Lucas 3

DIV

1 ކައިސަރު ތިބޭރިޔުސްގެ ވެރިކަމުގެ ފަނަރަވަނަ އަހަރުގައި ޕޮންތިޔުސް ޕިލާތުސް ޖުދެއާގެ ގަވަރުނަރަކަށް ހުންނެވި އިރު ގަލީލީގެ ވެރިއަކަށް ހުންނެވީ ހެރޮދު އެވެ. ހަމަ އެދުވަސްވަރު އޭނާގެ ބޭބެ ފިލިޕު އިތުރެޔާ އާއި ތުރަކޯނިތިސްގެ ވެރިއަކަށް ހުންނެވިއެވެ. އަދި އަބީލީނާގެ ވެރިއަކަށް އޭރު ހުންނެވީ ލިސަނިޔާހު އެވެ.

2 އޭރު ބަނީއިސްރާއީލުގެ އުއްތަމަ އިމާމުންނަށް ތިއްބެވީ ހަންނާނު އާއި ކައިފާސް އެވެ.

3 އެކަލޭގެފާނު އުރުދުން ކޯރުގެ މުޅި ހިސާބުގައި ވަށައިގެންވާ ހުރިހާ ރަށްރަށަށް ވަޑައިގެން އެންމެންނަށް މި ވަޙީގެ ބަސްފުޅު ފާޅުކޮށް އިއްވެވިއެވެ. ފާފަތަކުން ދުރުވެ ތައުބާ ވެއްޖެކަން ހާމަ ކުރުމަށްޓަކައި ތައުބާގެ ހިނެވުމުން ހިނައިގަތުމަށް މީސްތަކުންނަށް އެކަލޭގެފާނު ގޮވާލެއްވިއެވެ. އޭރުން މާތްރަސްކަލާނގެ މީސްތަކުންގެ ފާފަތައް ފުއްސަވާނެކަމަށް ވެސް އެކަލޭގެފާނު ވިދާޅުވަމުން ގެންދިޔައެވެ.

4 ޔަޙުޔާގެފާނު މިކަންތައްތައް ކުރައްވަމުން ދާ ގޮތުގެ ވާހަކަ މާތްރަސްކަލާނގެ ވަނީ މާކުރީންސުރެ ވެސް އަންގަވާފައެވެ. އެގޮތުން އިހު ޒަމާނުގެ ނަބީބޭކަލެއް ކަމުގައިވާ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ މިފަދައިން ވަޙީކުރައްވާ ބާވައިލެއްވިގެން ވެއެވެ.

5 ހުރިހާ ވާދީތަކެއް ފުރި އެއްވަރުވާނެއޭ އަދި ކޮންމެ ފަރުބަދައަކާއި އުސްގަނޑެއް ތިރިވެ ކަތިކަތިވެފައިވާ މަގުތައް ސީދާވެ އަދި އަޑިގުޑަން މަގުތައް އޮމާން ވާނެއޭ.

6 އޭރުން މާތްރަސްކަލާނގެ މުޅި ދުނިޔޭގެ ހުރިހާ އެންމެންނަށް ދެއްވާނެ ދިންނެވުން ކަލޭމެންނަށް ވެސް ހާމަކުރައްވާނެއޭ.⁠‘⁠“

7 ޔަޙުޔާގެފާނުގެ އަރިހަށް ތައުބާގެ ހިނައިގަތުމުން ހިނައިގަތުމަށްޓަކައި އެތައްބައިވަރު މީސްތަކުންނެއް އައެވެ. އެމީހުންނަށް ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”⁠އޭ ހަރުފައިގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ކަލޭމެން ހީކުރަންތަ؟

10 މީސްތަކުން ޔަޙުޔާގެފާނު ކުރެން ސުވާލު ކުރިއެވެ. ”⁠އަހަރެމެން ތައުބާވެއްޖެ ކަން ހާމަކުރުމަށްޓަކައި ކުރަންވީ ކީއް؟⁠“

11 ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންގެ ތެރެއިން މީހަކު އަތުގައި ދެގަނޑެތި އޮތްނަމަ އަތުގައި ލާނޭ އެއްޗެއް ނެތް މީހާ އަށް އޭގެން އެއްގަނޑެތި ދީ. އަދި އެމީހެއްގެ އަތުގައި ކާނެ އެއްޗެތި ވާ މީހާ އެ އެއްޗެތި ނެތް މީހަކަށް އެހީވޭ.⁠“

12 ޓެކްސް ނަގާ މީހުންގެ ބަޔަކު ވެސް ތައުބާގެ ހިނެވުމުން ހިނައިގަތުމަށް އައެވެ. އެމީހުން ޔަޙުޔާގެފާނަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު. އަހަރެމެން ތައުބާވެއްޖެ ކަން ހާމަ ކުރުމުގެ ގޮތުން ކުރަންވީ ކަމަކީ ކޮބާ؟⁠“

13 ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”⁠ޓެކްސް ނަގަން ކަނޑައަޅާ އަންގާފައި އޮންނަ އަދަދަށް ވުރެ އިތުރަށް ކަލޭމެން މީސްތަކުންގެ އަތުން ފައިސާ ނާތުލާ.⁠“

