1 މިއީ އީސާ އަލްމަސީޙުގެ ކާބަފައިންގެ ތާރީޚެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ދާއޫދުގެފާނުގެ އާއިލާއިންނެވެ. އަދި ދާއޫދުގެފާނު ވަޑައިގެންނެވީ އިބްރާހީމްގެފާނުގެ އާއިލާއިންނެވެ.
2 އިބްރާހީމްގެފާނީ އިސްޙާޤުގެފާނުގެ ބަފައިކަލުންނެވެ. އިސްޙާޤުގެފާނީ ޔަޢުޤޫބުގެފާނުގެ ބަފައިކަލުންނެވެ. ޔަޢުޤޫބުގެފާނީ ޔަހޫޛާ އާއި އޭނާގެ އަޚުންގެ ބަފައިކަލުންނެވެ.
3 ޔަހޫޛާއަކީ ފާރަޞް އާއި ޒެރާހުގެ ބަފައިކަލުންނެވެ. (އެބައިމީހުންގެ މައިކަނބަލަކީ ތާމާރު އެވެ.) ފާރަޞް އަކީ ހެޒުރޯންގެ ބަފައިކަލުންނެވެ. ހެޒުރޯން އަކީ އާރާމުގެ ބަފައިކަލުންނެވެ.
4 އާރާމު އަކީ ޢައްމީނާދާބުގެ ބަފައިކަލުންނެވެ. ޢައްމީނާދާބުއަކީ ނަޙްޝޫނުގެ ބަފައިކަލުންނެވެ. ނަޙްޝޫންއަކީ ސަލްމޫންގެ ބަފައިކަލުންނެވެ.
5 ސަލްމޫން އަކީ ބޫޢަޒުގެ ބަފައިކަލުންނެވެ. (ބޫޢަޒުގެ މައިކަނބަލަކީ ރާޙާބު އެވެ.) ބޫޢަޒު އަކީ ޢޫބީދުގެ ބަފައިކަލުންނެވެ. (ޢޫބީދުގެ މައިކަނބަލަކީ ރާޢޫޘުއެވެ.) ޢޫބީދު އަކީ ޔައްސާގެ ބަފައިކަލުންނެވެ.
6 ޔައްސާއަކީ ދާއޫދު ރަސްގެފާނުގެ ބަފައިކަލުންނެވެ. ދާއޫދުގެފާނަކީ ސުލައިމާނުގެފާނުގެ ބަފައިކަލުންނެވެ. (ސުލައިމާނުގެފާނުގެ މައިކަނބަލަކީ ކުރީން އޫރިއްޔާގެ އަނބިމީހާއެވެ.)
7 ސުލައިމާނުގެފާނަކީ ރަޙުބްޢާމުގެ ބަފައިކަލުންނެވެ. ރަޙުބްޢާމް އަކީ އަބިއްޔާގެ ބަފައިކަލުންނެވެ. އަބިއްޔާ އަކީ އާއްސާގެ ބަފައިކަލުންނެވެ.
8 އާއްސާ އަކީ ޔަހޫޝާފާތުގެ ބަފައިކަލުންނެވެ. ޔަހޫޝާފާތު އަކީ ޔޫރާމުގެ ބަފައިކަލުންނެވެ. ޔޫރާމު އަކީ ޢުއްޒިއްޔާގެ ބަފައިކަލުންނެވެ.
9 ޢުއްޒިއްޔާ އަކީ ޔޫޘާމުގެ ބަފައިކަލުންނެވެ. ޔޫޘާމު އަކީ އަޙާޒުގެ ބަފައިކަލުންނެވެ. އަޙާޒު އަކީ ޙަޒުޤިއްޔާގެ ބަފައިކަލުންނެވެ.
10 ޙަޒުޤިއްޔާ އަކީ މަނައްސާގެ ބަފައިކަލުންނެވެ. މަނައްސާ އަކީ އަމޫނުގެ ބަފައިކަލުންނެވެ. އަމޫނު އަކީ ޔޫޝިއްޔާގެ ބަފައިކަލުންނެވެ.
11 ޔޫޝިއްޔާ އަކީ ޖެކޮނިޔާހު އާއި އޭނާގެ އަޚުންގެ ބަފައިކަލުންނެވެ. (މިއީ ބަނީއިސްރާއީލުގެ އަހުލުވެރިން އަސީރުންގެ ގޮތުގައި ބާބިލަށް ގެންދިޔަ ދުވަސްވަރެވެ.)
12 އެއަށްފަހު އެމީހުން ބާބިލުން އެނބުރި އިސްރާއީލަށް އައިއެވެ. ޖެކޮނިޔާހު އަކީ ޝައަލްތިއީލްގެ ބަފައިކަލުންނެވެ. ޝައަލްތިއީލް އަކީ ޒަރުބާބިލުގެ ބަފައިކަލުންނެވެ.
13 ޒަރުބާބިލުއަކީ އަބީހޫދުގެ ބަފައިކަލުންނެވެ. އަބީހޫދު އަކީ އެލިޔާކީމްގެ ބަފައިކަލުންނެވެ. އެލިޔާކީމް އަކީ އަޒޯރުގެ ބަފައިކަލުންނެވެ.
