Gênesis 10

DIV

1 މިއީ ނޫޙުގެފާނުގެ ތިން ދަރިކަލުން، ސާމު އާއި ޙާމު އާއި ޔާފަޘުގެ ދަރިފަސްކޮޅު އުފުދިގެން އައި ގޮތެވެ. ފެން ބޮޑުވުމުގެ ފަހުން މި ތިން ބޭފުޅުންނަށް ވެސް ދަރިން ލިބުނެވެ.

2 ޔާފަޘުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: ޖޫމަރު އާއި، މާޖޫޖު އާއި، މާދާއި އާއި، ޔާވާން އާއި، ތޫބާލް އާއި، މާޝަކު އާއި، ތީރާސް އެވެ.

3 ޖޫމަރުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: އަޝްކަނާޒު އާއި، ރީފާޘުއާއި، ތޫޖަރްމަތު އެވެ.

4 ޔާވާންގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: އަލީޝަތުގެ މީހުންނާއި، ތަރްޝީޝްގެ މީހުންނާއި، ކިއްތީމުގެ މީހުންނާއި، ދޫދާނީމުގެ މީހުންނެވެ.

5 މިއެންމެންގެ އަދަދު ގިނަވެ މިމީހުން ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރުނެވެ. މިބައިމީހުން އެކިއެކި ޤައުމުތަކަށާއި އެކި ބައިތަކަށް ބެހި ތަފާތު ބަސްތަކުން ވާހަކަދައްކައި އުޅުނެވެ. މިބައިމީހުންނަކީ ކަނޑުގެ އައްސޭރިއާއި ކައިރި ސަރަހައްދުތަކުގައި ވަޒަންވެރިވީ މީހުންގެ ކާބަފައިންނެވެ.

6 ޙާމުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: ކޫޝް އާއި، މިޞްރާއިމް، ފޫޠު އާއި، ކަންޢާނު އެވެ.

7 ކޫޝްގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: ސަބާ އާއި، ޙަވީލަތު އާއި، ސަބުތަތު އާއި، ރަޢްމަތު އާއި، ސަބުތަކާ އެވެ. ރަޢްމަތުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: ޝަބާ އާއި ދަދާން އެވެ.

8 ކޫޝް އަކީ ނިމްރޫދުގެ ކާބަފައިކަލުން ނެވެ. ނިމްރޫދުވީ ވަރަށް މަޝްހޫރު ވެރިއަކަށެވެ.

9 މާތްރަސްކަލާނގެ އޭނާއަށް ޝިކާރަ ކުރުމުގެ ކުޅަދާނަކަން ދެއްވިއެވެ. އެގޮތުން މޮޅެތި ޝިކާރަވެރިންނަށް ނިސްބަތް ކުރުމުގައި މިފަދައިން މީހުން ބުނެއުޅެއެވެ. ”⁠ނިމްރޫދަށް މާތްރަސްކަލާނގެ ދެއްވިފަދަ ޝިކާރަކުރުމުގެ ކުޅަދާނަކަމެއް ދެއްވާފައިވޭ.⁠“

10 ނިމްރޫދުގެ ރަސްކަން އެންމެ ފުރަތަމަ ފެތުރިގެން ދިޔައީ ޝިންޢާރުގެ ސަރަހައްދުތަކުގައެވެ. އޭގެ ތެރޭގައި ބާބިލް އާއި، އާރަކު އާއި، އައްކަދު އާއި، ކަލްނާ ހިމެނެއެވެ.

11 ނިމްރޫދު މި ސަރަހައްދުން ދިޔައީ އައްޝޫރު އަށެވެ. އަދި އެ ސަރަހައްދުގައި ވީ ނީނަވާ އާއި ރަޙޫބޫތު ޢައިރު އާއި، ކާލަޙު އާއި، ރަސަން މިހަތަރު ރަށް ނިމްރޫދު ބިނާކުރިއެވެ.

12 ރަސަން ވަނީ ނީނަވާ އާއި ކާލަޙު އާއި ދެމެދުގައެވެ. ނިމްރޫދު ވެރިކަން ހިންގި ސަރަހައްދުތަކުގެ ތެރެއިން ކާލަޙު ހިމެނުނީ އެންމެ ބޮޑު އަދި މަޝްހޫރު ރަށް ކަމުގައެވެ.

