Êxodo 27

DIV

1 ”⁠އަދި އަކާސިޔާ ލަކުޑިން ހަތް ފޫޓުބައި ދިގު، ހަތް ފޫޓުބައި ފުޅާ، ހަތަރު ފޫޓުބައި އުސް އައްޓެއް ހަދާ.

2 އޭގެ ކޮންމެ ކަނެއްގައި ޖަނަވާރު ދަޅެއް ސިފަވާނެ ފަދަ ތުނޑެއް، އައްޓާ އެއްކޮށް އެކަތިގަނޑެއްގެ ގޮތުގައި ހަދާ. އަދި މުޅި އަށީގައި ކަފުލޯ ފަށަލައެއް ލާ.

3 ދެލިއަޅާ ބަނޑިޔާތަކާއި، ފަކީރާއާއި، ދޮލަނގުތައްޓާއި، މަސްނަގާ އުލާއި، ތެލިތާސް ކަފުލޮއިން ހަދާ.

4 އަދި ކަފުލޮއިން ޖާލިގަނޑެއް ހަދައި އޭގެ ހަތަރުކަނުގައި ބޮޅު ހަރުކުރޭ.

5 މި ޖާލިގަނޑު އަށީގެ ދެބައިކުޅަ އެއްބައިގައި ވާ އޮޅިގަނޑުގެ ދަށުގައި ހަރުކުރޭ.

6 މި އަށި އުފުލަން އަކާސިޔާ ލަކުޑިން ދަނޑިތައް ހަދައި އޭގައި ކަފުލޯ ފަށަލައެއް ލާ.

7 މި ދަނޑިތައް އަށީގެ ދެފަރާތުގައިވާ ބޮޅުތަކަށް ލައްވާ.

8 އަށި ހުންނަން ވާނީ އެތެރެ ހޮއި ހުންނަ ގޮތަށް ފިލައިން ހަދާފައި. ފަރުބަދަ މަތީގައި ކަލެއަށް ދެއްކުނު ނަމޫނާއާ އެއްގޮތަށް މި އަށި ތައްޔާރު ކުރޭ.⁠“ޤުރުބާނީ އަށި|alt="Bronze Altar" src="bronze altar DIV.jpg" size="col" copy="Illustration taken from the ESV® Study Bible (The Holy Bible, English Standard Version®), copyright ©2008 by Crossway, a publishing ministry of Good News Publishers. Used by permission. All rights reserved." ref="27‏:1‏-8"

9 ”⁠ދެން ފޭލިގޭގެ ގޯތިތެރެ ހަދާ. މިތަން ހުންނަން ވާނީ ވަށައިގެން މޮޅު ލިނެން ފޮތީގެ ފަރުދާއެއް ދަމާފައި. ދެކުނު ފަރާތުގައި ހުންނަ ފަރުދާގެ ދިގުމިނުގައި ސަތޭކަ ފަންސާސް ފޫޓް ހުންނަން ވާނެ.

10 އެ ފަރުދާ ހަރުކޮށްފައި ހުންނަން ވާނީ ކަފުލޮއިގެ ވިހި ބުޑު މަތީގައި ބެހެއްޓިފައިވާ ތަނބުތަކުގައި. ފަރުދާތައް ތަނބުތަކުގައި ހަރުކުރަން ވާނީ ރިހީގެ ބޮޅުތަކާއި ބުޅިތަކުން.

11 އުތުރުގައި ދަމާ ފަރުދާތަކާއި ތަނބުތަކާއި ބުޑުތައް ވެސް މިހެން ހަދާ.

12 ހުޅަނގުފަރާތު ފަރުދާ ދިގުމިނުގައި ހުންނަން ވާނީ ހަތްދިހަ ފަސް ފޫޓު. އެވެސް ހުންނަން ވާނީ ދިހަ ބުޑުގެ މަތީ ހަރުކޮށްފައި ހުރި ދިހަ ތަނބު މަތީގައި.

13 ގޯތިތެރެއަށް ވަންނަ ފަރާތް ކަމަށްވާ އިރުމަތީ ފަރާތުގެ ފަރުދާގެފުޅާ މިނުގައި ވެސް ހުންނަން ވާނީ ހަތްދިހަ ފަސް ފޫޓު.

