Êxodo 25

DIV

1 މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ.

2 ”⁠ބަނީ އިސްރާއީލީންގެ ގާތު ބުނޭ، ’⁠އަހަރެންނަށް ވެދުން ހުށަހަޅާށޭ.⁠‘ އެބައެއްގެ ހިތުގެ އަޑިން ވެދުން ހުށަހަޅަން ބޭނުން ކޮންމެ ބަޔަކު ގެންނަ ވެދުމެއް ވެސް ގަބޫލު ކުރޭ.

3 މި ހާމަކުރާ ތަކެތި ވެދުމުގެ ގޮތުގައި ގަބޫލު ކުރޭ:

4 ނުލާއި ދަނބާއި ގަދަރަތް ރޮދި؛

5 ހިއްކައި ރަތްކުލަ ޖައްސާފައިވާ ފިރިހެން ކަންބަޅީގެ ހަމާއި މޮޅު ބަކަރި ހަން؛ އަކާސިޔާ ލަކުޑި؛

6 ބައްތި ދިއްލާނެ ޒައިތޫނި ތެޔޮ؛ ޚާއްސަ ކުރުމަށް އުނގުޅާ ތެލާއި މީރުވަސް ދުއްވަން ބޭނުންކުރާ ދުންބުރުވާ ތަކެތަކެއްޗަށް ބޭނުންކުރާ ހަވާދު ފަދަ ތަކެތި؛

7 ޔަމަނު ޢަޤީޤު ހިލާއި އަފޫދު ހެދުމުގައި އާއި މޭމަތީ ފޮތިގަނޑުގައި ޖަހާނެ އެކިކަހަލަ ޖަވާހިރު.

8 އިސްރާއީލީން ލައްވާ ތިމަން ކަލާނގެ އެމީހުންގެ ގާތު އުޅުއްވުމަށް ކަމުދާ ކަހަލަ މާތް ގެކޮޅެއް ތައްޔާރު ކުރުވާ.

9 އަދި އަހަރެން ދައްކާ ނަމޫނާއާ އެއްގޮތަށް މި ފޭލިގެ ހަދައި ފެހާމާނު ލައި ތައްޔާރު ކުރޭ.⁠“

10 ”⁠އަދި އެމީހުން ލައްވާ އަކާސިޔާ ލަކުޑިން ފޮއްޓެއް ހައްދާ. އެ ފޮށި ވާން ޖެހޭނީ ސާޅީސްފަސް އިންޗި ދިގު ހަތާވީސް އިންޗި ފުޅާ ހަތާވީސް އިންޗި އުސް ފޮއްޓަކަށް.

11 ފޮށީގެ އެތެރެއާއި ބޭރުގައި ރަތުރަން ފަށަލައެއް ލާ. އަދި ވަށައިގެން ރަންވިރުވާ އަޅައި ދާރައެއް ލާ.

12 އަދި ރަނުން ހަތަރު ބޮޅު ވިރުވައި އަޅައި އޭގެ ހަތަރު ފަރާތުގައި ފައިތަކާ ދިމާލުގައި ހަރުކުރޭ. އެއީ ފަރާތެއްގައި ދެ ބޮޅު.

13 އަދި އަކާސިޔާ ލަކުޑިން ދެ ދަނޑި ހަދައި އޭގައި ވެސް ރަން އުނގުޅާ.

14 ފޮށި އުފުލުމަށް އެދަނޑިތައް ބޮޅުތަކުގެ ތެރެއަށް ލައްވާ.

15 އެ ދެ ދަނޑި އަބަދުވެސް ބޮޅުތެރެއަށް ލައްވާފައި ބަހައްޓާ.

16 ފޮށިހަދާ ނިމުމުން އަހަރެން ކަލެއަށް ދޭ ޢަހުދުނާމާ ލިޔެވިފައިވާ ހިލަފޮތިތައް އެއަށް ލާ.

