1 މާތްރަސްކަލާނގެ ޚާދިމު އަދި އީސާ އަލްމަސީޙުގެ މަންދޫބު ޕައުލް ލިޔަމެވެ. މާތްރަސްކަލާނގެ އަހަރެން ފޮނުއްވީ އީމާންތެރިކަމުގައިވެ އެކަލާނގެ ހޮއްވަވާފައިވީ ފަރާތްތަކަށް ހިތްވަރު ދީ އީމާންތެރިކަން އިތުރުކޮށް އެކަލާނގެ މަގުގައި އުޅޭނޭ ޙަޤީޤަތުގެ އިލްމު އުގަންނައި ދިނުމަށެވެ.
2 މި ގޮތަށް ތެދުވެރިކަމުގައި ދެމިހުރުމުން ނިމުންނުވާ ޙަޔާތް ލިބުމުގެ އިތުބާރު ލިބިދޭނެއެވެ. އެއީ ޒަމާން ފެށުމުގެ ކުރިން އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވި ފަދައިންނެވެ. އަދި އެކަލާނގެ ދޮގެއް ނަހައްދަވައެވެ.
3 އެގޮތުން، އެކަމަށް އެކަށީގެންވީ ވަގުތު މާތްރަސްކަލާނގެ، އަހަރެމެން ދިންނަވާ ފަރާތުން މި އުފާވެރި ޚަބަރު ދެއްވައި އެންމެހައި މީސްތަކުންނަށް އަންގައި ދިނުމަށް އެކަލާނގެ އެދިވޮޑިގެން އަހަރެންނާއި ޙަވާލު ކުރެއްވިއެވެ.
4 މިސިޓީ ލިޔެ މި ފޮނުވަނީ އީމާންތެރިކަމުގައި ވީ އަހަރެންގެ ދަރިފުޅު، ތީތުސް އަށެވެ. މާތްރަސްކަލާނގެ، އަހަރެމެންގެ މަތިވެރި ބައްޕާފުޅު އަދި އަހަރެމެން ދިންނަވާ ފަރާތް އީސާ އަލްމަސީޙު ތިބާއަށް ނިޢުމަތާއި އަދި ސުލްޙަވެރިކަން ދެއްވާށިއެވެ!
5 އަހަރެން ތީތުސް ކުރޭތު ޖަޒީރާ ދޫކޮށްލީ އެ ރަށުގައި ފުރިހަމަ ކުރުމަށް އެދޭ މަސައްކަތްތައް ކުރުމަށެވެ. ކޮންމެ އަވަށަކުން މަސީޙީ ޖަމާޢަތުގެ ބޮޑެއްގެ ގޮތުގައި މީހުން ހަމަޖެއްސުމަށް ތިބާއަށް އިރުޝާދު ދީފައިވާނެއެވެ.
6 އެމީހުންނީ ޤަދަރު ލިބިގެންވާ، ކައިވެނީގައި ތެދުވެރި ބައެއް ކަމުގައި ވާންވާނެއެވެ. އަދި އެފަދަ މީހުންގެ ދަރިންނަކީ މާތްސާހިބާ އަށް އީމާން ވުމުގެ އިތުރުން އަބުރު ގެއްލޭފަދަ ވާހަކަތަކުން އެއްކިބާވެގެންވާ ކިޔަމަންތެރި ކުދިން ކަމުގައި ވާންޖެހޭނެއެވެ.
7 މަސީޙީ ޖަމާޢަތުގެ ބޮޑުންނަކީ މާތްރަސްކަލާނގެ މަސައްކަތުގައި ހޭދަކުރާ ބައެކެވެ. އެހެންވީމާ އެމީހުންނަކީ ޤަދަރު ލިބިގެންވާ ބަޔަކު ކަމުގައި ވާންޖެހޭނެއެވެ. ބޮޑާކަމާއެކު ދިރިއުޅުމާއި، ކުއްލި ރުޅިއައުމާއި، މަސްތުވެގެންވުމާއި، އަނިޔާވެރިވުމުގެ އިތުރުން ކަންކަމުގައި ޚިޔާނާތްތެރި ވުމުން އެއްކިބާވެ ތިބޭ ބައެއް ކަމުގައި ވާންޖެހޭނެއެވެ.