14 އަދި ސިފައިންގެ މީހުންގެ ބަޔަކު ވެސް އެތަނަށް އައެވެ. އެމީހުން ވެސް ޔަޙުޔާގެފާނަށް ބުންޏެވެ. ”⁠އަހަރެމެން ތައުބާވެއްޖެކަން ހާމަ ކުރުމަށް ކުރަންވީ ކޮންކަމެއް؟⁠“

15 މީސްތަކުންގެ ހިތަށް އަރަމުން ދިޔައެވެ. ”⁠މިޔަޙުޔާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ކަމަށް އަހަރެމެން އިންތިޒާރު ކޮށްގެން މިތިބަ އަލްމަސީޙުއެއް ނޫން ބާ؟⁠“

16 އެފަދައިން ހީކުރި މީހުންނަށް ޔަޙުޔާގެފާނު މިޖަވާބު ދެއްވިއެވެ. ”⁠އަހަރެން މީ ކަލޭމެން ތިޔަ އިންތިޒާރު ކޮށްގެން ތިބި ކަލޭގެފާނެއް ނޫން. އަހަރެން ކަލޭމެން ހިނައިގަތުމަށް މިބުނަނީ ފެނުން. ނަމަވެސް އަހަންނަށް ވުރެ މާ މަތިވެރި ވެގެންވާ ބޭކަލަކު އެބަ ވަޑައިގަންނަވާ. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅުގެ ދަށުގައި ވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެންގެ ތެރެއިން ތައުބާވީ މީހުންގެ ހިތްތައް ސާފުކޮށް ހިނަވާނީ މާތްރޫޙުފުޅުން. އަދި އެކަލޭގެފާނު ތައުބާ ނުވާ މީހުންގެ ހިތްތައް ނިވުމެއް ނުވާ އަލިފާނަށް އެއްލާ ލައްވާނެ.

17 އެކަލޭގެފާނު ގޮވާންތަކުން ތޮއްޓާއި ހުއިތައް ވަކިކުރައްވާ ދެބައި ކުރައްވާނެ. އަދި ގޮވާންތައް ގުދަނަށް ލައްވާ ހުއިތައް ނިވުމެއް ނުވާ އަލިފާނަކުން އަންދަވާނެ. އެކަލޭގެފާނު މިފަދައިން މީސްތަކުންނާ ދޭތެރޭ ކަންތައް ކުރައްވާނެ.⁠“

18 ޔަޙުޔާގެފާނު މީސްތަކުންނަށް އެތައް ތަފާތު ގޮތްތަކަކުން މި ހެޔޮޚަބަރުފުޅާއި ބެހޭގޮތުން އަންގަވައި ދެއްވަމުން ގެންދެވިއެވެ.

19 ނަމަވެސް ގިނަ ދުވަހެއް ނުވެ ގަލީލީގެ ވެރިޔާ ހެރޮދު ޔަޙުޔާގެފާނު ޖަލަށް ލިއެވެ. އެއީ ހެރޮދު އޭނާގެ އެއްބަފާ ބޭބެ ފިލިޕުގެ އަންހެނުން ހެރޯދިޔާސް އާއި އިނުމުންނާއި އަދި އޭނާ ކޮށްފައިވާ އެހެން ވެސް ނުބައި ކަންތައްތަކަކީ ނުރަނގަޅު ކަންތައްތައް ކަމުގައި ޔަޙުޔާގެފާނު ވިދާޅުވުމުންނެވެ.

20 އެކަމާ ހެރޮދު އައި ރުޅިން ޔަޙުޔާގެފާނު ޖަލަށްލުމަށް އަމުރުކުރިއެވެ. އަދި ހެރޮދުގެ މިއަމަލުގެ ސަބަބުން އޭނާ ކުރި ފާފަތަކުގެ ތެރެއަށް އަނެއްފާފަ އިތުރު ވިއެވެ.

21 ޔަޙުޔާގެފާނު ޖަލަށް ލުމުގެ ކުރިން މީސްތަކުން ޔަޙުޔާގެފާނުގެ އަރިހަށް އައިސް ތައުބާގެ ހިނެވުމުން ހިނައިގަންނަމުން ދިޔައިރު އީސާގެފާނު ވެސް އެތަނަށް ވަޑައިގެން ހިނައިގަތެވެ. އަދި ހިނައިގަތުމަށް ފަހު އީސާގެފާނު ދުޢާފުޅު ކުރައްވަނިކޮށް އުޑު ހުޅުވިގެން ދިޔައެވެ.

22 އަދި މާތްރޫޙުފުޅު ހުދު ކޮތަރެއް ފަދައިން އެކަލޭގެފާނުގެ މައްޗަށް ފައިބާ ވަޑައިގެންނެވިއެވެ. ދެން އެވަގުތު މާތްރަސްކަލާނގެ އެކަލޭގެފާނަށް މިފަދައިން ވަޙީކުރެއްވި އަޑުފުޅު އިވިގެންދިޔައެވެ. ”⁠ކަލޭގެފާނީ ތިމަންކަލާނގެ ލޯބިވެ ވޮޑީގެންވާ މަތިވެރި ދަރިކަލުން. ކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ރުއްސެވުން ލިބިވޮޑިގެން ވޭ.⁠“

Ler em outra tradução

Comparar lado a lado