Gênesis 3

DIV

1 މަތިވެރިރަސްކަލާނގެ އުފެއްދެވި ހުރިހާ ޖަނަވާރުތަކުގެ ތެރެއިން ވެސް އެންމެ މަކަރުވެރިކަން ގަދަ އެއްޗަކީ ހަރުފައެވެ. އެއްދުވަހަކު އެހަރުފަ އަންހެނާ ގާތަށް ގޮސް ބުންޏެވެ. ”⁠މިބަގީޗާގައިވާ އެއްވެސް ގަހަކުން މޭވާ ކެއުން މާތްކަލާނގެ މަނާކުރެއްވިކަން ތިބާއަށް ހަމަ ޔަޤީންތަ؟⁠“

2 އަންހެނާ ހަރުފައަށް ބުންޏެވެ. ”⁠މިބަގީޗާގައިވާ ހުރިހާ ގަހަކުން މޭވާ ކެއުމުގެ ހުއްދަ މާތްރަސްކަލާނގެ އަހަރެމެންނަށް ވަނީ ދެއްވާފައި.

3 އެހެނަސް މިބަގީޗާގެ މެދުގައި އެހެރަ ގަހުގެ މޭވާ ނުކެއުމަށް އަމުރުކުރެއްވި. އަދި އެގަހުގައި އަތްލިޔަސް އަހަރެމެން މަރުވާނެ ކަމުގައި ވެސް ވަޙީކުރެއްވި.⁠“

4 ހަރުފަ އަންހެނާއަށް ބުންޏެވެ. ”⁠އެއީ ދޮގެއް! ހަމަގައިމު ވެސް ތިޔަބައިމީހުން މަރެއްނުވާނެ.

5 މާތްކަލާނގެ އެހެން ވަޙީކުރެއްވީ އެއީ އެގަހުގެ މޭވާ ތިޔަބައިމީހުން ކައިފިނަމަ ތިޔަބައިމީހުންގެ ލޯތައްހުޅުވި ކަންތައްތައް އެނގޭނޭތީ. އަދި އެގަހުގެ މޭވާ ކެއުމުން ތިޔަބައިމީހުންނަށް ހެވާއި ނުބައި ވަކިވެ ތިޔަބައިމީހުން އެކަލާނގެ އާއި އެއްފަދަ ވެދާނެކަން އެކަލާނގެ ދެނެވޮޑިގެންވާތީ.⁠“

6 އަންހެނާ އެގަހުގެ މޭވާއަށް ބަލާލިއެވެ. އަދި އެއީ ކެއުމަށް ކަމުދާ، ބަލާލަން ރީތި، އަދި އެއީ އެކެއުމުން ޙިކުމަތްތެރިކަން ލިބޭނެފަދަ މޭވާއެއްކަން އެނގުމުން އޭނާ ވަރަށްބޮޑަށް އެ މޭވާ ކާހިތްވެއްޖެއެވެ. ދެން އޭނާ އެމޭވާ ބިނދެގެން އޭގެ ބައެއް ކައިފިއެވެ. އަދި އެމޭވާގެ އަނެއްބައި އޭނާއާ އެކުގައިވާ ފިރިމީހާއަށް ދިނުމުން އޭނާ ވެސް އެމޭވާ ކައިފިއެވެ.

7 އެ ހިނދު އެމީހުންގެ ލޯތައްހުޅުވި، އެމީހުން ތިބީ އޮރިޔާން ޙާލުގައިކަން އެމީހުންނަށް އެނގިއްޖެއެވެ. ދެން ވައްތީނި ގަހުގެ ފަތްތަކެއް އަމުނައިގެން އެމީހުންގެ ޢައުރަ ނިވާކޮށްފިއެވެ.

8 އޭގެ ފަހުން ދުވާލުގެ ފިނީގައި ބަގީޗާގެ ތެރޭގައި މަތިވެރިރަސްކަލާނގެ ހިންގަވައި ވޮޑިގަންނަވާ އަޑުފިރިހެނާއަށާއި އަންހެނާއަށް އިވުނެވެ. އެހެންވެ އެމީހުން އަވަސްއަވަހަށް ގަސްތަކުގެ ތެރެއަށް ވަދެ އެކަލާނގެއަށް ފިލައިފިއެވެ.

