1 Samuel 28

DIV

1 އެ ދުވަސްވަރު އިސްރާއީލީންނާއި ހަނގުރާމަ ކުރަން ފިލިސްޠީނުން ސިފައިން އެއް ކުރަމުން ދިޔައެވެ. އަޚީޝް ރަސްގެފާނު ދާއޫދު ގާތު ވިދާޅުވިއެވެ. ”⁠ކަލެއާއި ކަލޭގެ މީހުން ވެސް އަހަރެންގެ ސިފައިންގެ ތެރޭގައި ހިމެނޭނެ.⁠“

2 ދާއޫދު ބުންޏެވެ. ”⁠ތިހެން ވީއިރު މަނިކުފާނުގެ ޚާދިމު އަޅުގަނޑު ކަންތައް ކުރާ ކުޅަދާނަކަން މަނިކުފާނަށް ފެނިވަޑައިގަންނަވާނެ.⁠“

3 މިހާރު ޞަމޫއީލްގެފާނު އަވަހާރަވެ އިސްރާއީލީން އެކަމާ ހިތާމަކޮށް އެކަލޭގެފާނު ރާމާގައި ވަނީ ވަޅުލާފަ އެވެ. ޝާއުލްގެފާނު ވަނީ ހުރިހާ ފާލުބަލާ މީހުންނާއި ސިހުރުވެރިން އިސްރާއީލުގެ ރަށްތަކުން ފައްސާލައްވާފަ އެވެ.

4 ފިލިސްޠީނުން ޝޫނަމަށް ގޮސް އެތާނގައި ފޭލިގެ ޖަހައިފިއެވެ. އޭރު ޝާއުލް ރަސްގެފާނުގެ ލަޝްކަރު ޖިލްބޫއަށް އެއްކޮށްފައި އޮތެވެ.

5 ޝާއުލްގެފާނަށް ފިލިސްޠީނުންގެ ލަޝްކަރު ފެނުމުން ފިތްކަނޑައިގެން ދާހާވަރަށް ބިރުފުޅުގެންފިއެވެ.

6 އެކަލޭގެފާނު މާތްރަސްކަލާނގެއަށް ދުޢާ ކުރެއްވުމުން ވެސް އިލްހާމެއް ވިޔަސް ނަބީއެއް ވިޔަސް އޫރީމުގެ ޖަވާބެއް ވެސް ނައައެވެ.

7 ޝާއުލްގެފާނު އެހީތެރިންނަށް ވިދާޅުވިއެވެ. ”⁠އަހަރެން ހަދަންވީ ކިހިނެއް ކަން އޮޅުންފިލުވަން ސިހުރުވެރި އަންހެނަކު ފެނޭތޯ ބަލާބަލަ.⁠“

8 މިހެން ބުނުމުން ޝާއުލްގެފާނު އާދައިގެ ހެދުންކޮޅެއް ތުރުކުރައްވައި ސިފަފުޅު ބަދަލު ކުރައްވައިގެން ދެމީހަކު ގޮވައިގެން އެއަންހެންމީހާ ގާތަށް ވަޑައިގެންފިއެވެ. ”⁠އަހަރެންނަށް ރޫޙަކާ ވާހަކަ ދެއްކޭ ގޮތް ހަދައިދީ.⁠“ އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަހަރެން މި ބުނާ މީހާގެ ރޫޙު ގެނެސްދީ.⁠“

9 އަންހެންމީހާ ބުންޏެވެ. ”⁠ކަލެއަށް ވެސް އެނގޭނެ ޝާއުލް ރަސްގެފާނު އިސްރާއީލުގެ ބިމުން ފާލުބަލާ މީހުންނާއި ސިހުރުވެރިން ފައްސާލައިފައި ވާކަން. ކަލޭ އަހަރެން ތާށިކޮށް އަހަރެން މަރާ ކުރިމަތި ކުރުވަން ތިޔަ އުޅެނީ ކީއްވެތަ؟⁠“

10 ޝާއުލްގެފާނު އޭނާ ކުރިމަތީގައި ހުވާ ކުރެއްވިއެވެ. ”⁠ދިރިދެމި ވޮޑިގެންވާ މާތްރަސްކަލާނގެ ގަންދީ ބުނަން. މިކަންތައް ކޮށްގެން ކަލެއަކަށް އަދަބެއް ނުލިބޭނެ.⁠“

11 އަންހެންމީހާ އެއްސެވެ. ”⁠އަހަރެން ގެނެސް ދޭންވީ ކާކުގެ ރޫޙެއްތަ؟⁠“

12 އަންހެންމީހާއަށް ޞަމޫއީލްގެފާނު ފެނުމާއެކު އަޑުގައި ނެތް ތަނަށް ހަޅޭއްލަވައި ގެންފައި ބުންޏެވެ. ”⁠ކަލޭގެފާނު އަޅުގަނޑަށް އޮޅުވާ ލެއްވީ ކީއްވެ؟ ތިއީ ޝާއުލްގެފާނު!⁠“

13 ރަސްގެފާނު ވިދާޅުވިއެވެ. ”⁠ބިރުނުގަނޭ. ކަލެއަށް ފެންނަނީ ކޯނޗެއް؟⁠“

14 ”⁠އޭނާ ހުރީ ކިހިނެއް؟⁠“ ރަސްގެފާނު އެއްސެވިއެވެ.

