3 އީސާގެފާނު އަނިޔާ ލިބިވަޑައިގެން އަވަހާރަވުމަށް ފަހު، އެކަލޭގެފާނުގެ މަންދޫބުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެން، އެމީހުންނަށް އެކަލޭގެފާނު ދިރިވަޑައިގެންވާ ކަން އެކި ތަފާތު ގޮތްތަކުގެ މަތިން ހާމަކޮށްދެއްވިއެވެ. އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެން އެކަލޭގެފާނުގެ މަންދޫބުންނަށް ފާޅުވެވަޑައިގެން ސާޅީސް ދުވަހުގެ ތެރޭ، މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ގޮތުން އެކަލޭގެފާނު އެމީހުންނާއި ވާހަކަ ދެއްކެވިއެވެ.
4 މީގެތެރެއިން އެއްފަހަރަކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ކޭންބައްލަވަން އިންނަވާފައި އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ޖެރޫސަލަމުން ބޭރަށް ނުގޮސް މަޑު ކުރޭ. ބައްޕާފުޅު ދެއްވުމަށް ވަޢުދުފުޅު ވެފައިވާ ކަމުގައި ތިމަންކަލޭގެފާނު ކަލޭމެން ކާރީ ބުނި ހަދިޔާ ދެއްވަންދެން، ކަލޭމެން ޖެރޫސަލަމުގައި މަޑު ކުރޭ.
5 ޔަޙުޔާގެފާނު މީހުން ތައުބާގެ ހިނެވުމުން ހިނެވީ ފެނުން. ނަމަވެސް ދެތިން ދުވަހެއްގެ ތެރޭގައި މާތްރޫޙުފުޅުން ކަލޭމެން ހިނެވޭނެ.“
6 އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންގެ އަރިހުގައި ވީ ސާޅީސް ދުވަސް ނިމެން ގާތްވެފައި ވަނިކޮށް އެމަންދޫބުން މި ސުވާލު އީސާގެފާނަށް ދެންނެވިއެވެ. ”މަތިވެރި ސާހިބާ. ކަލޭގެފާނު ތިޔަ އުޅުއްވަނީ ބަނީއިސްރާއީލު މިނިވަންކޮށް އެމީހުންގެ ރަސްކަން އަނބުރާ ދެއްވަން ތޯ؟“
7 އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަންތައްތަކަށް ވަގުތުތަކާއި ދުވަސްތައް ކަނޑައެޅުއްވުމުގެ ބާރުލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ ބައްޕާފުޅު. އެއީކީ ކަލޭމެންނަށް އެނގެން ޖެހޭ ކަންތައްތަކެއް ނޫން.
8 ނަމަވެސް މާތްރޫޙުފުޅު ކަލޭމެންގެ މައްޗަށް ވޮޑިގެންވުމުން ކަލޭމެންނަށް މާތްރޫޙުފުޅުގެ ބާރުލިބޭނެ. އަދި އޭރުން މުޅި ޖެރޫސަލަމުގައާއި، ޖުދެއާކަރައިގެ ތެރޭގައާއި، ސަމީރިއްޔާގައާއި، އަދި ދުނިޔޭގެ ހުރިހާ ޤައުމެއްގަ ވެސް ކަލޭމެން ތިމަންކަލޭގެފާނާއި ބެހޭ ގޮތުން އެންމެންނަށް އަންގައިދީ ފާޅުކޮށް ދޭނެ.“
9 އެކަލޭގެފާނު އެހެން ވިދާޅުވި ތާ ގިނައިރެއް ނުވެ އެމީހުން އެންމެން ބަލަބަލާ ތިއްބާ އެކަލޭގެފާނު މައްޗަށް އުފުއްލެވުނެވެ. އަދި ވިލާގަނޑަކުން އެކަލޭގެފާނު ފޮރުވިގެންދިޔައެވެ.
10 އެމީހުން އެކަލޭގެފާނު އުފުއްލެވުނު ދިމާ މައްޗަށް ބަލަނިކޮށް ކުއްލިއަކަށް އެމީހުންގެ ކައިރީގައި ހުދު ހެދުމެއްގައިވާ ދެ ފިރިހެނަކު ވާތަން ފެނުނެވެ.
11 އެދެމީހުން މަންދޫބުންނަށް ބުންޏެވެ. ”އޭ ގަލީލީގެ މީހުން. ކަލޭމެން މިތާ އުޑަށް ބަލަހައްޓައިގެން ތިޔަ ތިބީ ކީވެފަ؟ އީސާގެފާނު ސުވަރުގެ ގެންދަވައިފި. އަދި ހަމަ އެކަލޭގެފާނު ގެންދެވިތަން ކަލޭމެން ތިޔަ ދުށް ފަދައިން އެއް ދުވަހަކުން ހަމަ އެފަދައިން އެކަލޭގެފާނު އެނބުރި ވަޑައިގަންނަވާނެ.“
14 މަންދޫބުން ކެނޑިނޭޅި ކޮންމެ ދުވަހަކު ވެސް ޖަމާވެ އެކުގައި ދުޢާ ކުރަމުން ގެންދިޔައެވެ. އެމީހުންނާއި އެކު ދުޢާ ކުރުމަށް އެއްވި މީހުންގެ ތެރޭގައި އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނާއި ބައެއް އެހެން އަންހެނުންނާއި އަދި އީސާގެފާނުގެ އެއްބަނޑު ފިރިހެން ކޮއްކޮއިން ވެސް ހިމެނުނެވެ.
