1 މިއީ ޢީސޫގެ ދަރިފަސްކޮޅު އުފެދިގެން އައިގޮތެވެ. އަދި ޢީސޫއަށް އަދޫމްގެ ނަމުން މުޚާތަބު ކުރެވެއެވެ.
2 ކަންޢާނުގެ ތިން އަންހެނުންނާއި ޢީސޫ ކައިވެނި ކުރިއެވެ. އޭނާ ފުރަތަމަ ކައިވެނިކުރީ ޙިއްޘީންގެ މީހެއް ކަމުގައިވާ އީލޫންގެ އަންހެންދަރި ޢަދަތު އާއިއެވެ. ދެވަނައަށް އޭނާ ކައިވެނި ކުރީ އަހޫލީބާމަތު އާއިއެވެ. މިކަނބުލޭގެ އަކީ ޙިއްވީއެއް ކަމުގައިވާ ޞަބްޢޫންގެ ކާފަދަރިއެކެވެ. އަދި ޢަނަތުގެ އަންހެން ދަރިވެސްމެއެވެ.
3 އެއަށް ފަހު އިސްމާޢީލްގެފާނުގެ އަންހެން ދަރިކަނބަލުން ބަސްމަތު އާއި ކައިވެނި ކުރިއެވެ. މި ބަސްމަތު އަކީ ނަބާޔޫތުގެ އުޚުތާ ވެސްމެއެވެ.
4 ޢީސޫ އާއި ޢަދަތުއަށް ލިބުނު ފިރިހެން ދަރިފުޅުގެ ނަމަކީ އަލީފާޒުއެވެ. ޢީސޫ އާއި ބަސްމަތުއަށް ލިބުނު ފިރިހެން ދަރިފުޅަކީ ރަޢޫއީލް އެވެ.
5 އަދި ޢީސޫ އާއި އަހޫލީބާމަތަށް ލިބުނު ފިރިހެން ދަރިންނަކީ ޔަޢޫޝް، ޔަޢްލާމް، އަދި ޤޫރަޙު އެވެ. ޢީސޫއަށް ލިބުނު މިހުރިހާ ދަރިންމެ އުފަންވީ ކަންޢާނުގެ ބިމުގައެވެ.
6 ޢީސޫ އޭނާގެ އެންމެހާ އަނބިދަރިންނާއި ޚާދިމުންނާއި އަދި އޭނާ އާއި އެކުގައި ދިރިއުޅެމުން ގެންދާ ހުރިހާ އެންމެންނާއި އަދި ކަންޢާނުން އޭނާއަށް މިލްކު ވީ އެންމެހާ މުދަލާއި ޖަނަވާރުތަކާއެކު އޭނާގެ ކޮއްކޮ ޔަޢުޤޫބުގެފާނާއި ދުރަށް ދިރިއުޅުމަށް ދިޔައެވެ.
7 އޭނާ މިފަދައިން އަމަލުކުރީ އެ ދެބެއިންގެ ޖަނަވާރުތައް ގިނަވެ ގެންގުޅޭނެތަން ހުސްވުމުގެ ސަބަބުން ދިރިއުޅުން ދަތިވުމުންނެވެ.
8 އެހެންވީމާ ޢީސޫ ސަޢީރުގެ ފަރުބަދަތަކުގެ ކައިރި ފަށުގައި ދިރިއުޅެމުން ގެންދިޔައެވެ. (ޢީސޫއަށް އަދޫމްގެ ނަމުން ވެސް މުޚާތަބު ކުރެއެވެ.)
15 ޢީސޫގެ ދަރިންނާއި ކާފަދަރިން ތަފާތު ވަންހަތަކުގެ އިސް ވެރިންގެ ގޮތުގައިވިއެވެ.
