Provérbios 4

DIV

1 މަގޭ ދަރިފުޅާއެވެ! ބައްޕަ ދޭ މި ނަސޭހަތުގެ އަޑު ރަނގަޅަށް ކަނުލާ އަހާށެވެ. އޭރުން ކަލޯއަށް ހެޔޮނުބައި ދަސްވާނެއެވެ.

2 އަހަރެންގެ މި ނަސޭހަތަކީ ހެޔޮ އެއްޗެކެވެ. ވީމާ މިތަކެތި ރަނގަޅަށް ހަނދާން ބަހައްޓާށެވެ.

5 ހެވާއި ނުބައި ދަސްކޮށްގަނެ ބުއްދީގެ ބޭނުން ހިފާށެވެ. ތިމަން މިބުނި އެއްޗެއް ހަނދުމަ ނުނައްތާށެވެ.

6 ބުއްދި އެއީ ރީތި ކަމަނާއެއް ކަމަށް ދެކޭށެވެ. ވީއިރު އެ ކަމަނާ ދޫކޮށް ނުދާށެވެ. އެކަމަނާ ދެކެ ލޯބިވުން ދޫކޮށް ނުލާށެވެ. އޭރުން އެކަމަނާ ކަލެއަށް ރައްކާތެރިކަމުގެ މަގު ދައްކާނެއެވެ.

7 ބުއްދިއަކީ އެންމެ މަތިވެރި ކަންތަކެވެ. އެހެންވެ ކަލޭ އަތުގައި ހުރި ހުރިހާ އެއްޗެއް ދީފައި ވެސް ބުއްދީގެ ކަމަނާ ލިބިގަނެ ތަންދޮރު ވަކިކޮށް ދެނެގަންނާށެވެ.

8 އެކަމަނާއަށް އިސްކަންދީ އޭނާ ދައްކާ މަގުން ހިނގައިފިނަމަ ކަލެއަށް މަތިވެރި ޝަރަފު ލިބޭނެއެވެ.

9 އޭނާ ކަލޭގެ ބޮލުގައި މާފައްޗެއް ބާއްވާނެއެވެ. އިއްޒަތުގެ ތާޖެއް އަޅުވާނެއެވެ.⁠“

10 މަގޭ ދަރިފުޅާއެވެ. ކަލޯ މަގޭ ބަސް އަހާށެވެ! އޭރުން ކަލޯއަށް ދިގު އުމުރެއް ލިބޭނެއެވެ.

11 ކަލޯއަށް ބުއްދި ލައިދީ، އުޅޭނެ ހެޔޮގޮތް އަހަރެން ދަސްކޮށް ދިނީމެވެ.

12 އެ ބުއްދީގެ ބޭނުން ހިފައިގެން ކަލޯ ކުރިޔަށް ހިނގާނަމަ އެމަގެއްގައި ހުރަހެއް ނުހުންނާނެއެވެ. ކަލޯ އަޅައިގަނެ ވެއްޓޭނެ ގަލެއް ނުހުންނާނެއެވެ.

13 އަހަރެން މިދޭ ފިލާވަޅުތަކުގައި ރަނގަޅަށް ހިފަހައްޓާށެވެ. އެއީ ކަލޯގެ ދިރިއުޅުމެވެ.

14 ވިޔާނުދާ ނުލަފާ މީހުން ދައްކާ މަގުން ނުހިނގާށެވެ.

15 އެމީހުންނަށް ފުރަގަސްދީފައި އެހެން މަގަކުން ދާށެވެ.

16 ކުށެއްނެތް މީހަކަށް އަނިޔާއެއް ލަނޑެއް ނުދީ އެމީހުންނަކަށް ތަނެއްގައި ބުރަކަށިވެސް ޖައްސައެއް ނުލެވޭނެއެވެ. އަދި ލޮލުފިޔައެއް ވެސް ނުޖެހޭނެއެވެ.

17 އެމީހުންގެ ކެއުމަކީ ވެސް ބުއިމަކީ ވެސް އަނިޔާވެރިކަމާއި ނުލަފާކަމެވެ.

18 ހެޔޮލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ފަތިހުގެ އަލިކަން ފާޅުވީއްސުރެން މެންދުރާ ހަމަޔަށް އަލިގަދަ ވަމުން ދާ ގޮތުގެ މިސާލެވެ.

19 ނުބައި ނުލަފާ މީހުންގެ އުޅުން ހުންނަ ގޮތުގެ މިސާލަކީ ކަނު އަނދިރީގައި ހިނގާ މީހުންގެ މިސާލެވެ. އެމީހުން އަޅައިގެންފައި ވެއްޓޭނީ ކޮން އެއްޗެއްގައި ޖެހި ކަމެއް ވެސް ނޭނގޭނެއެވެ.

20 ދަރިފުޅާއެވެ! އަހަރެން މިބުނާ އެއްޗެއްގެ އަޑު ނިކަން ރަނގަޅަށް އަހާށެވެ.

21 އަހަރެން މިބުނާ އެންމެ ލަފުޒެއް ވެސް ވައްޓާ ނުލާށެވެ. އެ ބަސްތަކުން ހިތުގައި ބިންވަޅު ނަގާށެވެ.

22 މިބަސްތައް އެނގި ހުރުމަކީ ތިމާގެ ދިރިހުރުމެވެ. ތިމާގެ ސިއްޙަތެވެ.

23 ތިމާ ވިސްނާ ކަންތަކަށް ސަމާލުވާށެވެ. އެހެނީ ދިރިއުޅުން ބިނާވާނީ ތިމާ ވިސްނާ އެއްޗެއްގެ މައްޗަށެވެ.

24 ކުރާ އެއްވެސް ކަމެއްގައި ދޮގެއް ބުނެ ހީލަތެއް ނަހަދާށެވެ.

25 ސީދާ ކުރިމައްޗަށް ބަލައި ސީދާ މަގުން ކުރިޔަށް ހިނގާށެވެ. ތިމާ ލަދުން އިސްޖެހުނަ ނުދޭށެވެ.

26 ތިމާ ހިނގަން ސީދާމަގެއް ގާއިމުކުރާށެވެ. އަދި އެމަގުގައި ސާބިތުވެ ހުންނާށެވެ.

27 ކަނާތަށް ނުވަތަ ވައަތަށް އަޅަމުން ވިޔާނުދާ މަގުން އެކި ދިމަދިމާއަށް ނުހިނގާށެވެ.

Ler em outra tradução

Comparar lado a lado