. އަދި މުސްތަޤުބަލުގައި ތިޔަ ކުދިންނާއި މެދުގައި ކަންތައްތައް ވާނެ ގޮތް އަހަރެން ބުނެދޭނަމު.⁠“

2 ”⁠ޔަޢުޤޫބުގެ ދަރިންނޭވެ! ތިޔަ ކުދިންގެ ބައްޕަ އިސްރާއީލުގެ ބަސްތައް އަޑުއެހުމަށް އެކުގައި މިކޮޅަށް އާދޭ.⁠“

3 ”⁠ރައޫބައިން. ތިބާއީ އަހަރެންގެ ފުރަތަމަ ދަރިފުޅު. ތިބާގެ އުފަންވުން ދައްކައިދިނީ އަހަރެންގެ ފިރިހެންވަންތަ ކަމުގެ ބާރު.

4 ”⁠ނަމަވެސް ތިބާ އަކީ ގަދަ ކަނޑެއްކަހަލަ މީހެއް.

5 ”⁠ޝިމްޢޫން އާއި ލާވީ އަކީ އެއް މިޒާޖެއްގެ ދެބެއިން.

6 ”⁠އެބައިމީހުން ސިއްރުން ދައްކާ ވާހަކަތަކުގައި އަހަރެން ބައިވެރިއެއް ނުވަމު.

7 ”⁠އެމީހުންގެ ރުޅިވެރި ކަމާހެދި އެމީހުންގެ މައްޗަށް ލަޢުނަތް ލައްވާނެ. އެއީ އެމީހުން ކުރާ އަނިޔާވެރި ޢަމަލަކަށް ވާތީވެ.

8 ”⁠ޔަހޫޛާ. ތިބާގެ އަޚުން ތިބާއަށް ތާރީފު ކުރާނެ.

9 ”⁠ޔަހޫޛާ ވަނީ ޒުވާން ސިންގާއެއް ފަދައިން.

10 ”⁠ޔަހޫޛާގެ ދަރިފަސްކޮޅުން ރަސްރަސްކަލުން ވަޑައިގަންނަވާނެ.

11 ”⁠އެކަލޭގެފާނު މޭބިސްކަދުރު ވެލުގައި އެކަލޭގެފާނުގެ ހިމާރު އައްސަވާނެ.

12 ”⁠މޭބިސްކަދުރުގެ ދިޔައަށް ވުރެން އެކަލޭގެފާނުގެ ލޯފުޅުގެ ކުލަ ގަދަވެގެން ވާނެ.

13 ”⁠ޒަބޫލޫން ދިރިއުޅޭނީ ކަނޑުގެ އައްސޭރި ފަށުގައި.

14 ”⁠ޔައްސާކަރު ވާނީ ނިކަމެތި ހިމާރެއް ފަދަ މީހަކަށް.

15 ”⁠އެކަމަކު އެއެއްޗަށް ހިތްހަމަޖެހޭ ކަހަލަ ބިމެއް ފެނުމާއެކު

16 ”⁠ދާނު ބަނީއިސްރާއީލުންގެ މައްޗަށް އަދުލުއިންސާފު ގާއިމުކުރާނެ.

17 ”⁠މަގުގެ އެއްފަރާތުގައި އޮންނަ ހަރުފައެއް ފަދައިން އޭނާ ވާނެ.

18 ”⁠މާތްރަސްކަލާކޮ! އިނބަރަސްކަލާނގެ ދިންނެވުމުގެ އިންތިޒާރުގައި މިއަޅާ ވަމު.⁠“

19 ”⁠ފޭރޭ މީހުން ޖާދުއަށް ޙަމަލަ ދޭނެ.

20 ”⁠އަޝީރު ރަނގަޅު ކާނާ އުފައްދާނެ.

21 ”⁠ނަފްތާލީ ވަނީ މިނިވަންކަމާއެކުގައި ދުވަމުން ދާ އަންހެން ފުއްލާއެއް ފަދައިން.

22 ”⁠ޔޫސުފު ވާނީ ފެންއާރެއްގެ ކައިރީގައި ވާ މޭބިސްކަދުރުވެލެއް ހެން. އޭގައި ގިނައިން މޭވާ އަޅާނެ.

