5 އަހަރެން އައުމުގެ ކުރިން މިޞްރުގައި އުފަންވެފައިވާ ތިބާގެ ދެ ފިރިހެން ދަރިންނަކީ އަހަރެންގެ އަމިއްލަ ދެ ދަރިން ކަމުގައި އަހަރެން ހަދައިފީމު. މަނައްސާ އާއި އަފްރާއީމް އާއި ދެ ކުދިންނަކީ ރައޫބައިން އާއި ޝިމްޢޫން ފަދައިން އަހަރެންގެ ތަރިކަ މުދަލުން ލިބޭނޭ ދެ ދަރިންމެ.
6 ނަމަވެސް މީގެ ފަހުގައި ތިބާއަށް ލިބޭ ދަރިންނަކީ ތިބާގެ އަމިއްލަ ދަރިން. އަދި އެބައިމީހުންނަށް ލިބިދޭ ތަރިކަ ލިބިދޭނީ މަނައްސާ އާއި އަފްރާއީމްއަށް ލިބިފައިވާ ބިންތައް މެދުވެރިކޮށް.
7 އަހަރެން މި ހުރިހާ ކަމެއް މިފަދައިން މިކުރަނީ ތިބާގެ މައިކަނބަލުން ރާޙީލްއަށްޓަކައި. އަހަރެން ހުޅަނގު އުތުރު މެސޮޕޮޓޭމިއާއިން ދަތުރުކޮށް އައި މަގުމަތީގައި އަފްރާތާ އާއި މާ ދުރުނޫން ހިސާބެއްގައި ކަންޢާނުގައި ރާޙީލް ނިޔާވި. އޭރު އަހަރެމެން ދަތުރު ކުރަމުން ގެންދިޔައީ އަފްރާތާ އާއި ދިމާލަށް. މިކަންތަކުން އަހަރެންނަށް ވަރަށް ހިތްދަތިކަން ލިބުނު. އަދި އަފްރާތާއަށް ދާ މަގުގެ އެއްފަރާތުގައި އަހަރެން އޭނާ ވަޅުލިން.“ (މިހާރު އަފްރާތާގެ ނަމަކީ ބައިތުލަޙަމެވެ.)
8 އިސްރާއީލުގެފާނަށް (ޔަޢުޤޫބުގެފާނަށް) ޔޫސުފުގެފާނުގެ ދެ ފިރިހެން ދަރިކަލުން ފެނިވަޑައިގެން މިފަދައިން އެއްސެވިއެވެ. ”މިއީ ކޮން ކުދިންނެއް؟“
9 ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންނަށް މިފަދައިން ދެންނެވިއެވެ. ”މިއީ މިޞްރުގައި މާތްކަލާނގެ އަހަރެންނަށް ދެއްވި ދެ ފިރިހެން ދަރިން.“
10 މި ހިނދު އިސްރާއީލުގެފާނު ދުވަސްވެ ޢަޖޫޒު ވެފައި ވުމުގެ ސަބަބުން އެކަލޭގެފާނުގެ ލޯފުޅަށް ސާފުކޮށް ފެނިވަޑައެއް ނުގަންނަވައެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެ ދަރިން އިސްރާއީލުގެފާނުގެ އަރިހަށް ކައިރިއަށް ގެންދެވިއެވެ. އަދި އިސްރާއީލުގެފާނު އެ ދެކުދިންގެ ގައިކޮޅުގައި ބޮސްދެއްވުމަށް ފަހު އެ ކުދިންގެ ގައިގައި ބައްދަވާ ލެއްވިއެވެ.
11 އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެންނަށް ތިބާ ދިރިހުއްޓައި އަލުން ފެންނާނެއެކޭ ހިއެއް ނުކުރަމު. އެހެނަސް ތިބާއާއި ތިބާގެ ދަރިން ވެސް މާތްކަލާނގެ އަހަރެންގެ ލޮލަށް ދައްކުވައި ދެއްވައިފި.“
12 އެއަށް ފަހު ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން އިސްރާއީލުގެފާނުގެ އުނގުފުޅުން ނެންގެވުމަށް ފަހު އިސްރާއީލުގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސް ކުރެއްވިއެވެ.
13 އަދި ޔޫސުފުގެފާނުގެ ކަނާތްޕުޅު ފަރާތުގައި އަފްރާއީމް ބަހައްޓަވައި އަދި މަނައްސާ އެކަލޭގެފާނުގެ ވައަތްޕުޅު ފަރާތުގައި ބެހެއްޓެވިއެވެ. އެއީ، އަފްރާއިމް އިސްރާއީލުގެފާނުގެ ވައަތްޕުޅު ފަރާތާއި ކައިރިވާ ގޮތަށާއި އަދި މަނައްސާ އިސްރާއީލުގެފާނުގެ ކަނާއަތްޕުޅު ފަރާތަށް ކައިރި ވާގޮތަށް ވެސްމެއެވެ.
