Gênesis 35

DIV

1 މާތްކަލާނގެ ޔަޢުޤޫބުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ބައިތުއީލްއަށް ގޮސް އެތަނުގައި ދިރިއުޅެން ފަށާ! އެއީ ތިބާގެ ބޭބެ ޢީސޫއަށް ތިބާއަށް ފިލަން ދުވި ހިނދު އެތަނެއްގައި ތިބާގެ ކުރިމައްޗަށް ތިމަންކަލާނގެ ފާޅުވެގެންވިތަންމެ. އަދި ތިމަންކަލާނގެ ކިބަފުޅަށް ޤުރުބާން ކުރުމަށް ޚާއްސަ އައްޓެއް އެތަނުގައި ބިނާކުރޭ.⁠“

2 އެހެންވެ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ އާއިލާ އަށާއި އަދި އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެންނަށް މިފަދައިން އެންގެވިއެވެ. ”⁠ތިޔަބައިމީހުންގެ އަތުގައިވާނަމަ ވާހައި ބުދުގެ ކަލާނގެތައް އެއްތަންކޮށް އެތަކެތި ނެތިކޮށްލާ. އަދި ތިޔަބައިމީހުން ތާހިރުވެ އަންނައުނު ބަދަލު ކުރުމަށް ފަހު މާތްކަލާނގެއަށް އަޅުކަން ކުރުމަށް ތައްޔާރުވޭ.

3 މިތަން ދޫކޮށް އަހަރެމެން ބައިތުއީލްއަށް ދިއުމަށް އަވަސްވޭ. އެ އަވަށުގައި މާތްކަލާނގެ ކިބަފުޅަށް މުޤައްދަސް އައްޓެއް އަހަރެން ޢިމާރާތް ކުރަންޖެހޭ. އެކަލާނގެއީ އަހަރެން މުސީބާތުގައި ވީ ހިނދު އަހަރެންނަށް އެހީތެރިވެވޮޑިގެންނެވި ކަލާނގެ. އަދި އަހަރެން ކޮންމެތަނަކަށް ދިޔަނަމަވެސް އެތަނެއްގައި އެކަލާނގެ އަހަރެންނާއި އެކުގައި ވޮޑިގެންވޭމެ.⁠“

4 އެހެންވެ އެ ހުރިހާ އެންމެންގެ އަތުގައި ވީ ބުދުގެ ކަލާނގެތަކާއި އެމީހުންގެ ކަންފަތުގައި ލާފައިވާ އެންމެހާ ކަންފަތު މުދިތަކެއް ޔަޢުޤޫބުގެފާނަށް އެރުވިއެވެ. ދެން ޝަކީމްގެ އަވާށާއި ކައިރީގައި ވީ ބޮޑުގަހެއް ކަމުގައިވާ ކަށިބުރޮޅި ގަހުގެ ދަށުގައި އެތަކެތި އެކަލޭގެފާނު ވަޅުލެއްވިއެވެ.

5 އެއަށް ފަހު ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ދަރިންގެ އިތުރުން އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެން ބައިތުއީލްއަށް ދިއުމަށް އެރަށުން ފުރިއެވެ. އެބައިމީހުންގެ ދަތުރުގައި މާތްކަލާނގެ އެބައިމީހުންނަށް ރައްކާތެރިކަން ދެއްވިއެވެ. އެއާއެކު ކައިރީގައި ވީ ކަންޢާނުގެ އަވަށްތަކުގެ މީހުންގެ މައްޗަށް މާތްރަސްކަލާނގެ ބިރުވެރިކަން މެދުވެރިކުރެއްވިއެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން އެބައިމީހުންނަށް ޙަމަލައެއް ނާދެއެވެ.

6 އެންމެފަހުން ޔަޢުޤޫބުގެފާނާއި އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެން ދަތުރުކޮށް ކަންޢާނުގެ ބައިތުއީލްއަށް ވަޑައިގަތެވެ. އެވޭލާ ޒަމާނުގައި މީސްތަކުން މިތަނަށް ކިޔަމުން އައީ ލޫޒްގެ ނަމުންނެވެ.