14 އަޒޯރު އަކީ ޒަދޯކުގެ ބަފައިކަލުންނެވެ. ޒަދޯކު އަކީ އަޚީމުގެ ބަފައިކަލުންނެވެ. އަޚީމު އަކީ އެލިހޫދުގެ ބަފައިކަލުންނެވެ.
15 އެލިހޫދު އަކީ އެލިޔަޒާރުގެ ބަފައިކަލުންނެވެ. އެލިޔަޒާރަކީ މައްތާނުގެ ބަފައިކަލުންނެވެ. މައްތާނުއަކީ ޔަޢުޤޫބުގެ ބަފައިކަލުންނެވެ.
16 ޔަޢުޤޫބު އަކީ ޔޫސުފުގެ ބަފައިކަލުންނެވެ. ޔޫސުފު އަކީ މަރިޔަމްގެފާނުގެ ފިރިކަލުންނެވެ. އަދި މަރިޔަމްގެފާނަކީ އީސާގެފާނުގެ މައިކަނބަލުންނެވެ. އީސާގެފާނުގެ ޚާއްސަ ލަގަބުފުޅަކީ އަލްމަސީޙު އެވެ.
17 ވީމާ އިބްރާހީމްގެފާނުން ފެށިގެން ދާއޫދުގެފާނާއި ހަމައަށް ސާދަ ޖީލު ހިމެނެއެވެ. އަދި ދާއޫދުގެފާނު ފެށިގެން އެބައިމީހުން ބާބިލަށް ގެންދެވުމާއި ހަމައަށް ވެސް ސާދަ ޖީލު ހިމެނެއެވެ. އަދިހަމައެހެންމެ، އެބައިމީހުން ބާބިލަށް ގެންދެވުމާއި ހަމައިން އަލްމަސީޙުގެ އުފަންވެވަޑައިގަތުމާއި ހަމައަށް ވެސް ސާދަ ޖީލު ވެއެވެ.
18 އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ހާދިސާ ހިނގީ މިފަދައިންނެވެ. އެކަލޭގެފާނުގެ މައިކަމަނާ މަރިޔަމްގެފާނު އޭރު ވަނީ ޔޫސުފު ކިޔާ މީހަކާއި ކައިވެނި ކުރެއްވުމަށް ޓަކައި ރަންކިޔާފައެވެ. ނަމަވެސް އެމީހުން ކައިވެނި ކުރުމުގެ ކުރިން މަރިޔަމްގެފާނު އާލާސްވެ އިންނެވިއެވެ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ.
19 މަރިޔަމްގެފާނުގެ ފިރިމީހާ ޔޫސުފަކީ ނުހަނު ސާލިޙު މީހެކެވެ. ޢާންމުންގެ ކުރިމަތީގައި މަރިޔަމްގެފާނު ފަޟީޙަތްކޮށްލައި ހަދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެންވީމާ ކައިވެނި ކުރުމަށް ޓަކައި މަރިޔަމްގެފާނު ކިޔާފައިވާ ރަންކަނޑައިލައި ސިއްރު ގޮތެއްގައި ކައިވެނި ރޫޅާލުމަށް އޭނާ ނިންމިއެވެ.
20 ނަމަވެސް ޔޫސުފު މި ގޮތަށް ނިންމުމަށް ހިތަށް އެރި ހިނދު، ޔޫސުފުއަށް ހުވަފެނުގައި މާތްރަސްކަލާނގެ މަލާއިކަތާ ވަޑައިގެން މިފަދައިން ވިދާޅުވާތީ ފެނުނެވެ. ”ދާއޫދުގެފާނުގެ ދަރިކޮޅުގެ ޔޫސުފު. މަރިޔަމްގެފާނާއި ކައިވެނި ކުރުމަށް ތިބާ ބިރުވެތިނުވޭ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މާތްރޫޙުފުޅުން.
21 އެކަމަނާ ފިރިހެން ދަރިކަލަކައިގެން ރައްކައުވެ ވަޑައިގަންނަވާނެ. ތިބާ އެދަރިކަލުންނަށް އީސާ އޭ ކިޔައި ނަން ދީ. އެ ދަރިކަލުންނަށް މިފަދައިން ނަންދޭންވި ސަބަބަކީ އެ ކަލޭގެފާނުގެ އަހުލުންގެ ފާފަތަކުން އެކަލޭގެފާނު، އެ އަހުލުން ސަލާމަތްކޮށްދެއްވާނޭތީ.“
24 ޔޫސުފުއަށް ހޭލެވުމުން މާތްރަސްކަލާނގެ މަލާއިކަތާ ވިދާޅުވި ފަދައިން އޭނާ އަމަލު ކުރިއެވެ. އޭނާ މަރިޔަމްގެފާނާއި ކައިވެނި ކުރެއްވިއެވެ.
25 ނަމަވެސް މަރިޔަމްގެފާނު އެ ދަރިކަލުންނާއިގެން ރައްކައުވެ ވަޑައިގެންނެވުމަށް ދާންދެން އޭނާ މަރިޔަމްގެފާނާއި އެއްދާން ނުކުރޭމެއެވެ. އަދި އެ ދަރިކަލުންގެ ނަމަކަށް އީސާގެ ނަމުން ނަން ދެއްވިއެވެ.