16 ޤޫރަޙު، ޖަޢްޘާމް އަދި ޢަމާލިޤު އެވެ. އަދި މިއީ ޢީސޫ އާއި ޢަދަތުގެ ފިރިހެން ދަރިފުޅު އަލީފާޒުގެ ފަރާތުން އައި ދަރިފަސްކޮޅެވެ.
17 ޢީސޫގެ ފިރިހެން ދަރިފުޅު ރަޢޫއީލް އަކީ މި ވަންހަތަކުގެ ކާބަފައިކަލުންނެވެ. އެއީ ނަޙަޘު، ޒާރަޙު، ޝައްމަތު އަދި މިއްޒަތު އެވެ. މި ވަންހަތަކަކީ އަދޫމްގައި ކަމުވޮށިވެގެންވީ ވަންހަތަކެވެ. އަދި މިއީ ޢީސޫއާއި ބަސްމަތުގެ ފިރިހެންދަރި ރަޢޫއީލްގެ ފަރާތުން އައި ދަރިފަސްކޮޅެވެ. ހަމައެހެންމެ މިބައިމީހުންނީ ބަސްމަތުގެ މާމަދަރިން ވެސްމެއެވެ.
18 ޢީސޫ އާއި އަހޫލީބާމަތަށް ލިބުނު ދަރިންނަކީ މި ވަންހަތަކުގެ ކަމުވޮށިވެގެންވީ ވަންހަ ތަކެވެ. އެއީ ޔަޢޫޝް، ޔަޢްލާމް އާއި ޤޫރަޙުއެވެ. މިބައިމީހުންނީ ޢީސޫގެ އަނބި އަދި ޢަނަތުގެ އަންހެންދަރި އަހޫލީބާމާގެ ފަރާތުން އައި ދަރިފަސްކޮޅު ވެސްމެއެވެ.
19 މި ބަޔާންވެދިޔައީ ޢީސޫގެ ދަރިފަސްކޮޅުން އުފެދުނު ވަންހަ ތަކެވެ. (ޢީސޫއަށް މުޚާތަބުކުރާ އަނެއް ނަމަކީ އަދޫމް އެވެ.)
22 ލޫޠާންއަށް ލިބިފައިވާ ދަރިންނަކީ ޙޫރީ އާއި ހައިމާމް އެވެ. އަދި ލޫޠާންގެ ދައްތަ އެއް ވެއެވެ. އެ ކަނބުލޭގެ ނަމަކީ ތިމްނާޢު އެވެ.
23 ޝޫބާލްއަށް ލިބުނު ދަރިންނަކީ އަލްވާން، މަނާޙަތު، ޢައިބާލް، ޝަފޫ ގެ އިތުރުން އޫނާމް އެވެ.
24 ޞިބްޢޫންއަށް ލިބިފައިވާ ދަރިންނަކީ އައްޔަތު އާއި ޢަނަތު އެވެ. އަދި މި ޢަނަތު އަކީ އޭނާގެ ބައްޕަގެ ހިމާރުތައް ބަލަހައްޓަމުން ގެންދިޔަ ދުވަސްވަރުގައި އެ ސަހަރާގެ ތެރޭން ހޫނުފެނުގެ ފެން އާރުތައް ހޯދި މީހާ ވެސްމެއެވެ.
25 ޢަނަތުއަށް ލިބިފައިވީ ދަރިންނަކީ ދީޝޫން އާއި އަދި އޭނާގެ އަންހެންދަރި އަހޫލީބާމަތު އެވެ.
26 ދީޝޫންއަށް ލިބިފައިވާ ދަރިންނަކީ ޙަމްދާން، އަޝްބާން، ޔިޘްރާން އަދި ކަރާން އެވެ.
27 އީޞަރުއަށް ލިބިފައިވީ ދަރިންނަކީ ބިލްހާން، ޒަޢަވާން، އަދި ޢައްޤާން އެވެ.
28 ދީޝޫންއަށް ލިބިފައިވީ ދަރިންނަކީ ޢޫޞް އާއި އަރާން އެވެ.