7 އެތަނުގައި މާތްކަލާނގެ ކިބަފުޅަށް ޤުރުބާން ހުށަހެޅުއްވުމަށް ޔަޢުޤޫބުގެފާނު މުޤައްދަސް އައްޓެއް ބިނާ ކުރެއްވިއެވެ. އަދި އެ މުޤައްދަސް ބިނާއަށް އީލް ބައިތުއީލްގެ ނަމުން އެކަލޭގެފާނު ނަންދެއްވިއެވެ. މިބަހުގެ މާނައީ ”⁠ބައިތުއީލްގެ މާތްކަލާނގެ⁠“ އެވެ. މިފަދައިން އެކަލޭގެފާނު ނަން ދެއްވުމުގެ ސަބަބަކީ ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބޭބޭފުޅަށް ފިއްލަވަން ދުވެވަޑައިގެންނެވި ހިނދު އެކަލޭގެފާނުގެ ކުރިފުޅު މައްޗަށް ފުރަތަމަ ފަހަރަށް މާތްރަސްކަލާނގެ ފައުޅުވެވަޑައިގެންނެވި ތަނަކީ އެތަން ކަމުގައި ވުމުންނެވެ.

8 މިބައިމީހުން ބައިތުއީލްގެ ކައިރީގައި ދިރިއުޅެން ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް ރިފްޤާގެ ދުވަސްވީ ޚާދިމާ ދަބޫރާ އެތަނުގައި ނިޔާވިއެވެ، އަދި ބައިތުއީލްގައި ހުރި ބިޔަ ގަހެއްގެ ދަށުގައި އެ ޚާދިމާ ވަޅުލިއެވެ. އެހެންވެ ކަރުނައިގެ ބޮޑުގަސް ކަމުގައި ބުނެ އެބައިމީހުން އެތަނަށް ނަން ދިނެވެ.

9 އެބައިމީހުން މި ހިނދު ދިރިއުޅެމުން ދިޔައީ ބައިތުއީލްގައެވެ. އަނެއްފަހަރު މާތްކަލާނގެ ޔަޢުޤޫބުގެފާނަށް ފައުޅުވެ ވަޑައިގަންނަވައި އެކަލޭގެފާނަށް ބަރަކާތްލެއްވިއެވެ.

10 މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިބާގެ ނަމަކީ ޔަޢުޤޫބު ކަމުގައިވިޔަސް މިހިނދުން ފެށިގެން ތިބާގެ ނަމަކީ އިސްރާއީލު.⁠“ މިގޮތުން މާތްރަސްކަލާނގެ އެކަލޭގެފާނަށް އިސްރާއީލުގެ ނަމުން ވަޙީ ކުރެއްވިއެވެ.

11 އަދި މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ ހުރިހާ އެންމެންގެ ކާބަފައި ކަމުގައި ވެސް ވާނެމެ.

12 ތިބާގެ ކާބަފައިކަލުން އިބްރާހީމްއަށާއި އިސްޙާޤުއަށް ތިމަންކަލާނގެ ދެއްވި ބިން ތިބާއާއި ތިބާގެ ދަރިފަސްކޮޅަށް ތިމަންކަލާނގެ ދެއްވާހުށީމު.⁠“

13 މާތްކަލާނގެ ޔަޢުޤޫބުގެފާނަށް ބަސްވަޙީ ކުރެއްވުމަށް ފަހު އެތަނުން އެކަލާނގެ އެނބުރިވޮޑިގެންފިއެވެ.

14 މާތްކަލާނގެ އެކަލޭގެފާނަށް ބަސްވަޙީ ކުރެއްވިތަން ފާހަގަ ކުރެއްވުމުގެ ގޮތުން އެތަނުގައި ހިލައިގެ ތަނބެއް ޔަޢުޤޫބުގެފާނު ޖެއްސެވިއެވެ. އެއަށް ފަހު މާތްކަލާނގެ ކިބަފުޅަށް ހުށަހެޅުއްވުމުގެ ގޮތުން އެ ހިލަ ތަނބުގެ މައްޗަށް މޭބިސްކަދުރުގެ ދިޔައާއި ޒައިތޫނިތެޔޮ އޮއްސެވިއެވެ.

15 އެއަށް ފަހު ބައިތުއީލްގެ ނަމުން ޔަޢުޤޫބުގެފާނު އެތަނަށް ނަންދެއްވިއެވެ. އެއީ އެތަނެއްގައި މާތްކަލާނގެ އެކަލޭގެފާނަށް ފައުޅުވެ ވަޑައިގަންނަވައި އަދި އެކަލާނގެ ބަސްވަޙީ ކުރެއްވި ތަން ކަމުގައި ވާތީއެވެ.