17 ކައްފާރާގެ މަޤާމުފުޅު ކަމަށްވާ އެފޮށީގެ މަތިގަނޑު ރަތުރަނުން ހަދާ. އެއީ އޭގެ ދިގުމިނުގައި ސާޅީސް ފަސް އިންޗި، ފުޅާމިނުގައި ހަތާވީސް އިންޗި ހުންނަ ގޮތަށް.

20 މި ކަރޫބީމު މަލާއިކަތުންގެ ސޫރަތައް ހުންނަން ވާނީ އެކަތި އަނެކައްޗާ ކުރިމަތި ވާނެ ހެން މަތިގަނޑުގެ ދެކޮޅުގައި. އަދި އޭގެ ބެލުން އަމާޒުވެފައި ހުންނަން ވާނީ މަތިގަނޑުގެ މެދާ ދިމާއަށް ތިރިއަށް. އެއީ އެ ދެމަލާއިކަތުންގެ ފިޔަގަނޑުން މަތިގަނޑަށް ހިޔާ އަޅައިގެން ތިބޭ ފަދައިން.

21 ޢަހުދުނާމާ ލިޔެވިފައިވާ ހިލަފޮތިތައް އަހަރެން ދޭނަން. އެ ހިލަ ފޮތިތައް ފޮށިތެރެއަށް ލާފައި މަތިޖަހާ.

22 ޢަހުދުނާމާ ފޮށީގެ މަތިން ކަރޫބީމު މަލާއިކަތުންގެ ދެމެދުން އަހަރެން ކަލެއާ ބައްދަލުކޮށް ހަދާނަން. އިސްރާއީލީންނަށް އަންގަން ޖެހޭ އަމުރުތައް އެތަނުން އަހަރެން ކަލެއަށް އަންގައިދޭނަން.⁠“

23 ”⁠ދެން އަކާސިޔާ ލަކުޑިން މޭޒެއް ޖަހާ. އެ މޭޒުގެ ދިގުމިނުގައި ތިރީސް ހަ އިންޗި ފުޅާ މިނުގައި އަށާރަ އިންޗި އަދި އުސް މިނުގައި ހަތާވީސް އިންޗި ބަހައްޓާ.

24 މުޅި މޭޒު ރަތުރަނުން ޖަރީކޮށް އޭގެ މަތިގަނޑުގެ ވަށައިގެން ވިރުވާއަޅާފައި ވާ ރަނުގެ ދާރައެއް ޖަހާ.

25 އެ ދާރައިގެ ވަށައިގެން ރަނުން ތިން އިންޗި ފުޅާމިނުގެ ކައިރިފަށެއް އަޅާ.

26 ދެން ރަނުގެ ހަތަރު ބޮޅު ހަދައި ކޮންމެ ފައެއްގެ ކަނުގައި އެބޮޅުތައް ހަރުކުރޭ.

27 ބޮޅުތައް ހަރުކުރަން ވާނީ މޭޒުގެ މަތިގަނޑުގެ ތިރީގެ ކައިރިފަށުގައި. އެއީ އެ މޭޒު އުފުލަން ދަނޑިތައް ލެއްވުމަށް.

28 މި ދަނޑިތައް ހަދަން ވާނީ އަކާސިޔާ ލަކުޑިން. އޭގައި ވެސް ހުންނަން ވާނީ ރަން ފަށަލައެއް ލާފައި.

29 އެމޭޒަށް ޚާއްސަކޮށްގެން ރަތުރަނުގެ ކަންވާރުތަކެއް ވެސް ހަދާ. އަދި ބޯތައްޓާއި، ތިލަ ތައްޓާއި، ގުޅިތަކާއި ޖޯޑުތައްޓާއި ހަދާ. އެއީ ވެދުން ކުރެވޭ ދިޔާތަކެތި އެޅުމަށް.