29 އެހެންވީމާ، ޙޫރީންގެ ވަންހައިގެ ކަމުވޮށިވެގެންވީ މީހުންނަކީ ލޫޠާން އާއި ޝޫބާލް އާއި ޞިބްޢޫން އާއި ޢަނަތު އާއި
30 ދީޝޫން އާއި އީޞަރުގެ އިތުރުން ދީޝާން އެވެ.
31 ބަނީއިސްރާއީލުންގެ މައްޗަށް ވެރިކަން ހިންގާނޭ ރަސްކަލަކު އެބައިމީހުންގެ މައްޗަށް ލިބިފައި ވުމުގެ ކުރީގައި މި ބަޔާންކުރާ ރަސްރަސްކަލުން އަދޫމްގައި ރަސްކަން ހިންގާފައި ވެއެވެ.
32 އަދޫމުގައި ވެރިކަން ހިންގި ރަސްރަސްކަލުން ރަސްކަން ކޮށްފައި ވަނީ މި ބަޔާންކުރާ ތަރުތީބުންނެވެ. އެންމެ ފުރަތަމަ ރަސްކަން ކުރީ ބަޢޫރުގެ ދަރި ބާލަޢު އެވެ. އޭނާ އަކީ ދިންހާބަތުގެ ސަހަރުގެ މީހެކެވެ.
33 ބާލަޢު ނިޔާވުމަށް ފަހު ބުޞްރާ ސަހަރުގެ މީހެއް ކަމުގައިވާ ޔޫބާބުއަށް ރަސްކަން ލިބުނެވެ. މީނާ އަކީ ޒާރަޙުގެ ދަރިއެކެވެ.
34 ޔޫބާބު ނިޔާވުމަށް ފަހު ޙޫޝާމުއަށް ރަސްކަން ލިބުނެވެ. މީނާއަކީ ތައިމާނީންގެ މީހެކެވެ.
35 ޙޫޝާމު ނިޔާވުމަށް ފަހު ބަދާދުގެ ދަރި ހަދާދަށް ރަސްކަން ލިބުނެވެ. އަދި އޭނާ މުއާބު ރަށުގައިވާ މިދްޔާން ވަންހައިގެ މައްޗަށް ފަތަޙަ ހޯދިއެވެ. ހަދާދު އަކީ ޢަވީތު ސަހަރުގެ އަހުލުވެރިއެކެވެ.
36 ހަދާދު ނިޔާވުމަށް ފަހު ސަމްލަތުއަށް ރަސްކަން ލިބުނެވެ. މީނާއަކީ މަސްރީޤާގެ އަހުލުވެރިއެކެވެ.
37 ސަމްލަތު ނިޔާވުމަށް ފަހު ފުރާތު ކޯރު ސަރަހައްދުގެ ސަހަރެއް ކަމުގައި ވީ ރަޙޫބޫތުގެ އަހުލުވެރިއެއް ކަމުގައި ވީ ޝާއޫލްއަށް ރަސްކަން ލިބުނެވެ.
38 ޝާއޫލް ނިޔާވުމުން ޢަކްބޫރުގެ ދަރި ބަޢަލްޙާނާނުއަށް ރަސްކަން ލިބުނެވެ.
39 ބަޢަލްޙާނާނު ނިޔާވުމަށް ފަހު ހަދާދުއަށް ރަސްކަން ލިބުނެވެ. މީނާ އަކީ ފާޢޫ ސަހަރުގެ އަހުލުވެރިއެކެވެ. އަދި މީނާގެ އަނބިމީހާގެ ނަމަކީ މަހީޠަބްއީލް އެވެ. މިކަނބުލޭގެ ބައްޕަ އަކީ މަޠްރަދު އެވެ. އަދި މި ކަނބުލޭގެއަކީ މައިޒަހަބުގެ މާމަ ދަރިއެއް ވެސްމެއެވެ.