1 ދެން މޫސާގެފާނާއި ބަނީއިސްރާއީލުގެ މީހުން މާތްރަސްކަލާނގެއަށް މިފަދައިން އެމީހުން ޙަމްދު ސަނާ ދެންނެވިއެވެ.
2 މިއަޅާގެ ގަދަފަދަ ކިއްލާއަކީ އެ މާތްރަސްކަލާނގެ.
3 އެ މާތްރަސްކަލާނގެއަކީ އެންމެ މޮޅަށް ހަނގުރާމަ ކުރައްވާ ފަހުލަވާނު.
4 އެކަލާނގެ މިޞްރުގެ ލަޝްކަރާއި އަސްގާޑިޔާތައް ކަނޑުލެއްވި.
5 އެ ފުންކަނޑު އައިސް އެމީހުން ވަށާލި.
6 މާތްރަސްކަލާނކޯ! އިނބަރަސްކަލާނގެ ކަނާތްޕުޅުގެ މަތިވެރި ބާރުފުޅު ކިހާގަދަ!
7 އެމަތިވެރި ބާރުފުޅުން އިނބަރަސްކަލާނގެ އަދާވާތްތެރިންގެ މައްޗަށް ފަތަޙަ ހޯއްދެވި.
8 އިނބަރަސްކަލާނގެ ފުމެލެއްވުމުން ކަނޑު ކެވިއަރައިގެން ދިޔަ.
9 އަދާވާތްތެރިޔާ ބުނި.
10 އެކަމަކު އިނބަރަސްކަލާނގެ އެންމެ ފަހަރަކު ފުމެލައްވާ އިރަށް
11 ކަލުންތަކުގެ ތެރޭގައި އިނބަރަސްކަލާނގެ ފަދަ ހުރީ ކޮން ކަލެއް ތޯ؟
12 އިނބަރަސްކަލާނގެ ކަނާތްޕުޅު އުފުއްލަވައިލެއްވުމުން
13 ދެގޮތެއްނުވާ ލޯބިފުޅަކާއެކު އިނބަރަސްކަލާނގެ މިންޖުކުރެއްވި މީހުންތަކަށް މަގު ދެއްކެވި.
14 މިވާހަކަ އަޑު އަހައި މީސްތަކުން ބިރުން ތުރުތުރުލައިގެން ދިޔަ.
15 އަދޫމުގެ ވެރިން ގަތް ބިރުގެ ކޮޅެއް ވެސް ނެތް.
16 އެމީހުންގެ މައްޗަށް ބިރާއި ހާސްކަން ވެރިވެގެން ދިޔަ.
17 އިނބަރަސްކަލާނގެ އެމީހުން މުޤައްދަސް ފަރުބަދަމައްޗަށް ގެންނަވައި
18 މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެއަކީ
19 ފިރުޢައުނުގެ އަސްތަކާއި އަސްގާޑިޔާތަކާއި އަސްވާރުންތައް ކަނޑުން ހިކިފައިވާ ތަނަށް އެރުނެވެ. ދެން މާތްރަސްކަލާނގެ އެމީހުންގެ މައްޗަށް ކަނޑުގެ ލޮނުގަނޑު އޮއްސެވިއެވެ. އެއާއެކު އެމީހުން ގެނބިގެން ދިޔައެވެ. އިސްރާއީލީންގެ މީހުން ދިޔައީ ކަނޑުމެދުން ހެދިފައިވާ ހިކި ފަސްގަނޑުގެ މަތިންނެވެ!
20 ދެން ހާރޫނުގެފާނުގެ ދައްތަ ނަބީ މަރިޔަމް ތާރައެއް ހިފައިގެން އައިސް ޖަހަން ފެށުމުން ދެންތިބި އަންހެންވެރިން ވެސް ތާރަ ޖަހައި ނަށަން ފަށައިފިއެވެ.
21 މަރިޔަމް ކިޔަމުން ދިޔައީ މި ލަވަ:
22 ދެން މޫސާގެފާނު ބަނީ އިސްރާއީލީން ގޮވައިގެން ރަތްކަނޑާ ދުރަށް ޝޫރު ސަހަރާގެ ތެރެއަށް ވަޑައިގެންފިއެވެ. އެމީހުން އެ ސަހަރާގެ ތެރޭގައި ތިން ދުވަސްވަންދެން ހިނގި އިރު ވެސް އެތަނަކުން ފެނެއް ނުފެނުނެވެ.
23 ދެން އެމީހުން މާއްރާގެ ފެންއާރާ ހަމައަށް އައިސް ރަހަބަލާލިއިރު އެފެން ހިތިކަމުން ބޮވޭވަރެއް ނުވެއެވެ. އެހެންވެ އެމީހުން އެތަނަށް މާއްރާ އޭ ކިޔާ ނަންދިނެވެ.
24 ދެން އެމީހުން އެކަމާ ބެހޭގޮތުން މޫސާގެފާނަށް ޝަކުވާ ދެންނެވިއެވެ. ”އަހަރެމެން ބޯނީ ކޮން އެއްޗެއް؟“
25 ދެން މޫސާގެފާނު މާތްރަސްކަލާނގެއަށް ޚުޝޫއަތްތެރި ކަމާއެކު ދުޢާ ދެންނެވުމުން އެކަލާނގެ މޫސާގެފާނަށް ލަކުޑިކޮޅެއް ދެއްކެވިއެވެ. އެކަލޭގެފާނު އެލަކުޑިކޮޅު އެފެންއާރު ތެރެއަށް އެއްލަވާ ލެއްވުމާއެކު އެ ފެން، ބޯން ކަމުދާ ފެނަކަށް ވެއްޖެއެވެ.
26 އެކަލާނގެ އެންގެވިއެވެ. ”ކަލޭމެންގެ އިލާހު، ތިމަންކަލާނގެ އަންގަވާ އެންގެވުންތައް ރަނގަޅަށް ކަނުލައި އަޑުއަހައި ކިޔަމަންވާނަމަ ތިމަންކަލާނގެ މިޞްރުގެ މީހުންގެ މައްޗަށް ފޮނުއްވިފަދަ ބަލިމަޑުކަމެއް ކަލޭމެންގެ މައްޗަށް ނުފޮނުއްވާނަމޭ. އެހެނީ ކަލޭމެންނަށް ޝިފާ ދެއްވަނީ ތިމަންކަލާނގެއޭ.“
27 މައްރާ ދޫކޮށް އިސްރާއީލީން ދަތުރުކުރަމުން ގޮސް އީލީމް ފެންއާރު ދޮށަށް ހިނގައްޖެއެވެ. އެތަނުގައި ފެންއަރާ ބާރަ ފެންއާރާއި ހަތްދިހަ ރުއް ހުއްޓެވެ. އެމީހުން އެފެންއާރުތަކުގެ ކާރީގައި ފޭލިގެ ޖަހައިފިއެވެ.