14 އިރުމަތީގައި ހުންނަ ދޮރުގައި ދެ ފަރުދާ ހަރުކޮށްފައި ހުންނަން ވާނެ. އޭގެ ކޮންމެ ފަރުދާއެއްގެ ފުޅާ މިނުގައި ބާވީސް ފޫޓު ބައި ހުންނަން ވާނެ. ކަނާތްފަރާތުގެ ފަރުދާތައް ދަމާފައި ހުންނަން ވާނީ ތިން ބުޑު މަތީގައި ތިން ތަނބު ބަހައްޓާފައި.

15 ވައަތްފަރާތުގެ ފަރުދާގައި ވެސް ހުންނަން ވާނީ ބާވީސް ފޫޓު ބައި. މި ވެސް ހުންނަން ވާނީ ތިން ބުޑުގައި މަތީ ހަރު ކުރެވިފައިވާ ތިން ތަނބުގައި.

16 އެތެރެއަށް ވަންނަ ތަނުގައި ހުންނަ ފަރުދާގެ ހުރަހުގައި ތިރީސް ފޫޓު ބަހައްޓާ. މި ފަރުދާ ހުންނަން ވާނީ މޮޅުފޮތިން ވިޔެފައި. އަދި އޭގައި ވެސް ނުލާއި ދަނބާއި ގަދަރަތް ރޮދިން ކުރެހުން އަޅާ ޖަރީކޮށްފައި ބަހައްޓާ. އެ ފަރުދާ ހަރުކޮށްފައި ހުންނަން ވާނީ ވަކިން ހުންނަ ހަތަރު ތަނބުގައި އެއަށް ބުޑުތަކުގެ މަތީގައި.

17 ގޯތީގައި ހުންނަ ހުރިހާ ތަނބެއްގައި ވެސް ހަރުކޮށްފައި ހުންނަން ވާނީ ރިހި ބުޅިތަކާއި ރިހި ބޮޅުތައް. އަދި ތަނބުތައް ހުންނަން ވާނީ ކަފުލޯގެ ބުޑުތަކުގެ މަތީގައި.

18 އެހެންކަމުން މުޅި މި ގޯތީގެ ދިގުމިނުގައި ހުންނާނީ ސަތޭކަފަންސާސް ފޫޓު ފުޅާމިނުގައި ހަތްދިހަ ފަސް ފޫޓު އަދި ފަރުދާގެ އުސްމިނުގައި ހަތް ފޫޓު ބައި. މި ފަރުދާތައް ވިޔެފައި ހުންނަން ވާނީ މޮޅު ފޮތިން. ތަނބުތައް ހުންނަން ވާނީ ކަފުލޯ ބުޑުތަކުގެ މަތީގައި.

19 ފޭލިގޭގެ ޤުރުބާނީ ރަސްމުގައި ބޭނުން ކުރެވޭ ހުރިހާ އެއްޗަކާއި ފޭލިގެއާއި ފަރުދާ ހަރުކުރަން ޖަހާފައި ހުންނަ އިއްޔަށް ދާނދެން ހުންނަން ވާނީ ކަފުލޮއިން.⁠“ ފޭލިގެކޮޅުގެ ގޯތިތެރެ|alt="Court of the Tabernacle" src="tent and courtyard DIV.jpg" size="col" copy="Illustration taken from the ESV® Study Bible (The Holy Bible, English Standard Version®), copyright ©2008 by Crossway, a publishing ministry of Good News Publishers. Used by permission. All rights reserved." ref="27‏:9‏-19"

20 ”⁠ބަނީ އިސްރާއީލުގެ މީހުންނަށް އަމުރުކުރޭ، ބައްތި ދިއްލަން ސާފު ޒައިތޫނި ތެޔޮ ގެންނާށޭ. އަދި އެބައްތި ނިވިޔަ ނުދީ މުޅިރޭ ދިއްލާފައި ބަހައްޓާށޭ.

21 ބައްތި ދަނޑި ހުންނަން ވާނީ ފޭލިގޭގައި ޢަހުދުނާމާ ފޮށިކޮޅު ނިވާކޮށްފައި ވާ ބައިގެ ފަރުދާގެ ކުރިމަތީގައި. ހާރޫނާއި އޭނާގެ ދަރިން، މާތްރަސްކަލާނގެ ޙަޟްރަތުގައި އެބައްތި މުޅި ރޭގަނޑު ދިއްލާފައި ބަހައްޓަން ވާނެ.

Ler em outra tradução

Comparar lado a lado