Hebreus 5

DIV

1 ކޮންމެ އުއްތަމަ އިމާމަކީ ވެސް އެހެން މީހުންނާ ބެހޭކަންކަން މާތްކަލާނގެއަށް ހުށަހަޅައި އެމީހުންގެ ފާފަތަކަށް ދައްކަންޖެހޭ ވެދުންތަކާއި ޤުރުބާނީ ހުށަހަޅަން މީސްތަކުންގެ ތެރޭން ހޮވާފައި ހުންނަ މީހެކެވެ.

2 އުއްތަމަ އިމާމުގެ ކިބައިގައިވާ ބަލިކަށިކަމުގެ ސަބަބުން މަގުން ކައްސާލާފައިވާ މީހުންގެ ޖާހިލުކަން ހިތައި އެމީހުންނާމެދު ހަމްދަރުދީ ވެވެއެވެ.

3 މިހެންކަމުން އެހެން މީހުންގެ ފާފަތަކުގެ ކައްފާރާއާއެކު އޭނާގެ އަމިއްލަ ފާފަތަކުގެ ކައްފާރާ ވެސް ހުށަހަޅަން ޖެހެއެވެ.

4 މީހަކު ކިތަންމެ ބޭނުންވިޔަސް އޭނާއަކަށް އަމިއްލައަކަށް އުއްތަމަ އިމާމަކަށް ނުވެވޭނެއެވެ. އިމާމަކު އައްޔަން ކުރެއްވޭނީ މާތްރަސްކަލާނގެއަށެވެ. ހާރޫނުގެފާނަށް އުއްތަމަ އިމާމުކަން ދެއްވީ ވެސް މާތްރަސްކަލާނގެއެވެ.

5 އީސާ އަލްމަސީޙު އުއްތަމަ އިމާމަކަށް ވުމުގެ ޝަރަފު އަމިއްލަފުޅަށް ނުހޯއްދެވީ އެހެންވީމައެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވީ މިހެންނެވެ.

6 އެހެން އާޔަތެއްގައި އެކަލާނގެ މިހެން ވެސް ވަޙީކުރައްވާފައި ވެއެވެ.

7 އީސާގެފާނު މަރުން ސަލާމަތް ކުރެއްވުމުގެ ބާރުފުޅު މާތްރަސްކަލާނގެ ކިބަފުޅުގައި އޮތެވެ. އޭރު އެކަލޭގެފާނު ބިންމަތީގައި ހުންނަވައި ކަރުނައަޅައި ގަދަ އަޑުފުޅުން ސަލާމަތަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމުން ދިޔައެވެ. އެކަލޭގެފާނުގެ ޚުޝޫއަތްތެރިކަމާއި މަޑުމޮޅިކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލޭގެފާނުގެ އަޑުފުޅު އެއްސެވިއެވެ.

8 އެކަލޭގެފާނަކީ ދަރިކަލުންނެއް ކަމަކު ވޭނާއި ކެކުޅުންތަކުގެ ތެރެއިން ކިޔަމަންތެރި ވުމަށް ތަމްރީނު ވެވަޑައިގެންނެވިއެވެ.

9 މިގޮތުގެ މަތިން އެކަލޭގެފާނު ފުރިހަމަވެ ވަޑައިގަތެވެ. އަދި އެކަލޭގެފާނަށް ކިޔަމަންތެރިވާ އެންމެހާ މީސްތަކުންނަށް ދާއިމީ ދިންނެވުން ދެއްވުމުގެ ވަސީލަތަކީ އެކަލޭގެފާނު ކަމުގައި ހަމަޖެހިގެން ދިޔައެވެ.

10 ސަބަބަކީ މާތްރަސްކަލާނގެ އެކަލޭގެފާނު ހޮއްވެވީ މަލްކީޞާދިޤުގެ މަގުން އުއްތަމަ އިމާމަކަށް ހެއްދެވުމަށެވެ.

11 މިކަމާ ބެހޭގޮތުން ދައްކާނެ ވަރަށް ގިނަ ވާހަކަތައް އެބަހުއްޓެވެ. އެހެންނަމަވެސް ކަލޭމެންނަށް މިކަންތައް އޮޅުންފިލުވައި ދިނުމަކީ އުނދަގޫ ކަމެކެވެ. އެއީ ކަލޭމެންގެ ފަހުމުވުން ކޮށިކަމުންނެވެ.

12 މިހާރު ކަލޭމެން ތިއީ އެދުރުންގެ ގޮތުގައި ތިބެންޖެހޭ މީހުންނެވެ. އެކަމަކު ކަލޭމެންނަށް އަދިވެސް މި ޖެހެނީ މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތަކުގެ އެންމެ އަސާސީ ކަންތައް ވެސް ބުނެދޭށެވެ. ކަލޭމެންނީ އަދިވެސް ހަރުކާނާ ނުކެވޭ ކިރުބޯ ޅަދަރިންތަކެއް ފަދަ ބައެކެވެ.

13 ކިރުބޯ ޅަދަރިންނަކަށް ކަންކަން ކުރާނެ ހެޔޮނުބައެއް ނޭނގޭނެއެވެ.

14 ހަރު ކާނާ ކެވޭނީ ބޮޑުވެ ތަސައްރަފު ފުދުނީމައެވެ. ހެޔޮނުބައި ވަކިކޮށް ދެނެގަތުމުގެ ތަމްރީނު ދެވުނީމައެވެ.

Ler em outra tradução

Comparar lado a lado