Jonas 3

DIV

3 ދެން ޔޫނުސްގެފާނު އެ އަމުރުފުޅަށް ތަބާވެ އެރަށަށް ދިއުމަށް ހިންގަވައި ވަޑައިގަތެވެ.

4 އެކަލޭގެފާނު އެރަށަށް އަރައިވަޑައިގެންނެވި ފުރަތަމަދުވަހު މި ފަދައިން އިންޒާރު ދެއްވިއެވެ. ”⁠ސާޅީސް ދުވަހުގެ ތެރޭގައި މި ރަށް ނެތި ހަލާކުވެދާނެ.⁠“

5 ނީނަވާގެ އަހުލުވެރިން މާތްކަލާނގެ ކިބަފުޅުން އައި އިންޒާރު އަޑު އަހައި ކިޔަމަންގެންފިއެވެ. އަދި ކުޑައިން ބޮޑަށް އެންމެހައި މީހުން ކެއުން ބުއިން ހުއްޓާލައި މޮޅީން މޮޅި ސާލު ލައި ރޯދަޔަށް ތިބެއްޖެއެވެ.

6 ރަސްގެފާނަށް މި ޚަބަރު އިވިވަޑައިގަތުމުން ތަޚުތުން ފައިބައިވަޑައިގެން އިއްޒަތުގެ ހެދުންކޮޅު ބާލުއްވައި ކިއްތާނީގެ ދެރަ ހެދުމެއް ތުރުކުރައްވައި އަޅިއާއި ކިލާހުރި ބިމުގައި އިށީނދެވަޑައިގެންނެވިއެވެ.

7 ދެން ކޮއިލުތެރޭން ރަސްގެފާނާއި ބޮޑުން މި ފަދައިން އަމުރު މަޢުރޫފު ނެރުއްވައިފިއެވެ. ”⁠އެއް ވެސް މީހަކު އަދި އެއްވެސް ގެރިބަކަރި ޖަނަވާރަކުވިޔަސް މިއަދުން ފެށިގެން ކައިބޮއި ހަދައިގެން ނުވާނެއެވެ.

8 ހުރިހާ އެންމެން ވެސް މޮޅިސާލު ލާށެވެ. މިކަމުން ޖަނަވާރެއް ވެސް އިސްތިސްނާއެއް ނެތެވެ. އަދި އެންމެހައި ވިޔާނުދާ ފާފަތަކުން ދުރުވެ މާތްކަލާނގެއަށް އަޑުން އަޑުނަގާ ދުޢާ ދެންނެވުންމަތީގައި ތިބޭށެވެ.

9 ފަހަރުގައި މާތްކަލާނގެ އިރާދަފުޅު ބަދަލުކުރައްވައި އަހަރެމެންގެ މައްޗަށް އޯގާވަންތަވެ ވޮޑިގެން އަހަރެމެން މަރުން މިންޖު ކުރައްވައި މި ރަށް ސަލާމަތް ކުރައްވައި ފާނެއެވެ.⁠“

10 ދެން މާތްކަލާނގެ މި މީހުން އެ ގޮތަށް ކަންތައް ކުރިތަން ދެކެވޮޑިގެން އެމީހުންނާއިމެދު އެކަލާނގެ އިރާދަފުޅު ބަދަލުކުރައްވައި އެރަށް ހަލާކުކޮށް ނައްތަވާ ނުލައްވައި މިންޖު ކުރައްވައިފިއެވެ.

Ler em outra tradução

Comparar lado a lado