15 ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭގެފާނު އަހަރެން ގެނެސް ތިޔަ ދުއްޕާން ކުރަނީ ކީއްވެ؟⁠“

16 ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު ކުރެން އެއްޗެއް އަހަންވީ ކީއްވެތޯ؟ މާތްރަސްކަލާނގެ ވަނީ ކަލޭގެފާނު ދޫކުރައްވައި ކަލޭގެފާނާ ދެކޮޅުވެރިވެ ވޮޑިގެންފައި.

17 މާތްރަސްކަލާނގެ ވަނީ އެކަލާނގެ އެކަންތައް ކުރައްވަން ހިންމެވި ގޮތް އަޅުގަނޑަށް އަންގަވާފައި. އެކަލާނގެވަނީ ކަލޭގެފާނުގެ ރަސްކަން ނަންގަވައި ކަލޭގެފާނުގެ އަވަށްޓެރިއެއް ކަމަށްވާ ދާއޫދަށް ދެއްވާފައި.

18 ކަލޭގެފާނު ޢަމާލިޤީންނާ މެދު މާތްރަސްކަލާނގެ އެންގެވި ގޮތާ ޚިލާފުވެ އެމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވި ކޯފާ ފުރިހަމަ ނުކުރުމުގެ ސަބަބުން އެކަލާނގެ ކަލޭގެފާނުގެ މައްޗަށް މިއަދު މިވަނީ ތިޔަ މުސީބާތް ކުރިމަތި ކުރައްވާފައި.

19 މާތްރަސްކަލާނގެ ކަލޭގެފާނާއި އިސްރާއީލީން ފިލިސްޠީނުންނާ ހަވާލު ކުރައްވާނެ. އަދި ކަލޭގެފާނާއި ކަލޭގެފާނުގެ ދަރިންތައް މާދަމާ ވާހުށީ އަޅުގަނޑާއެކު. މާތްރަސްކަލާނގެ އިސްރާއީލުންގެ އެންމެހާ ސިފައިން ވެސް ފިލިސްޠީނުންނާއި ހަވާލު ކުރައްވާނެ.⁠“

20 ޝާއުލް ރަސްގެފާނު ހަމަ އިސްކޮޅަށް ބިންމައްޗަށް ވެއްޓި ވަޑައިގެންފިއެވެ. ޞަމޫއީލްގެފާނު ވިދާޅުވި ބަސްފުޅު އިވިވަޑައިގެން އެކަލޭގެފާނު ވަނީ ބިރުން ފިތްކެނޑިފަ އެވެ. އެކަލޭގެފާނުގެ ގައިކޮޅުން ބާރުފުޅު ދޫވެއްޖެ އެވެ. އެރެއާއި އެދުވަހު އެކަލޭގެފާނު އެއްޗެއް ފަރީއެއް ވެސް ނުކުޅުއްވަ އެވެ.

21 އަންހެންމީހާ ޝާއުލްގެފާނު ގާތަށް އައި އިރު އެކަލޭގެފާނަށް ވެފައިވާ ވަރު ފެނުމުން އޭނާ ދެންނެވިއެވެ. ”⁠ސާހިބުގެ ޚާދިމާ އަޅުގަނޑު ކަންތައް ކުރީ ސާހިބަށް ކިޔަމަންވުމުގެ ގޮތުން. އަޅުގަނޑުގެ ފުރާނަ އަތް މައްޗަށް ލައިގެން ކަލޭގެފާނު އެންގެވި ކަންތައް މިކުރީ.

22 މިހާރު ކަލޭގެފާނުގެ މި ޚާދިމާ ދަންނަވާ އެއްޗެއްގެ އަޑުއައްސަވާ. އަޅުގަނޑު މިދޭ ކާއެއްޗެހި ފަރީއްކުޅުއްވާ. އޭރުން އެނބުރި ވަޑައިގަންނަވާނެހާ ހަކަތަ ލިބިވަޑައި ގަންނަވާނީ ވެސް.⁠“

23 އެކަމަކު އެކަލޭގެފާނު އެކަމަށް އިންކާރު ކުރެއްވިއެވެ. ވިދާޅުވިއެވެ. ”⁠އަހަރެން އެކައްޗެއް ވެސް ނުކާނަން.⁠“

24 އަންހެންމީހާގެ ގޭގައި ފަލަ ޅަގެރިއެއް އޮތެވެ. އޭނާ އަވަހަށް އޭތި ކަތިލާފައި ފުށް މޮޑެ ކަމީރު ނުލައި ރޮށި ފިހެފި އެވެ.

25 ދެން އޭނާ ޝާއުލްގެފާނަށް އެތަކެތި ވަތްކުރައްވައި އެކަލޭގެފާނު އަރިހުގައި އައިސް ތިބި މީހުންނަށް ވެސް ކާން ދިނެވެ. އެމީހުން ކައި ހަދައިގެން އެރޭ އެތަނުން ހިނގައްޖެއެވެ.

Ler em outra tradução

Comparar lado a lado