9 އެކަމަކު މަތިވެރިރަސްކަލާނގެ ފިރިހެނާއަށް ގޮވާލެއްވިއެވެ. ”⁠ކަލޭ ތިހިރީ ކޮންތާކު؟⁠“

10 އޭނާ ބުންޏެވެ. ”⁠އިނބަރަސްކަލާނގެ މިބަގީޗާގެ ތެރޭގައި ހިންގަވައި ވޮޑިގަންނަވާ އަޑު މި އަޅާއަށް އިވިގެން ބިރުން ފިލާ މިހިރީ. އެއީ މިއަޅާ މިހިރީ އޮރިޔާން ޙާލުގައި ކަމަށް ވާތީ.⁠“

11 މަތިވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭ ތިޔަ ހުރީ އޮރިޔާމުންނޭ ކަލޭ ގާތު ބުނީ ކާކު؟ ތިމަންކަލާނގެ ކަލެއަށް ކެއުން މަނާ ކުރެއްވި ގަހުން ކަލޭ މޭވާ ކެއީތަ؟⁠“

12 ފިރިހެނާ ބުންޏެވެ. ”⁠އިނބަރަސްކަލާނގެ މިއަޅާއާއި އެކުގައި ލެއްވި އެ އަންހެނާ މިއަޅާއަށް އެގަހުގެ މޭވާ ދިނީމާ މިއަޅާ އެ ކެއީ.⁠“

13 މަތިވެރިރަސްކަލާނގެ އަންހެނާއަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭ ތިޔަކުރީ ކޮންފަދަ ކަމެއް؟⁠“

14 މަތިވެރިރަސްކަލާނގެ ހަރުފައަށް ވަޙީކުރެއްވިއެވެ.

15 ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ.

16 އަންހެނާއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ.

17 ފިރިހެނާއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ.

18 ކަލޭ ކާން ޖެހޭނީ ދަނޑުގައި ހެދޭގަސްތަކުން ލިބޭ ގޮވާންތައް. އެކަމަކު އެބިމުން ކަށިގަސްތަކާ އަދި ކަށިވިނަތައް ވެސް ފަޅާނެ.

19 ކަލޭ އެނބުރި ކައްވަޅަށް ދިއުމަށް ދާނދެން ކަލޭ ކާއެއްޗެހި ހޯދަންޖެހޭނީ ކަލޭގެ ނިތްކުރިން ދާހިއްލައިގެން. އެންމެފަހުން ދެން ކަލޭ ވާނީ ހިރަފުހަށް. އެއީ ކަލޭ އުފެއްދުނީ ވެސް ހިރަފުހުން ކަމަށް ވާތީ.⁠“

20 އާދަމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނަށް ޙައްވާއޭ ކިޔާ ނަންދެއްވިއެވެ. އެއީ ޙައްވާގެފާނަކީ މުޅި އިންސާނީ ދަރިފަސްކޮޅުގެ މައިކަނބަލުން ކަމަށް ވާނެތީއެވެ.

21 މަތިވެރިރަސްކަލާނގެ ޖަނަވާރުގެ ހަމުން އަންނައުނު ހައްދަވައި އާދަމްގެފާނާއި އެކަލޭގެފާނުގެ އަނބިކަނބަލުންގެ ހަށިކޮޅުގައި ލެއްވިއެވެ.

22 ދެން މަތިވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އަހަރެމެންނާއި އެއްފަދައިން މިހާރު އިންސާނުންނަށް ވެސް ހެވާއިނުބައި ވަކިކުރުމުގެ ބާރު ލިބިގެންވޭ. ވީމާ ދާއިމީ ޙަޔާތުގެ ގަހުގެ ކައިރިއަށް އެމީހުން ދިޔަދިނުމަކީ ރަނގަޅު ކަމެއް ނޫން. އޭރުން އެމީހުން އެގަހުން މޭވާ ކައިގެން އަބަދުގެއަބަދަށް ދިރިތިބެފާނެ.⁠“

23 ދެން ޢަދަންގެ ބަގީޗާއިން މަތިވެރިރަސްކަލާނގެ އެމީހުން ބޭރުކޮށްލައްވައިފިއެވެ. އެބިމަކުން އާދަމްގެފާނު އުފެއްދެވި ބިމަށް ބުރަމަސައްކަތުން ކާބޯތަކެތި ހައްދައިގެން ކައިއުޅުމަށް ފޮނުއްވާލައްވައިފިއެވެ.

24 އެއަށް ފަހު ދާއިމީ ޙަޔާތުގެ ގަހުގެ ކައިރިއަށް ދެވެން އޮންނަ މަގު ބަންދު ކުރެއްވުމަށް ޢަދަންގެ އިރުމަތީ ފަރާތުގެ ބޭރުގައި މަތިވެރިރަސްކަލާނގެ ހުރަހެއް ލެއްވިއެވެ. މިހުރަހަކީ ކަރޫބީމު މަލާއިކަތުންގެ ވަފުދަކާއި، އަދި ދެކޮޅަށް ހޫރިހޫރި ހުންނަ އަލިފާނުގެ ކަނޑިއެކެވެ.

Ler em outra tradução

Comparar lado a lado