19 އެއަށް ފަހު ކަންޢާނުގެ ދަރިފަސްކޮޅު ގިނަވެ ތަފާތު ވަންހަތަކަށް ފެތުރިގެން ދިޔައެވެ. އަދި އެބައިމީހުންގެ ސަރަހައްދު ބޮޑުވެ ޞައިދޫންގެ އުތުރުން ފެށިގެން ޖަރާރުގެ ދެކުނުން ޣައްޒާ އާއި ހަމައަށް ފެތުރުނެވެ. އަދި ސަދޫމު އާއި، ޢަމޫރަތު އިރުމަތީ ސަރަހައްދުން ފެށިގެން އަދްމަތާއި، ޞަބޫއީމު އާއި ލާޝަޢަ އާއި ހަމައަށް ފެތުރުނެވެ.

20 މިއީ ޙާމުގެ ދަރިކޮޅުގެ މީހުން އެކިއެކި ގަބީލާތަކަށާއި ޤައުމުތަކަށް ފެތުރިގެން ދިޔަ ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމު ތަކާއި ސަރަހައްދު ތަކެވެ. އަދި މިއިން ކޮންމެ ސަރަހައްދެއްގައި އެބައިމީހުން ވާހަކަ ދައްކައި އުޅުނީ ތަފާތު ބަހުރުވަތަކުންނެވެ.

21 ސާމުއަށް ވެސް ދަރިން ލިބުނެވެ. ސާމު އަކީ ޔާފަޘުގެ ބޭބެ އެވެ. ސާމު އަކީ ޢާބިރު ދަރިކޮޅުގެ ކާބަފައިކަލުންނެވެ.

22 ސާމުގެ ދަރިފަސްކޮޅުގައި ހިމެނިގެން ވަނީ ޢީލާމު އާއި އައްޝޫރު އާއި އަރުޕަކްޝާދު އާއި ލޫދު އަދި އަރާމު އެވެ.

23 އަރާމުގެ ދަރިފަސްކޮޅު ހިމެނިގެން ވަނީ ޢޫޞް އާއި ޙޫލް އާއި ޖާޘިރު އަދި މާޝު އެވެ.

24 އަރުޕަކްޝާދު އަކީ ޝާލަޙުގެ ބަފައިކަލުންނެވެ. އަދި ޝާލަޙު އަކީ ޢާބިރުގެ ބަފައިކަލުންނެވެ.

25 ޢާބިރުއަށް ދެދަރިން ލިބުނެވެ. އެއީ ފާލިޖު އާއި ޔަޤްޠާނު އެވެ. އަދި ދުނިޔެ ބައިބަޔަށް ބެހިގެން ދިޔައީ ފާލިޖުގެ ޙަޔާތުގައެވެ.

30 އެމީހުން ދިރިއުޅުނު ސަރަހައްދު ވަނީ އިރުމަތީގެ ފަރުބަދަތަކުގައިވާ ރަށްތަކު ތެރޭގައި ވާ މީޝާ އިން ފެށިގެން ސަފާރު އާއި ދިމާއަށް ފެތުރިފައެވެ.

31 މިއީ ސާމުގެ ދަރިކޮޅުގެ މީހުން އެކިއެކި ގަބީލާތަކަށާއި ޤައުމުތަކަށް ފެތުރިގެން ދިޔަ ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމު ތަކާއި ސަރަހައްދު ތަކެވެ. އަދި މިއިން ކޮންމެ ސަރަހައްދެއްގައި އެބައިމީހުން ވާހަކަ ދައްކައި އުޅުނީ ތަފާތު ބަހުރުވަތަކުންނެވެ.

32 މިއީ ނޫޙުގެފާނުގެ ދަރިދަރިކަލުންނާއި އަދި އެބައިމީހުންގެ ދަރިފަސްކޮޅު ދުނިޔެއަށް ފެތުރުނު ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމުތަކެވެ. ފެންބޮޑުވުމަށް ފަހު މިގަބީލާތަކުން މީހުން ދުނިޔޭގެ ކަންކޮޅުތަކަށް ބެހި އެމީހުން ޤައުމުތައް ބިނާކުރިއެވެ.

Ler em outra tradução

Comparar lado a lado