2 Samuel 1

DIV

1 ޝާއުލްގެފާނު އަވަހާރަވި ފަހުން ދާއޫދު ޢަމާލިޤީން ފައްސާލާފައި ޖިލްޖާއަށް އަތުވެއްޖެއެވެ. އޭނާ ދެ ދުވަސް ވަންދެން ޞިޤްލަޣުގައި ހުރެއްޖެއެވެ.

2 ތިންވަނައަށް ވީ ދުވަހު ޝާއުލްގެފާނުގެ ޖަގަހައިން ހެދުން ވީދާލައި ބޮލަށް ވެލި އަޅައިގެން މީހަކު މޮޅިވެރިކަން ފާޅު ކުރަން އައިސް ދާއޫދުއަށް އިޙުތިރާމު ކުރުމުގެ ގޮތުން ބިމުގައި މޫނު ޖެހޭވަރަށް ގުދުވެއްޖެއެވެ.

3 ”⁠ކަލޭ ތީ ކޮންތާނކުން އައި މީހެއް؟⁠“ ދާއޫދު ސުވާލު ކުރިއެވެ.

4 ”⁠ވީ ކީއްތަ؟⁠“ ދާއޫދު އެއްސެވެ. ”⁠ހަނގުރާމައިގެ ކަންތައް ދިޔައީ ކިހިނެއް؟⁠“

5 މި ޚަބަރު ގެނައި ޒުވާނާ ކުރެން ދާއޫދު އެއްސެވެ. ”⁠ޝާއުލްގެފާނާއި ދަރިކަލުން ޔޫނަތައިން އަވަހާރަވީކަން ކަލެއަށް އެނގުނީ ކިހިނެއް؟⁠“

6 އޭނާ ބުންޏެވެ. ”⁠އަޅުގަނޑު ޖިލްބޫއަގެ ފަރުބަދަ މަތީ ހުރެވުނު ވަގުތަކު ޝާއުލްގެފާނު އެކަލޭގެފާނުގެ ލޮންސިމައްޗަށް ވެއްޓި ވަޑައިގެން ހުއްޓާ ފެނުނު. އޭރު އެކަލޭގެފާނާ ދިމާލަށް އަސްވާރުންތައް އަންނަމުން ދޭ.

7 އެކަލޭގެފާނު އެނބުރި ވަޑައިގަތްތަނާ އަޅުގަނޑު ފެނިވަޑައިގެން އަޅުގަނޑަށް ގޮވާލެއްވި. އަޅުގަނޑު ދެންނެވިން. ’⁠މަސާހިބު، އަޅުގަނޑު ކޮށްދޭންވީ ކޮން ކަމެއްތޯ؟⁠‘

8 އެކަލޭގެފާނު އެއްސެވި، ’⁠ކަލޭ ތީ ކާކުތަ؟⁠‘

9 ދެން އެކަލޭގެފާނު ވިދާޅުވި. ’⁠މިތަނަށް އައިސް އަހަރެން މަރައި ދީ! މަމި އޮތީ މަރުގެ ސަކަރާތުގެ ތެރޭގައި. އެކަމަކު އަދިވެސް މަރެއް ނުވި.⁠‘

10 ދެން އަޅުގަނޑު އެކަލޭގެފާނުގެ ގައިކޮޅު މައްޗަށް އަރައި އެކަލޭގެފާނު މަރާލައިފިން. އަޅުގަނޑަށް އެނގުނު އެކަލޭގެފާނު ވެއްޓިވަޑައިގަތުމަށް ފަހު ދެން ސަލާމަތް ނުވެވޭނެކަން. އަޅުގަނޑު މިއައީ އެކަލޭގެފާނުގެ ތާޖުކޮޅާއި އުޅާކޮޅު ސާހިބަށް ވެދުން ކުރަން ހިފައިގެން.⁠“

11 ދެން ދާއޫދާއި އެތާތިބި އެންމެން ހެދުން ވީދައި ރޮއި ހިތާމަ ފާޅު ކުރަން ފަށައިފިއެވެ.

12 ޝާއުލްގެފާނާއި ޔޫނަތައިންއާއި މާތްރަސްކަލާނގެ ލަޝްކަރުގެ ގިނަ ބަޔަކާއި އިސްރާއީލުގެ ޤައުމުގެ އެތައްބަޔަކު މަރުވެ އެލިބުނު ބޮޑު ގެއްލުމާމެދު ހިތާމަކޮށް ރޮއި ދާއޫދުގެފާނާއި ދެންތިބި އެންމެން އެދުވަހު އިރު އޮއްސެންދެން ރޯދައަށް ތިބެއްޖެއެވެ.

13 ދެން މި ޚަބަރާއިގެން އައި ޒުވާނާ ކުރެން ދާއޫދު އެއްސެވެ. ”⁠ކަލޭ ތީ ކޮންތާނކު އުޅޭ މީހެއްތަ؟⁠“

14 ދާއޫދު ބުންޏެވެ. ”⁠މާތްރަސްކަލާނގެ އިސްކުރައްވާފައި ވެރިޔަކު މަރާލަން ކަލޭ ބިރެއް ވެސް ނުގެންތަ؟⁠“

17 ދެން ދާއޫދު ޝާއުލްގެފާނާއި ޔޫނަތައިންއަށް ތައުޒިޔާ ކިޔުމުގެ ގޮތުން މޮޅިވެރި ކަމުގެ ލަވައެއް ހަދައިފިއެވެ.

18 އަދި އެލަވަ ޔަހޫޛާގެ އެންމެންނަށް ދަސްކޮށްދިނުމަށް އެންގިއެވެ. މިލަވަޔަށް ކިޔަނީ ”⁠ދުނި ދަނޑި⁠“ އެވެ. މި ލަވަ ޔާޝިރު ފޮތުގައި ލިޔެވިފައިވެއެވެ.

19 ”⁠އިސްރާއީލުގެ އިއްޒަތް އެވަނީ ފަރުބަދަ މަތީގައި ވެއްޔާމޮޑެވިފަ އެވެ!

20 މިވާހަކަ ޖައްތުގެ އަހުލުވެރިންނަށް ނާންގާށެވެ.

21 އޭ ޖިލްބޫއަގެ ފަރުބަދަތަކާއެވެ.

22 ޔޫނަތައިންގެ ތީރުތައް އަމާޒެވެ.

23 ޝާއުލްގެފާނުގެ ދެބަފައިން ދިރިތިބި އިރު ހުރިހާ އެންމެންގެ ލޯތްބާއި އިޙްތިރާމް ލިބުނެވެ.

24 އޭ އިސްރާއީލުގެ އަންހެން ދަރިންނެވެ!

25 ގަދަފަދަ ފަހުލަވާނުން ހަނގުރާމައިގެ މައިދާނަށް ވެއްޓިފައި އެވަނީ ކޮންފަދައަކުން ހެއްޔެވެ؟

26 ޔޫނަތައިން އެވެ. އަހަރެން ތިޔަ އަޚާއަށްޓަކައި ހިތާމަ ކުރާނީ ކޮންފަދައަކުން ހެއްޔެވެ!

27 ކިހާ ދެރަހެއްޔެވެ؟ ގަދަފަދަ ހަނގުރާމަވެރިން މައިދާނަށް އެތިބީ ވެއްޓިފައެވެ.

Ler em outra tradução

Comparar lado a lado