Apocalipse 5

DIV

1 ތަޚުތުގައި އިށީނދެވަޑައިގެން އިންނެވި ފަރާތުގެ ކަނާތު އަތްޕުޅުގައި ފޮތެއް އޮއްވައި އަހަރެން ދުށީމެވެ. އެ ފޮތުގެ ދެފަރާތުގައިވާ ލިޔުންތަކުން ފޮތް ވަނީ ފުރިފައެވެ. އަދި ހަތް ސިލުން އެ ތަކެތި ވަނީ ސިލު ޖެހިފައި ވެސް މެއެވެ.

2 އަދި ބާރުގަދަ މަލާއިކަތަކު ބާރަށް އިޢުލާނު ކުރައްވަމުން ގެންދިޔަތަން އަހަރެން ދުށީމެވެ. ”⁠ސިލުތައް ކަނޑާލައި އެފޮތް ހުޅުވާލަން އެކަށީގެން ވަނީ ކާކަށް؟⁠“

3 އުޑާއި ބިންމަތީގައި ނޫނީ ބިމުގެ ދަށުގައި އެ ފޮތް ހުޅުވާލައި އޭގައި ވާ އެއްޗެއް ބެލުމަށް ކުޅަދާނަ އެއްވެސް ފަރާތެއް ނުވެއެވެ.

4 ހިތްދަތިކަމާއެކު އަހަރެން ރުއީމެވެ. ސަބަބަކީ އެ ފޮތް ހުޅުވާލައި އޭގައި ލިޔެވިގެންވާ އެއްޗެއް ބެލުމަށް އެކަށީގެންވާ އެއްވެސް މީހަކު ނެތުމުންނެވެ.

5 އެއަށް ފަހު ބޮޑުންގެ ބޭކަލަކު އަހަރެންނާއި ދިމާލަށް ބުންޏެވެ. ”⁠ނުރޮއި! ބަލާލަބަލަ! ދާއޫދުގެފާނުގެ މަތިވެރި ދަރިފަސްކޮޅުން އައިސްފައިވާ ޔަހޫޛާ ވަންހައިގެ ސިންގާ ނަސްރު ހޯދާފައިވާ ކަމުން އެހަތް ސިލު ކަނޑާލުމަށް ފަހު، އެކަލޭގެފާނަށް އެ ފޮތް ހުޅުވާލެއްވޭނެ.⁠“

6 އެއަށް ފަހު ދިރިހުރި ހަތަރު މަޚުލޫގުންނާއި އަދި ބޮޑުން ތަޚުތުގެ ވަށައިގެން ތިބި ހިނދު ތަޚުތުގެ މެދުގައި ޅަކަންބަޅިއެއް ކޮއްޅަށް ހުރި ތަން އަހަރެން ދުށީމެވެ. އެކަންބަޅި ހީވަނީ އެއްފަހަރު ކަތިލެވިފައިވާ ޅަކަންބަޅިއެއް ހެންނެވެ. އޭގައި ހަތް ދަޅާއި، ހަތް ލޯ ހުއްޓެވެ. މި ހަތް ދަޅާއި ލޮލަކީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅެވެ. އަދި މި ރޫޙުފުޅުތައް މުޅި ދުނިޔެއަށް ފޮނުއްވުނެވެ.

7 ތަޚުތުގައި އިށީނދެ ވަޑައިގެން އިންނެވި ފަރާތުގެ ކަނާތު އަތްޕުޅުގައި އޮތް ފޮތް ޅަކަންބަޅި ގޮސް ނެގިއެވެ.

8 އެ ޅަކަންބަޅި މިފަދައިން އަމަލު ކުރުމުން ދިރިހުރި ހަތަރު މަޚުލޫގުންނާއި އަދި ސައުވީސް ބޮޑުން ކަންބަޅީގެ ކުރިމަތީގައި ސަޖިދަ ކުރިއެވެ. އޭގެތެރެއިން ކޮންމެ މީހެއްގެ އަތުގައި ހާޕާއި ހުވަނދުން ފުރިފައިވާ ރަނުގެ ބޯތަށިތައް ވިއެވެ. މި ބޯތަށިތަކަކީ މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ދުޢާތަކެވެ.

9 އެބައިމީހުން އާ ސަނާގެ ލަވައެއް ކިޔެވެ:

10 މާތްރަސްކަލާނގެ ކިބަފުޅަށް ޚިދުމަތް ކުރައްވާ އިމާމުންގެ ރަސްކަމެއް ކަމުގައި ކަލޭގެފާނު އެބައިމީހުން ހައްދަވައިފީމު.

11 އަހަރެން އަލުން ބަލާލީމެވެ. އަދި މަލާއިކަތުންގެ އަޑު ވެސް އަހަރެން އެހީމެވެ. ހާހުންނާއި މިލިއަނުން މަލާއިކަތުން ތިބިތަން އަހަރެން ދުށީމެވެ! އެ މަލާއިކަތުންނާއި ހަތަރު ދިރިހުރި މަޚުލޫގުންނާއި އަދި ބޮޑުން ތިބި ތަޚުތުގެ ވަށައިގެންނެވެ.

12 ހަމައެހެންމެ މަލާއިކަތް ބޭކަލުންނާއި ދިރިހުރި މަޚުލޫގުންނާއި ބޮޑުން އެކުގައިވެ ހަރުއަޑުން ސަނާ ކިޔަމުން ގެންދިޔައެވެ:

13 އުޑާއި ބިމާއި ކަނޑާއި މި ދުނިޔޭގެ ބިމުގެ ދަށުގައި ވާހައި މަޚުލޫގުން ސަނާ ކިޔަމުން ދިޔަ އަޑު އަހަރެން އެހީމެވެ.

14 އެ ހިނދު ދިރިހުރި ހަތަރު މަޚުލޫގުން ޖަވާބު ދިނެވެ. ”⁠އާމީން!⁠“ އަދި ބޮޑުން ސަޖިދަކޮށް އަޅުކަން ކުރިއެވެ.

Ler em outra tradução

Comparar lado a lado