30 އަދި ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީ މޭޒުމަތީގައި ޙަޟްރަތަށް ހުށަހަޅާ ބޯރޮށިތައް އަބަދުވެސް ބަހައްޓާ. އެއީ އަހަންނަށް ޚާއްސަކުރެވޭ އެއްޗެއް.⁠“ މޭޒުކޮޅު|alt="The Table for bread" src="table DIV.jpg" size="col" copy="Illustration taken from the ESV® Study Bible (The Holy Bible, English Standard Version®), copyright ©2008 by Crossway, a publishing ministry of Good News Publishers. Used by permission. All rights reserved." ref="25‏:23‏-30"

31 ”⁠އަދި އަތްކަން ކޮށްގެން ރަތުރަނުން ބައްތިއެއް ތައްޔާރު ކުރޭ. ބައްތިއާއި ބައްތި ދަނޑި ހަދަންވާނީ މަރުތޭލުން ތަޅައި އެކަތިގަނޑެއްގެ ގޮތުގައި. އޭގެ ބުޑާއި، މެދުގައި ހުންނަ ދަނޑިއާއި، ބައްތިތަށިތަކާއި އޭގެ ތަނޑުތަކާއި ފިޔަތައް ވެސް ހުންނަން ވާނީ މިގޮތުގައި.

32 ބައްތި ދަނޑީގެ ދެފަރާތުގައި ފަރާތެއްގައި ތިން ގޮފި ހުންނަ ގޮތަށް ހަ ގޮފި ހަރުކުރޭ.

33 މިއިން ކޮންމެ ގޮފިގަނޑެއްގައި ވެސް ފޮޅިފައިވާ އަލްމަންޑް މަލެއްގެ ސިފައިގައި ތިން ތަށި ހަރުކުރޭ. މި ތަށިތައް ހަދަންވާނީ އަލްމަންޑް މަލުގެ ފިޔަތަކާއި ބުޑުގަނޑު ވެސް ސިފަ ވާނެ ފަދަ ގޮތަކަށް.

34 ބައްތި ދަނޑީގައި ފޮޅިފައިވާ އަލްމަންޑް މަލަކާއި އޭގެ ތަނޑުގެ ސިފައިގައި ހަތަރު ތަށި ހުންނަންވާނެ.

35 ކޮންމެ ތައްޓެއް ހުންނަންވާނީ ބައްތި ދަނޑިން ފަޅާފައިވާ ކޮންމެ ދެ ގޮފިގަނޑެއްގެ ދެމެދުގައި.

36 މި ގޮފިތަކާއި ތަނޑުތައް ވެސް އަދި ބައްތި ދަނޑިވެސް ހުންނަން ވާނީ ރަތުރަނުން މަރުތޭލުން ތަޅައި އެކަތިގަނޑެއްގެ ގޮތުގައި.

37 ދެން އެ ބައްތި ދަނޑީގައި ހަރުކުރަން ހަތް ބައްތި ތައްޔާރު ކުރޭ. އެ ބައްތިތައް ހުންނަން ވާނީ އޭގެ އަލި ކުރިމައްޗަށް އަންނާނެ ގޮތުގައި.

38 ބައްތީގެ ފީތާ ލައްވާ ގިނިފައްޗާއި ދެލިކަނޑާ ތަށިތައް ވެސް ހުންނަން ވާނީ ރަތުރަނުން.

39 މި ބައްތިއާއި އެއާ ގުޅޭ ސާމާނުތައް ހެދުމަށް ތިރީސްފަސް ކިލޯ ރަން ބޭނުން ވާނެ.

40 މި ހުރިހާ އެއްޗެއް ވެސް ހަދަން ވާނީ އަހަރެން މި ފަރުބަދަމަތީގައި ކަލެއަށް ދެއްކި ނަމޫނާއާ އެއްގޮތަށް.⁠“ ބައްތިކޮޅު|alt="Lampstand" src="lampstand DIV.jpg" size="col" copy="Illustration taken from the ESV® Study Bible (The Holy Bible, English Standard Version®), copyright ©2008 by Crossway, a publishing ministry of Good News Publishers. Used by permission. All rights reserved." ref="25‏:31‏-40"

Ler em outra tradução

Comparar lado a lado