14 ނަމަވެސް ޔަޢުޤޫބުގެފާނު ދުޢާފުޅު ކުރެއްވުމަށް އެކަލޭގެފާނުގެ އަތްޕުޅު ހުރަސްކުރައްވައި އެ ދެބެއިންގެ ތެރެއިން ހަގު ކުއްޖާ ކަމުގައިވާ އަފްރާއީމްގެ ބޯމަތީގައި އެކަލޭގެފާނުގެ ކަނާތްޕުޅު ބޭއްވިއެވެ. އަދި ފުރަތަމަ އުފަންވި ފިރިހެން ދަރިފުޅު ކަމުގައިވާ މަނައްސާގެ ބޯމަތީގައި އެކަލޭގެފާނުގެ ވައަތްޕުޅު ބޭއްވިއެވެ.
15 އިސްރާއީލުގެފާނު ޔޫސުފުގެފާނަށް ބަރަކާތް ލެއްވުމަށް އެދިވަޑައިގެން މިފަދައިން ދެންނެވިއެވެ.
16 އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި.
17 ޔޫސުފުގެފާނަށް އެކަލޭގެފާނުގެ ބަފައިކަލުންގެ ކަނާއަތްޕުޅު އަފްރާއިމްގެ ބޯމަތީގައި ބާއްވަވާފައިވީ ތަން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނު އެކަމާއި ހިތްޕުޅު ހަމަޖެހިގެންނެއް ނުވިއެވެ. ވީމާ، ޔޫސުފުގެފާނު އެކަލޭގެފާނުގެ ބަފައިކަލުންގެ އަތްޕުޅުގައި ހިއްޕަވައި އަފްރާއީމްގެ ބޮލުގައި ބާއްވާފައިވާ އެކަލޭގެފާނުގެ ބަފައިކަލުންގެ އަތްޕުޅު ނަންގަވައި މަނައްސާގެ ބޯމަތީގައި ބާއްވަން އުޅުއްވިއެވެ.
18 އަދި މިފަދައިން ވިދާޅުވިއެވެ. ”ބައްޕާ، ބައްޕަ ތިޔަ ހައްދަވަނީ ރަނގަޅަކަށް ނޫން. މަނައްސާ އަކީ ފުރަތަމަ އުފަންވި ދަރިފުޅު. ބައްޕަގެ ކަނާއަތްޕުޅު އޭނާގެ ބޯމަތީގައި ބާއްވަވާ.“
19 އެހެނަސް އެކަމާއި އިންކާރު ކުރައްވައި ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”ނޫން ދަރިފުޅާ. ބައްޕަ މިކުރާ ކަންތައް ބައްޕައަށް ރަނގަޅަށް އެނގޭ. މަނައްސާ މަތިވެރިވެ އޭނާއަށް ދަރިފަސްކޮޅެއް ދެއްވާނެ. ނަމަވެސް އޭނާގެ ކޮއްކޮ އަފްރާއިމް އޭނާއަށް ވުރެން މަތިވެރިވެ، އޭނާގެ ދަރިފަސްކޮޅު ގިނަވެ އެ ދަރިފަސްކޮޅަކީ މަތިވެރި ޤައުމެއް ކަމުގައި ވާނެ.“
20 އެ ކުދިންނަށް ބަރަކާތް ލެއްވުމަށް އެދި އެދުވަހު ޔަޢުޤޫބުގެފާނު އެފަދައިން ދެންނެވިއެވެ:
21 އެއަށް ފަހު، އިސްރާއީލުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެންނާއި ދިމާލަށް ނިކަން ބަލާލަބަލަ. އަހަރެން މިހާރު މިވަނީ މަރުވާން ތައްޔާރުވެފަ. ނަމަވެސް މާތްކަލާނގެ ވަނީ ދަރިފުޅާއި އެކުގައި. އަދި ދަރިފުޅުގެ ކާބަފައިންގެ ރަށްކަމުގައިވާ ކަންޢާނުއަށް ދަރިފުޅު އެނބުރި ގެންދަވާނެމެ.
22 ދަރިފުޅުގެ އަޚުންނަށް އަހަރެން ނުދޭ އެއްޗެއް ދަރިފުޅަށް އަހަރެން ދެމު. އެއީ އަހަރެންގެ ކަނޑި އާއި ތީރު ބޭނުން ކޮށްގެން އަމޫރީންގެ އަތުން އަހަރެން އަތުލާފައިވާ ޝަކީމްގެ ބިން.“