15 އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.
18 (ޔުދާސް މި ކުރި ނުބައިކަންތަކުގެ އަގެއްގެ ގޮތުން ލިބުނު ފައިސާއިން އޭނާ ބިމެއްގަތެވެ. އޭނާ އެ ބިމުގެ ތެރެއަށް ވެއްޓި ހަށިގަނޑު ފަޅަފަޅައިގެން ގޮސް ގޮހޮރު ބޭރަށް ނުކުމެ ވަގުތުން މަރުވިއެވެ.
19 އޭނާގެ މަރުގެ ޚަބަރު މުޅި ޖެރޫސަލަމުގެ ތެރެއަށް ފެތުރުނެވެ. އެމީހުން މި ބިމަށް އަކެލްދެމާ އޭ ކިޔާ ނަންދިނެވެ. އެމީހުންގެ ބަހުން އަކެލްދެމާގެ މާނައަކީ ލޭގެ ބިމެވެ.)
20 ޕަތަރަސް ބުންޏެވެ. ”މި ކަންތައްތައް ވެ އެ ދިޔައީ ޒަބޫރުގައި ލިޔެވިގެންވީ ފަދައިން. ލިޔެވިގެންވޭ. ’އޭނާގެ ގެއެއީ އެއްވެސް މީހަކު ނޫޅޭނެ ފަޅުތަނަކަށް ވާ ހުއްޓޭ.‘ އަދި ވެސް ޒަބޫރުގައި މި ފަދައިން ވެސް ލިޔެވިގެންވޭ. ’އޭނާގެ ބަދަލުގައި އެހެން މީހަކު އޭނާގެ މަޤާމަށް ހޮވާށޭ.‘
21 އެހެން ކަމުން އޭނާގެ ބަދަލުގައި އޭނާގެ މަޤާމަށް އެހެން މީހަކު ހޮވަން އަހަރެމެން އެބަޖެހޭ. އެމީހަކީ މާތްސާހިބާ އީސާގެފާނާއި އެކު އަހަރެމެން ހޭދަކުރި ހުރިހާ ދުވަހަކު އަހަރެމެންނާއި އެކުގައި ވީ މީހަކު ކަމުގައި ވާން ވާނެ.
22 އެއީ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވި ދުވަސްވަރުން ފެށިގެން އީސާގެފާނު ސުވަރުގެ ގެންދެވުނު ދުވަހާއި ޖެހެން ދެން އަހަރެމެންނާއި އެކު ވީ މީހަކު ކަމުގައި އެމީހަކު ވާން ޖެހޭނެ. އެއީ އެމީހަކު ވެސް އަހަރެމެންނާއި އެކު މީސްތަކުންނަށް އީސާގެފާނު އަލުން ދިރިވަޑައިގެންނެވި ކަމުގެ ހެކިދީ އެކަންތައްތައް އަންގައިދޭން ޖެހޭނެ.“
23 ދެން އެމީހުން މިބުނެވިދިޔަ ޝަރުތުތައް ހަމަވާ ދެމީހަކު ހޮވިއެވެ. އެ ދެމީހުންނަކީ މައްތިޔާސް އާއި ޔޫސުފު ބަރުސައްބާސް އެވެ. މި ޔޫސުފު ބަރުސަބާސްގެ ނަމަކަށް ޖުސްތުސް އޭ ވެސް ކިޔެއެވެ.
24 ދެން އެމީހުން މި ފަދައިން ދުޢާ ކުރިއެވެ. ”މާތް ސާހިބާ! ތިޔައީ އެންމެންގެ ހިތުގެ އަޑި ދެނެވޮޑިގެންވާ ފަރާތް. މި ދެމީހުންގެ ތެރެއިން މާތް ސާހިބާ ހޮއްވެވި މީހާ އަޅަމެންނަށް ހާމަކޮށް އަންގަވާފާނދޭވެ.
25 ޔުދާސް ޚިޔާނާތްތެރި ވި. އޭނާއާ މެދު ކަންތައް ވާންވީ ފަދައިންވެ ނިމި ހިނގައްޖެ. ޔުދާސްގެ ބަދަލުގައި މަންދޫބެއްގެ ގޮތުން މާތް ސާހިބާ އެންގެވި ކަންތައްތައް ކުރުމަށް، މި ދެމީހުންގެ ތެރެއިން ޢައްޔަން ކުރެއްވި މީހާ އަޅަމެންނަށް ހާމަކޮށް އަންގަވާފާނދޭވެ.“
26 ދެން އެމީހުން މި ދެމީހުންގެ ތެރެއިން ހޮވޭނެ މީހަކު ބެލުމަށް ގުރުއަތުލިއެވެ. އެ ގުރުއަތުން ޔުދާސްގެ މަޤާމަށް ހޮވުނީ މައްތިޔާސް އެވެ. ދެން މައްތިޔާސް އަނެއް އެގާރަ މަންދޫބުންގެ ތެރެއަށް ބާރަވަނަ މަންދޫބެއްގެ ގޮތުން އިތުރު ކުރެވުނެވެ.