Gênesis 11

DIV

1 އޭރު ދުނިޔޭގެ އެންމެން ވާހަކަދައްކާ އުޅުނީ ވެސް އެއްބަހަކުންނެވެ.

2 އިންސާނުން އިރުމައްޗާ ދިމާއަށް ދަތުރުކޮށް ދިޔަ މަގުމަތީ ޝިންޢާރުގައިވާ ބޮޑު ހަމަބިމެއް ފެނުމުން އެތަނުގައި ވަޒަންވެރިވިއެވެ.

3 އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠ދެން ހިނގާ ނިކަންވަރުގަދަކޮށް ގާ އަޅަން.⁠“ ދެން އެމީހުން އެގާތައް ތަތްކުރަން ތާރު ހޯދިއެވެ.

4 އެމީހުން ބުންޏެވެ. ”⁠ދެން ހިނގާ ރަށެއް ބިނާކުރަން. އަދި އުޑާއި ހަމަޔަށް ފޯރާވަރުގެ މުންނާރެއް ހަދަން. އޭރުން އަހަރެމެންގެ ނަން މަޝްހޫރު ވެދާނެ. ކީއްކުރަން އަހަރެމެން މުޅި ދުނިޔެއަށް ފެތުރެންވީއަކީ؟⁠“

5 މާތްރަސްކަލާނގެ އާދަމުގެދަރިން މި ބިނާކުރަމުން ދިޔަ ރަށާއި ބޮޑު އުސް ޢިމާރާތް ދެކެވޮޑިގަތުމަށްޓަކައި ފައިބާ ވޮޑިގެންނެވިއެވެ.

6 މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެމީހުން އެކުވެ އެއްބަހަކުން ވާހަކަދައްކާ ހަދަމުން ގެންދޭ. މިހެން ކަންތައްތައް އޮތްއިރު އެމީހުން ކުރަން ބޭނުން ކޮންމެ ކަމަކީ އެމީހުންނަށް ނުކުރެވޭނެ ކަމަކަށް ނުވާނެ. ނަމަވެސް އެމީހުން ކަންތައް ކުރަން ފެށިގޮތް ނިކަން ދެކެބަލަ.

7 ތިމަންކަލާނގެ އެމީހުންގެ ގާތަށް ވަޑައިގަންނަވާ ހުށީން. އަދި އެމީހުން ވާހަކަދައްކާ ބަސް އޮޅުވާލައްވާ ހުށީން. އޭރުން އެމީހުންނަކަށް އެކަކު އަނެކަކު ކިޔާ އެއްޗެއް ނޭނގޭނެ.⁠“

8 މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން އެމީހުން އެތަނުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބައިބައިކޮށް ލައްވައި ބައްސަވައި ލެއްވިއެވެ. ދެން އެމީހުން އެރަށް ބިނާކުރުމުގެ މަސައްކަތް ހުއްޓާލިއެވެ.

9 އެމީހުން ބިނާކުރަމުން ގެންދިޔަ ރަށަށް ބާބިލް އޭ ކިޔުނެވެ. ބާބިލުގައި މާތްރަސްކަލާނގެ މުޅި ދުނިޔޭގެ އެންމެން ވާހަކަދެއްކުމަށް ބޭނުންކުރި ބަސް އޮޅުވާ ލެއްވިއެވެ. އަދި މީސްތަކުން ދުނިޔޭގެ އެކިތަންތަނަށް އެކަލާނގެ ބައިބައިކޮށް ލެއްވީވެސް އެރަށުގައެވެ.

10 މިއީ ސާމުގެ ދަރިކޮޅުގެ ވާހަކައެވެ. ފެންގަނޑު ބޮޑުވިތާ ދެ އަހަރަށް ފަހު ސާމު ދުނިޔޭގައި އުޅޭތާ ސަތޭކަ ވަނަ އަހަރުގައި އޭނާއަށް އަރުޕަކްޝާދު ލިބުނެވެ.

11 އަރުޕަކްޝާދު ލިބުމަށް ފަހު ސާމު ފަސް ސަތޭކަ އަހަރު ވަންދެން ދުނިޔޭގައި ހުއްޓެއެވެ. އަދި އެނޫނަސް އިތުރު ފިރިހެންދަރިންނާއި އަންހެންދަރިން ލިބުނެވެ.

12 އަރުޕަކްޝާދު ދުނިޔޭގައި އުޅޭތާ ތިރީސް ފަސް އަހަރުގައި އޭނާއަށް ޝާލަޙު ލިބުނެވެ.

13 ޝާލަޙު ލިބުމަށް ފަހު އަރުޕަކްޝާދު ހަތަރު ސަތޭކަ ތިން އަހަރު ވަންދެން ދުނިޔޭގައި ހުއްޓެވެ. އަދި މި ނޫނަސް އިތުރު އެހެން ފިރިހެންދަރިންނާއި އަންހެންދަރިން އޭނާއަށް ލިބުނެވެ.

14 ޝާލަޙު ދުނިޔޭގައި އުޅޭތާ ތިރީސް އަހަރުގައި އޭނާއަށް ޢާބިރު ލިބުނެވެ.

15 ޢާބިރު ލިބުމަށް ފަހު ޝާލަޙު ހަތަރު ސަތޭކަ ތިން އަހަރު ވަންދެން ދުނިޔޭގައި ހުއްޓެވެ. އަދި މި ނޫނަސް އިތުރު އެހެން ފިރިހެންދަރިންނާއި އަންހެންދަރިން އޭނާއަށް ލިބުނެވެ.