23 ”⁠ދުނިދަނޑި ޖަހާ މީހުން އޭނާއަށް އަނިޔާވެރި ގޮތުގައި ޙަމަލާދީ ރުޅިވެރިކަމާއެކު އޭނާއާ ދިމާއަށް ތީރު އުކި.⁠“

24 ”⁠ނަމަވެސް އޭނާގެ އަތުގެ ބާރުގަދަ. އޭނާގެ ދުނިދަނޑިވެސް އަމާޒު.

25 ”⁠ތިބާއަށް އެހީތެރިވާ ފަރާތަކީ ތިބާގެ ބައްޕަގެ ކަލާނގެ މާތްކަލާނގެ.

26 ”⁠ތިބާއަށް އަހަރެން މިއެދޭ ބަރަކާތަކީ ދުވަސްވީ ފަރުބަދަތަކަށް ވުރެން މަތިވެރި ބަރަކާތެއް.

27 ”⁠ބަންޔާމީން ވަނީ ބަނޑުހައި ވެފައިވާ ވަލު ކުއްތާއެއް ފަދައިން.

28 މަތީގައި ބަޔާންކުރެވިފައި އެވަނީ ބަނީއިސްރާއީލުގެ ބާރަ ގަބީލާއެވެ. އަދި އެބައިމީހުންނާއި މުޚާތަބު ކުރައްވައި ޔަޢުޤޫބުގެފާނު ވިދާޅުވި ބަސްފުޅުން ކޮންމެ ކުއްޖަކަށް އެކަށޭނަ ގޮތުގެ މަތިން އެކަލޭގެފާނު ބަރަކާތް ލެއްވުމަށް އެދި ދެންނެވިއެވެ.

29 އެއަށް ފަހު އިސްރާއީލުގެފާނު އެބައިމީހުންނަށް މިފަދައިން އަމުރު ކުރައްވައި ވިދާޅުވިއެވެ. ”⁠އަހަރެން މިހާރު މިވަނީ ނިޔާވުމާއި ދާދި ކައިރީގައި. އަހަރެން ނިޔާވުމުން ޙިއްޘީއިންގެ ތެރޭންވާ ޢިފްރޫންގެ ދަނޑުގައިވާ ހޮހަޅައިގައި އަހަރެންގެ ކާބަފައިންގެ ކައިރީގައި އަހަރެން ވަޅުލައިދީ.

30 އެ ހޮހަޅައަކީ ކަންޢާނުގެ ރަށެއްކަމުގައިވާ މަމްރާގެ އިރުމަތީފަރާތުގައިވާ މަކްފީލަތު ދަނޑުގައިވާ ހޮހަޅައެއް. ޙިއްޘީއެއް ކަމުގައިވާ ޢިފްރޫންގެ އަތުން އިބްރާހީމްގެފާނު މި ހޮހަޅަ ބައްލަވައިގަތީ ގަބުރުސްތާނެއްގެ ގޮތުގައި ބޭނުން ކުރެއްވުމަށްޓަކައި.

31 އިބްރާހީމްގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ސާރާ ފަސްދާނު ލެވިފައި ވަނީ އެތަނުގައި. އަދި އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުން ރިފްޤާ ވެސް ފަސްދާނު ލެވިފައި ވަނީ ހަމަ އެތަނުގައި. ހަމައެހެންމެ، އަހަރެންގެ އަނބި ލައިއަތު އަހަރެން ވަޅުލީވެސް އެތަނުގައި.

32 އެ ހޮހަޅަ އާއި އެ ބިމަކީ ޙިއްޘީންގެ އަތުން ގަނެފައިވާ ބިމެއް.⁠“

33 ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ދަރިންނަށް އެފަދައިން އިރުޝާދު ދެއްވުމަށް ފަހު، އެނދުގައި އޮށޯވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ދެފައިންޕުޅު އެނދަށް ނެންގެވުމަށް ފަހު، އެންމެފަހުގެ ނޭވާފުޅު ދޫކުރައްވައި އަވަހާރަވިއެވެ.

Ler em outra tradução

Comparar lado a lado