8 ހަމަ މިއާއެކު އެބައިމީހުން ވާންޖެހޭނީ ބީރައްޓެހިންނަށް އުފަލާއެކު މަރުހަބާ ކިޔާ ބައެއް ކަމުގައެވެ. ހަމަ އެފަދައިން އެމީހުން ވާންޖެހޭނީ ހެޔޮ ވިސްނޭ، އިންސާފުވެރި، މާތް އަދި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވާ ބަޔަކަށެވެ.
9 އެމީހުން ވާން ޖެހޭނީ އެމީހުންނަށް އެނގިގެންވީ މި ޚަބަރުފުޅަކީ ތެދު ޚަބަރުފުޅު ކަމުގައި ބަލައިގަނެ އިތުބާރު ގޮތެއްގައި ހިފަހައްޓާ ބަޔަކު ކަމުގައެވެ. އެހެންވީމާ މި ހަރުދަނާ ޢަގީދާ އުނގަންނައި ދިނުމުން އީމާންތެރިންނަށް ހިތްވަރު ލިބި އިދިކޮޅު މީސްތަކުން އިސްލާޙު ވެދެއެވެ.
10 ރަނގަޅު އުގަންނައި ދިނުންތަކާއިމެދު ދެކޮޅުވެރިވާ ވަރަށް ގިނަ ފަރާތްތައް ވެއެވެ. ބޭކާރު ވާހަކަތައް ދެއްކުމުގަ އާއި މީސްތަކުންނަށް މަކަރު ހެދުމުގައިވާ މީހުން ވެސް ވެއެވެ. ޚާއްސަކޮށް މިފަދަ މީހުންގެ ދައުވާއަކީ ދިންނެވުން ލިބިދެނީ ޚިތާނު ކުރެވިފައިވާ ފަރާތްތަކަށެވެ.
11 މިފަދަ މީހުން މާއްދީ ފައިދާއަށްޓަކައި ބުނެދޭ ނުބައި ބުނުންތަކުން މުޅި އާއިލާ ތެދުމަގުން އެއްކިބާ ކުރުވައެވެ. މިފަދަ މީހުން ހުއްޓުވަން ޖެހެއެވެ.
12 އެގައުމުގެ ތެރެއިންވީ ފަލްސަފާވެރިއަކު ބުނެފައިވާފަދައިން:
13 މިއީ ތެދުބުނުމެކެވެ. މިފަދަ މީހުންނާއިމެދު ހަރުކަށިވާށެވެ. އީމާންތެރިކަމުގައި ސާބިތު ވުމަށް އެމީހުންނަށް އެހީވާށެވެ.
14 ބަނީއިސްރާއީލުންގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން އިންސާނީ އަމުރުތަކަށް ސަމާލުކަން ނުދޭށެވެ. މިފަދަ ކަންތައްތަކަކީ ތެދުމަގުން އެއްކިބާވާން އެދޭ ފަރާތްތަކުން އުފައްދާ ކަންތައްތަކެވެ.
15 ހުރިހާ ކަމެއްމެ ސާފު ވެގެން ވަނީ އެމީހެއްގެ ހިތުގެ ސާފު ކަމުގެ މައްޗަށެވެ. އެހެނަސް އީމާންނުވާ ފަރާތްތަކާއި ނުބައި ޚިޔާލުތަކުގެ މީހުންނަށް އެއްވެސް އެއްޗެއް ތޯހިރުވެގެން ނުވެއެވެ. އެފަދަ މީހުންގެ ބުއްދިއާއި ޒަމީރުވަނީ ނަޖިސް ވެގެންނެވެ.
16 މިފަދަ މީހުން މާތްރަސްކަލާނގެ އާއި ގުޅިފައިވާ ކަމުގައި ދަޢުވާ ކުރެއެވެ. ނަމަވެސް އެބައިމީހުންގެ އަމަލުތައް ސާބިތު ކޮށްދެނީ ޙަޤީޤަތުގައި އެކަލާނގެއާ އެބައިމީހުންނާ ދެމެދު އެއްވެސް ގުޅުމެއް ނުވާކަމުގައެވެ. އެމީހުން ވަނީ މުޑުދާރުކަމާއި ނުކިޔަމަންތެރި ކަމެއްގެ ތެރޭގައެވެ. ރަނގަޅު އެއްވެސް ކަމެއް ކުރުމަށް އެކަށީގެންނުވާ ޙާލަތެއްގައެވެ.