Mateus 3

DIV

3 ޔަޝަޔާޙުގެފާނުގެ ބަސްފުޅުތަކުގައި އެ އިޝާރާތް ކުރައްވާފައި ވާ ނަބިއްޔަކީ ޔަޙުޔާގެފާނެވެ. ޔަޝަޔާޙުގެފާނު ވިދާޅުވިއެވެ:

4 ޔަޙުޔާގެފާނު ތުރުކުރައްވައިގެން ހުންނެވީ ޖަމަލުކެހެރިން ހައްދަވާފައިވާ ހެދުންކޮޅެކެވެ. އަދި އުނަގަނޑުގެ ވަށައިގެން ހަމުގެ ކަމަރެއް އަޅާފައި އޮތެވެ. އެކަލޭގެފާނު ގޮއްފުޅަނތްގާއި ރޯ މާމުއި ފަރިއްކުޅުއްވިއެވެ.

5 ޖެރޫސަލަމުންނާއި ޖުދެއާ ކަރައިންނާއި އަދި އުރުދުން ކޯރު ވަށައިގެންވީ ސަރަހައްދުތަކުން އެތައްބައިވަރު މީހުންނެއް އެކަލޭގެފާނުގެ އަރިހަށް އައެވެ.

6 އެބައިމީހުން އެބައިމީހުންގެ ފާފަތަކަށް އެއްބަސްވުމުން އެކަލޭގެފާނު އެމީހުން އުރުދުން ކޯރުގައި ތައުބާގެ ހިނެވުމުން ހިނަވައިދެއްވިއެވެ.

7 ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން މީސްތަކުން ހިނަވައިދެއްވަމުން ގެންދެވި ތަނަށް ފަރީސީންނާއިސާދުސީނުގެ ގިނަ ޢަދަދެއްގެ ބަޔަކު އައެވެ. ޔަޙުޔާގެފާނަށް އެބައިމީހުން ފެނިވަޑައިގެންނެވި ހިނދު އެބައިމީހުންނާއި ދިމާލަށް ވިދާޅުވިއެވެ. ”⁠އޭ ހަރުފަތަކުގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ހީކުރަނީތަ؟

8 ކަލޭމެންގެ އަމަލުތަކުންނާއި، އަދި ދިރިއުޅުމުން ކަލޭމެން ތައުބާވެއްޖެކަން ސާބިތުކޮށްދީ!

9 ކަލޭމެން ތިމަންމެންގެ ބަފައިކަލުންނަކީ އިބްރާހީމްގެފާނުއޭ ހަމައެކަނި ބުނެލުމަކުން ނުފުދޭނެ. އަހަރެން ކަލޭމެންނަށް ބުނަން. މާތްރަސްކަލާނގެ އެދިވޮޑިގެންވާނަމަ މިހިރަ ހިލަތަކުން ވެސް އިބްރާހީމްގެފާނުގެ ދަރިފަސްކޮޅު އުފެއްދެވުމަށް އެކަލާނގެއަށް ކުޅަދުންވަންތަވެގެންވޭ.

10 މިހާރު ވެސް ފުރޯ ތައްޔާރު ވެފައި ވަނީ ގަހުގެ މުލުން ގަސް ކަނޑައިލުމަށް ޓަކައި. އަދި ރަނގަޅު މޭވާ ނުލިބޭ ކޮންމެ ގަހެއް ކަނޑައި ކުދިކޮށް ކޮށައި އަލިފާނަށް އެއްލާލެވޭނެ.

11 ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން.

12 އެކަލޭގެފާނު ވަޑައިގަންނަވާނީ ގޮވާންތައް ސާފު ކުރެއްވުމަށް ޓަކައި ތައްޔާރުވެ ވަޑައިގެން. އަދި ގޮވާންތަކުން ތޮއްޓާއި ހުއިތައް ވަކިކުރައްވައި ސާފު ކުރެއްވުމަށް އެކަލޭގެފާނު ހުންނަވާނީ ތައްޔާރުވެ ވަޑައިގެން. އޭގެތެރެއިން ރަނގަޅު ގޮވާންތައް އެކަލޭގެފާނު ގުދަން ކުރައްވައި އަދި ތޮށިތައް ނިމުމެއް ނުވާ އަލިފާނުން އަންދައިލައްވާނެ.⁠“

13 އެދުވަސްތަކުގައި އީސާގެފާނު ގަލީލީގެ ސަރަހައްދުން ޔަޙުޔާގެފާނުގެ އަރިހަށް އުރުދުން ކޯރަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ތައުބާގެ ހިނެވުމުން ހިނަވައިދެއްވުމަށް ޔަޙުޔާގެފާނުގެ އަރިހުން އެދިވަޑައިގަތެވެ.

14 ނަމަވެސް ޔަޙުޔާގެފާނު އެކަންތައް ހުއްޓުމަށް ޓަކައި މަސައްކަތް ކުރެއްވުމުގެ ގޮތުން ދެންނެވިއެވެ. ”⁠ކަލޭގެފާނު އަޅުގަނޑުގެ ކައިރިއަށް ތައުބާގެ ހިނެވުމުން ހިނައިގެންނެވުމަށް ޓަކައި ތިޔަ ވަޑައިގެންނެވީ ކީއްވެ؟ އަޅުގަނޑު ތައުބާގެ ހިނެވުމުން ހިނައިދެއްވުމަށް ކަލޭގެފާނުގެ އަރިހުން އެދިވަޑައިގަންނަވަމު!⁠“

15 އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠މި ހިނދު މި ގޮތަށް އަމަލު ކުރައްވަމާ ހިންގަވާ. އަހަރެމެން އެންމެހާ ކަންތައްތައް ކޮށް އުޅެނީ މާތްރަސްކަލާނގެ އެދިވޮޑިގަންނަވާ ފަދައިން.⁠“ ދެން އީސާގެފާނު ތައުބާގެ ހިނެވުމުން ހިނައިދެއްވުމަށް ޔަޙުޔާގެފާނު އެއްބަސްވެ ވަޑައިގެންނެވިއެވެ.

16 އީސާގެފާނު ތައުބާގެ ހިނެވުމުން ހިނައިވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފެންގަނޑުތެރެއިން މައްޗަށް އަރާ ވަޑައިގެންނެވި ހިނދު އުޑު ހުޅުވިގެން ދިޔައެވެ. އަދި ހުދު ކޮތަރެއް ފަދައިން މާތްރަސްކަލާނގެ މާތްރޫޙުފުޅު އެ ކަލޭގެފާނުގެ މައްޗަށް ފައިބާ ވަޑައިގެންނެވިތަން ޔަޙުޔާގެފާނަށް ފެނިވަޑައިގަތެވެ.

17 އެ ހިނދު އުޑުން ވަޙީގެ ބަސްފުޅު އިވިގެންދިޔައެވެ. ”⁠ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންނީ ތިމަންކަލާނގެ ނުހަނު ހިތްޕުޅާހަމަވާ ދަރިކަލުން!⁠“

Ler em outra tradução

Comparar lado a lado