Gênesis 23

DIV

3 ދެން ސާރާގެ ގަބުރުފުޅު ކައިރިން އިބްރާހީމްގެފާނު ތެދުވެވަޑައިގެން އެރަށުގެ ބޮޑު ދޮރާށި ހުރި މައިދާނުގައި ޙިއްޘީންގެ ކަމުވޮށިވެގެންވާ ބޭކަލުންތަކާއި ބައްދަލު ކުރައްވައި ވިދާޅުވިއެވެ.

4 ”⁠އަހަރެންނަކީ ތިޔަބައިމީހުންގެ ރަށުގައި ވަޒަންވެރިވެގެން އުޅޭ ބީރައްޓެއްސެއް. އަހަރެންގެ އަނބިމީހާ ފަސްދާނުލާނޭ ބިމެއް އަހަރެންގެ މިލްކިއްޔާތަކު ނެތް. އޭނާ ވަޅުލާނެ ބިންކޮޅެއް އަހަރެންނަށް ވިއްކާ.⁠“

5 ޙިއްޘީންގެ ކަމުވޮށިވެގެންވާ ބޭކަލުން އިބްރާހީމްގެފާނަށް ޖަވާބުދެއްވިއެވެ.

6 ”⁠ކަލޭގެފާނީ އަހަރެމެންގެ ތެރޭގައިވާ އަމީރެއް ފަދަ މަތިވެރި ބޭކަލެއް. މި ރަށުގެ އެންމެ ރަނގަޅު ހިސާބެއް ބައްލަވައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލައްވާ. ހަމައެހެންމެ މި ރަށުގެ މީހުން ވަޅުލާ ކޮންމެ ތަނެއްގައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލެއްވުމުގެ ހުއްދަ ކަލޭގެފާނަށް ލިބިގެންވޭ. އަދި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނުލެއްވުން މަނާ ކުރާނޭ މީހަކު އަހަރެމެންގެ ތެރެއަކުން ނާންނާނެ.⁠“

9 އޭނާގެ ދަނޑުފަނގުގެ ނިމޭ ހިސާބުގައިވާ މަކްފީލަތު ހޮހަޅަ އަހަރެންނަށް ވިއްކާށޭ ބުނެދީ. އަހަރެން އޭނާއަށް އެތަނުގެ ފުރިހަމަ އަގު އަދާކުރާނަށް. އަދި ތިޔަބައިމީހުން ހެކިކޮށް އަހަރެން އެތަން ގަތުމަށް ބޭނުން ވަނީ ގަބުރުސްތާނެއް ހެދުމަށް.⁠“

10 މައިދާނުގައި އެއްވެ ތިބި ޙިއްޘީންގެ ތެރޭގައި ޢިފްރޫން ވެސް ހުއްޓެވެ. އޭނާ އެންމެންނަށް އިވޭނޭހެން އިބްރާހީމްގެފާނަށް ޖަވާބު ދެއްވިއެވެ.

11 ”⁠ނޫން. ސާހިބާ. މިތަނުގައި މިތިބި ހުރިހާ އެންމެން ހެކިކޮށް މުޅި އެ ދަނޑުފަނގުގެ އިތުރުން ހޮހަޅަ ވެސް ކަލޭގެފާނަށް އަޅުގަނޑު ވެދުންކޮށްފިން. ކަލޭގެފާނުގެ އަނބިކަނބަލުން އެތަނުގައި ފަސްދާނު ލައްވާ.⁠“

14 ޢިފްރޫން އިބްރާހީމްގެފާނަށް ޖަވާބު ދެއްވިއެވެ.

15 ”⁠ސާހިބާ. އެބިމުގެ އަގަކީ ހަތަރުސަތޭކަ ރިހި ލާރިފޮތި. މިފަދަ ކުޑަ އަގަކީ އަޅުގަނޑުމެން ފަދަ ގާތް ދެ ރަޙުމަތްތެރިންނަށް ކޮން އެއްޗެއް؟ އެ ބިމަކީ ކަލޭގެފާނުގެ ބިމެއް. އެތަނުގައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލައްވާ.⁠“

16 މައިދާނުގައި އެއްވެ ތިބި ޙިއްޘީން ހެކި ކުރައްވައި އިބްރާހީމްގެފާނު ބިމުގެ އަގަށް ވާ ހަތަރުސަތޭކަ ރިހި ލާރިފޮތި ޢިފްރޫންއަށް ދެއްވައި އެ ބިމުގެ އަގު އަދާ ކުރެއްވިއެވެ. އަދި އާދަވެގެން ވިޔަފާރިވެރިން ކަންތައް ކުރާ އުސޫލުން އެ ހަތަރުސަތޭކަ ރިހި ލާރިފޮތި މިނެކިރިއެވެ.

19 ދެން އިބްރާހީމްގެފާނު އެކަލޭގެފާނުގެ އަނބިކަބަލުން ސާރާ ކަންޢާނުގެ އެހޮހަޅައިގައި ފަސްދާނު ލެއްވިއެވެ.

20 އެގޮތުން ޙިއްޘީންގެ އަތުން މަކްފީލަތު ހޮހަޅަ އިބްރާހީމްގެފާނު ބައްލަވައި ގެންނެވުމަށް ފަހު ގަބުރުސްތާނެއްގެ ގޮތުގައި އެތަން ހެއްދެވިއެވެ.

Ler em outra tradução

Comparar lado a lado