16 އޭގެ ދުވަސްކޮޅެއްގެ ފަހުން ޔަޢުޤޫބުގެފާނާއި އެކަލޭގެފާނާއި އެކުގައި ވީ މީސްތަކުން ބައިތުއީލް އިން ފުރައިގެން ދަތުރުކުރެއްވިއެވެ. އަދި އެބައިމީހުން އަފްރާތާ އާއި ދުރުގައިވަނިކޮށް ރާޙީލްއަށް ވިހެއުމުގެ ވޭންވަރު ދިމާވިއެވެ.

17 ރާޙީލްއަށް ވިހެއުމުގެ ވޭންވަރު ގަދަވެ ނުހަނު އުނދަގުލާއި ކުރިމަތިލާން ޖެހުމަށް ފަހު ރާޙީލް ވިހެއެވެ. އެ ހިނދު ރާޙީލްގެ ފޫޅުމާމައަށް މިތަންފެނި މިފަދައިން ގޮވާލެވުނެވެ. ”⁠ފިކުރު ނުކުރޭ ރާޙީލް. ތިބާއަށް އިތުރު ފިރިހެން ދަރިއަކު ލިބިއްޖެ!⁠“

18 ރާޙީލް ވަނީ މަރުގެ ތުންފަތްމަތީގައެވެ. އެހެންވެ އެކަނބުލޭގެ އެ ދަރިފުޅަށް ބަންއޫނީގެ ނަމުން ނަންދިނެވެ. އެއަށް ފަހު އެކަނބުލޭގެ ނިޔާވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު އެދަރިފުޅަށް ބަންޔާމީންގެ ނަމުން ނަން ދެއްވިއެވެ.

19 އަދި އެބައިމީހުން އަފްރާތާއަށް ދިޔަ މަގުމަތީގައި ބައިތުލަޙަމުގެ ސަރަހައްދުގައި ރާޙީލް ވަޅުލިއެވެ.

20 އަދި ރާޙީލްއަށް އިޙްތިރާމް ކުރުމުގެ ގޮތުން އެކަނބުލޭގެ މަހާނައިގައި ޔަޢުޤޫބުގެފާނު ހިލައެއް ޖެއްސެވިއެވެ. އެހިލަ މިއަދު ވެސް އެތަނުގައި އެބަހުރިމެއެވެ.

21 އެއަށް ފަހު އިސްރާއީލު (ޔަޢުޤޫބުގެފާނު) އެކަލޭގެފާނުގެ ދަތުރުފުޅުގައި ކުރިއަށް ވަޑައިގަންނަވައި ޢިދްރި ބުރުޒު ފަހަނައަޅައި ވަޑައިގެންނެވިއެވެ.

22 މިތަނުގައި އިސްރާއީލުގެފާނު ފޭލިގެ ޖައްސަވައި ދިރިއުޅުއްވަމުން ގެންދެވި ދުވަސްތަކުގައި އެކަލޭގެފާނުގެ އެންމެ ދޮށީ ފިރިހެން ދަރިފުޅު ރައޫބައިން އެކަލޭގެފާނުގެ ޖާރިޔާއެއް ކަމުގައިވާ ބިލްހާ އާއިއެކުގައި ޖިންސީގުޅުން ހިންގި ޚަބަރު ޔަޢުޤޫބުގެފާނަށް ލިބިވަޑައިގަތެވެ.

27 އެންމެފަހުން ޔަޢުޤޫބުގެފާނު، އެކަލޭގެފާނު ބަފައިކަލުން އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެ ހިނދު އިސްޙާޤުގެފާނު ދިރިއުޅުއްވަމުން ގެންދެވީ ޤަރްޔަތު އަރްބަޢު (މިހާރުގެ ނަމުން ޙަބްރޫނު) ގެ ކައިރީގައިވާ މަމްރާ ގައެވެ. މިތަނަކީ އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ބަފައިކަލުން އިބްރާހީމްގެފާނާއި ދެބަފައިކަލުން ބީރައްޓެހިންގެ ގޮތުގައި ދިރިއުޅުއްވި ރަށް ވެސް މެއެވެ.

Ler em outra tradução

Comparar lado a lado