16 ޢާބިރު ދުނިޔޭގައި އުޅޭތާ ތިރީސް ހަތަރު އަހަރުގައި އޭނާއަށް ފާލިޖު ލިބުނެވެ.

17 ފާލިޖު ލިބުމަށް ފަހު ޢާބިރު ހަތަރު ސަތޭކަ ތިރީސް އަހަރު ވަންދެން ދުނިޔޭގައި ހުއްޓެވެ. އަދި އޭނާއަށް އެހެން ވެސް ފިރިހެންދަރިންނާއި އަންހެންދަރިން ލިބުނެވެ.

18 ފާލިޖު ދުނިޔޭގައި އުޅޭތާ ތިރީސް އަހަރުގައި އޭނާއަށް ރަޢޫ ލިބުނެވެ.

19 ރަޢޫ ލިބުމަށް ފަހު ފާލިޖު ދުއިސައްތަ ނުވަ އަހަރު ދުނިޔޭގައި ހުއްޓެވެ. އޭނާއަށް އެހެން ވެސް އިތުރު ފިރިހެންދަރިންނާއި އަންހެންދަރިން ލިބުނެވެ.

20 ރަޢޫ ދުނިޔޭގައި އުޅޭތާ ތިރީސްދެ އަހަރުގައި އޭނާއަށް ސަރޫޖު ލިބުނެވެ.

21 ސަރޫޖު ލިބުމަށް ފަހު ރަޢޫ ދުއިސައްތަ ހަތް އަހަރު ދުނިޔޭގައި ހުއްޓެވެ. އަދި އޭނާއަށް އެނޫން ވެސް އެހެން ފިރިހެންދަރިންނާއި އަންހެންދަރިން ލިބުނެވެ.

22 ސަރޫޖު ދުނިޔޭގައި އުޅޭތާ ތިރީސް އަހަރުގައި އޭނާއަށް ނާޙޫރު ލިބުނެވެ.

23 ނާޙޫރު ލިބުމަށް ފަހު ސަރޫޖު ދުއިސައްތަ އަހަރު ދުނިޔޭގައި ހުއްޓެވެ. އަދި އޭނާއަށް މިނޫން ވެސް އެހެން ފިރިހެންދަރިންނާއި އަންހެންދަރިން ލިބުނެވެ.

24 ނާޙޫރު ދުނިޔޭގައި އުޅޭތާ އޮނަ ތިރީސް އަހަރުގައި ނާޙޫރަށް ތާރަޙު ލިބުނެވެ.

25 ތާރަޙު ލިބުމަށް ފަހު ވެސް ނާޙޫރު ސަތޭކަ ނަވާރަ އަހަރު ދުނިޔޭގައި ހުއްޓެވެ. އަދި މިނޫން ވެސް އެހެން ފިރިހެންދަރިންނާއި އަންހެންދަރިން އޭނާއަށް ލިބުނެވެ.

26 ތާރަޙު ދުނިޔޭގައި އުޅޭތާ ހަތްދިހަ އަހަރުވެފައި ވަނިކޮށް އޭނާއަށް އަބްރާމް އާއި ނާޙޫރު އާއި ހާރާން ލިބުނެވެ.

27 މިއީ ތާރަޙުގެ ދަރިކޮޅު ފެތުރުނު ގޮތުގެ ވާހަކައެވެ. ތާރަޙުއަށް އަބްރާމް އާއި ނާޙޫރު އާއި ހާރާން މިތިން ދަރިން ލިބުނެވެ. ހާރާން އަކީ ލޫޠުގެފާނުގެ ބައްޕައެވެ.

28 ހާރާންގެ ބައްޕަ ތާރަޙު ދުނިޔޭގައި ހުއްޓާ ހާރާން މަރުވެއްޖެއެވެ. އޭނާ މަރުވީ އޭނާ އުފަންވި ރަށް ކަމުގައިވާ އޫރު ސަހަރުގައެވެ. އެރަށަކީ ކަލްދާނީންގެ މީހުން ދިރިއުޅޭ ރަށެވެ.

31 ތާރަޙު ކަންޢާނުކަރައަށް ދިއުމަށްޓަކައި ދަތުރު ފެށިއެވެ. އޭނާގެ ދަރިކަލުން އަބްރާމްއާއި ކާފަދަރިކަލުން ލޫޠުއާއި އޭނާގެ ދަނބިދަރިކަނބަލުން ސާރާއީ ގޮވައިގެން އެންމެން އެއްކޮށް ކަލްދާނީންގެ މީހުން ދިރިއުޅޭ ރަށް ކަމުގައިވާ އޫރު ސަހަރު ދޫކޮށް ވަޑައިގެންނެވިއެވެ. އެބޭކަލުން ކަންޢާނުކަރައާއި ހަމައަށް ނުގޮސް ޙާރާންއަށް ވަޑައިގެން އެތާނގައި ވަޒަންވެރިވެ ވަޑައިގެންނެވިއެވެ.

32 ތާރަޙު ދުއިސައްތަ ފަސް އަހަރު ދުނިޔޭގައި އުޅުމަށް ފަހު ނިޔާވީ އެބޭކަލުން ދިރިއުޅުއްވި ރަށް ކަމުގައިވާ ޙާރާންގައެވެ.

Ler em outra tradução

Comparar lado a lado