Apocalipse 7

DIV

1 އެއަށް ފަހު، ހަތަރު މަލާއިކަތުން ދުނިޔޭގެ ހަތަރު ކަނުގައި ހަތަރު ވައި ހިފަހައްޓަވައިގެން ކޮއްޅަށް ހުންނެވިތަން އަހަރެން ދުށީމެވެ. މިހެންވުމުން ކަނޑަށާއި ގަސްގަހާގެހީގެ އިތުރުން ދުނިޔޭގެ އެއްވެސް ތަނަކަށް ވައެއް ނުޖެހޭނެއެވެ.

2 އަދި އިރުމަތީ ފަރާތުން ދިރިދެމިވޮޑިގެންވާ ރަސްކަލާނގެ ގެ ސިއްކަ ހިއްޕަވައިގެން އިތުރު މަލާއިކަތަކު ވަޑައިގަންނަވަނިކޮށް ވެސް އަހަރެން ދުށީމެވެ. އެއްގަމާއި އަދި ކަނޑަށް ގެއްލުން ދިނުމުގެ ބާރު މާތްރަސްކަލާނގެ ދެއްވާފައިވާ ހަތަރު މަލާއިކަތުންނަށް ހަރުއަޑުން އެމަލާއިކަތާ މިފަދައިން ވިދާޅުވަމުން ގެންދެވިއެވެ.

3 ”⁠މާތްރަސްކަލާނގެ ޚާދިމުންގެ ނިތްކުރީގައި ސިއްކަ ޖެހެވިގެން ދާންދެން ދުނިޔެއަށާއި، ކަނޑުތަކަށާއި، ގަސްގަހާގެއްސަށް ގެއްލުމެއް ނުދޭތި.⁠“

4 މާތްރަސްކަލާނގެ ސިއްކައިން އެބައެއްގެ ނިތްކުރީގައި ފާހަގަ ލެވުނު މީހުންގެ ޢަދަދަކީ 144,000 މީހުން ކަމަށް ބުނި އަޑު އަހަންނަށް އިވުނެވެ. އެބައިމީހުންނީ ބަނީއިސްރާއީލުގެ ބާރަ ގަބީލާގެ އަޙުލުވެރިންނެވެ.

9 މިއަށް ފަހު، އެތަނުގައި ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެފައިވާ ތަން އަހަރެން ދުށީމެވެ. އެއްވެސް މީހަކަށް އެތަނުގައި ތިބި މީސްތަކުން ގުނައި އަދަދު ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ! އެބައިމީހުންނީ އެންމެހާ ޤައުމުތަކުންނާއި ޤަބީލާއަކުންނާއި ނަސްލުތަކުންނާއި ބަހުރުވަތަކުން އައިސްތިބި މީހުންނެވެ. އަދި އެބައިމީހުން ތިބީ ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތާއި އަދި ޅަކަންބަޅީގެ ކުރިފުޅުމަތީގައި ކޮއްޅަށެވެ. އެމީހުން ލައިގެން ތިބީ ހުދު ކުލައިގެ ރިދާތަކެވެ. އަދި އެބައިމީހުންގެ އަތުން ކަދުރު ރުކުގެ ފަންތައް ހިފަހައްޓައިގެން ތިއްބެވެ.

10 އެބައިމީހުން ހަރުއަޑުން ގޮވަމުން ގެންދިޔައެވެ. ”⁠ދިންނެވުން އަންނަނީ ހަމައެކަނި ތަޚުތުގައި އިށީނދެ އިންނެވި އަހަރެމެންގެ ކަލާނގެ ޙަޟްރަތުންނާއި އަދި ޅަކަންބަޅީގެ ފަރާތުން!⁠“

11 ތަޚުތުގެ ވަށައިގެންވާ ބޮޑުންނާއި އަދި ދިރިހުރި ހަތަރު މަޚުލޫގުންގެ ވަށައިގެން މަލާއިކަތުން ކޮއްޅަށް ތެދުވެ ތިއްބެވިއެވެ. އެއަށް ފަހު ތަޚުތުގެ ކުރިމަތީގައި ތިބެ އެއެންމެން މޫނުވަތަށް ވެއްޓި ސަޖިދަކޮށް މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކުރެއްވިއެވެ.

12 އެ ހިނދު އެބޭކަލުން ވިދާޅުވިއެވެ. ”⁠އާމީން! ޙަމްދުކުރުމާއި، ޖަލާލަތުކަމާއި، ޙިކުމަތާއި، ޝުކުރުވެރިކަމާއި، ޤަދަރުވެރިކަމާއި، ބާރުވެރިކަމާއި އަދި ހަކަތަ މިލްކުވެ ވޮޑިގެންވަނީ އަބަދުގެ އަބަދަށް އަޅަމެންގެ ރަސްކަލާނގެ ކިބަފުޅަށްމެ! އާމީން!⁠“

13 އެ ބޮޑުންގެ ތެރޭގައި ހުރި ބޭކަލަކު އަހަރެންގެ ކައިރީގައި އެހިއެވެ. ”⁠ހުދު ރިދާތަކުގައި ތިއްބެވި މިބޭކަލުންނަކީ ކޮންބައެއް؟ އަދި އެބޭކަލުން ވަޑައިގެންނެވީ ކޮންތާކުން؟⁠“

14 އަހަރެން ޖަވާބު ދެއްވީމެވެ. ”⁠ސާހިބާ! އަޅުގަނޑަކަށް ނޭނގޭ. ތިބާ ބުނެދެއްވާ.⁠“

15 އެހެންވެގެން އެބައިމީހުން ތިބީ މާތްރަސްކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައެވެ. އަދި އެމީހުން ދުވާލާއި ރޭގަނޑު މާތްކަލާނގެ ގެކޮޅުގައި އެކަލާނގެއަށް ޚިދުމަތް ދެއްވައެވެ. ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ވޮޑިގެންވުމުގެ ސަބަބުން އެބައިމީހުންނަށް ރައްކާތެރިކަން ލިބޭނެ.

16 އިތުރަށް އެބައިމީހުން ހައިހޫނުކަމުގައި ނުވާނެ. ނުވަތަ ކަރުހިއްކުމެއް ނުވަތަ އިރުގެ ހޫނުކަމެއް ނުވަތަ އެހެން ހޫނު ކަމަކުން އެބައިމީހުން އަނދައިގެން ނުދާނެ.

17 ތަޚުތުގެ މެދުގައި ހުރި ޅަކަންބަޅިއަކީ އެބައިމީހުން ހުއިހައްޕާ މީހާ. އަދި އެފަރާތުން ޙަޔާތުގެ ދިރުން ދެއްވާ ފެންއާރުތަކަށް ދާމަގު އެބައިމީހުންނަށް ދައްކުވައި ދެއްވާނެ. އަދި އެބައިމީހުންގެ ލޮލުން އަންނަ ކޮންމެ ކަރުނަ ތިއްކެއް މާތްރަސްކަލާނގެ ފޮހެދެއްވާނެމެ.⁠“

Ler em outra tradução

Comparar lado a lado