1 މިކަންތައްތަކަށް ފަހު، ސުވަރުގޭގައި ތިބި ގިނަ ޢަދަދެއްގެ ބަޔަކު އެއްފަހަރާ ހަރުއަޑުން މިފަދައިން ބުނި އަޑު އަހަރެން އެހީމެވެ.
2 އެކަލާނގެ ފައިސަލާ ކުރައްވަނީ ތެދުވެރިކަމާއި އިންސާފުން ވެސްމެ!
3 އިތުރަށް އެބައިމީހުން ހަރުއަޑުން ބުންޏެވެ.
4 މިއަށް ފަހު މާތްރަސްކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައި ސައުވީސް ބޮޑުންނާއި އަދި ދިރިހުރި ހަތަރު މަޚުލޫގުން މާތްރަސްކަލާނގެ ކިބަފުޅަށް ބިންމަތީގައި މޫނުޖައްސައި ސަޖިދަކޮށް އެކަލާނގެ ކިބަފުޅަށް މިފަދައިން ވިދާޅުވެ އަޅުކަން ކުރެއްވިއެވެ. ”އާމީން! މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދު ހުރި!“
5 އެއަށް ފަހު ތަޚުތުކޮޅުން މިފަދައިން އަޑެއް އިވިގެން ދިޔައެވެ.
6 އެއަށް ފަހު، ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ހަޅޭއްލަވާ ފަދައިން ނުވަތަ އޮހިގެންދާ ފެންއާރަކުން ފެން އޮހޮރޭފަދަ އަޑަކުން، ނޫނީ ގުގުރީގެ އަޑުފަދަ އަޑަކުން މިފަދައިން ބުނަމުން ގެންދިޔަ އަޑު އަހަރެން އެހީމެވެ.
7 އުފަލާއި ޖޯޝްގައި އަހަރެމެން ތިބެ އެކަލާނގެ މަތިވެރި ކަމާއިމެދު އަހަރެމެން ޙަމްދުކުރަމާ ހިނގާ!
8 އެކަނބުލޭގެ ލާން ދެވިފައިވާ ކައިވެނީގެ ހެދުން ވަނީ ސާފު ހުދު ލިނެން ފޮތިން.“
9 އެއަށް ފަހު، އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”މި ތަކެތި ލިޔޭ: ޅަކަންބަޅީގެ ކައިވެނީގެ ޖާފަތަށް ދަޢުވަތު ލިބިގެންވާ ހުރިހާ އެންމެންނަށް އުފާވެރިކަން ލިބިގެންވޭ.“ އަދި އިތުރަށް ވެސް އެ މަލާއިކަތާ ވިދާޅުވިއެވެ. ”މިއީ މާތްރަސްކަލާނގެ ޙައްޤު ތެދު ބަސްފުޅު.“
10 އަހަރެން އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ. ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި އަދި އީސާގެފާނާއި މެދު ހެކިވަނިވި ފަރާތްތަކާއި އެއްފަދައިން މާތްރަސްކަލާނގެ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރަން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެހެނީ އީސާގެފާނާއިމެދު ހެކިދޭ ކޮންމެ މީހަކުމެ ބުނެދެނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން.“
11 އުޑު ހުޅުވިގެން ދިޔަތަން އަހަރެން ދުށީމެވެ. އަދި އެތަނުގައި އަހަރެންގެ ކުރިމަތީގައި ހުދު ކުލައިގެ އަހެއް އޮތެވެ. އެ އަހުގެ އަސްވާރުގެ ނަމަކީ ވަފާތެރިޔާ، ތެދުވެރިޔާއެވެ. އަދި އެކަލޭގެފާނު ހަނގުރާމަ ކުރުމުގައި އަދުލު އިންސާފުން ފައިސަލާކުރެއެވެ.
12 އެކަލޭގެފާނުގެ ލޯ ވަނީ އަލިފާން ހުޅުގަނޑެއް ފަދައިންނެވެ. އަދި އެކަލޭގެފާނުގެ ބޮލުގައި ގިނަ ޢަދަދެއްގެ ތާޖު އެޅިފައި ވެއެވެ. އެކަލޭގެފާނުގެ ނަންފުޅު އެކަލޭގެފާނުގެ ހަށިގަނޑުގައި ލިޔެވިގެން ވެއެވެ. ނަމަވެސް އެކަލޭގެފާނު ފިޔަވައި އެ ނަންފުޅު އެނގޭ މީހަކު ނުމެވެއެވެ.
13 އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅު ވަނީ ލެއިން ތަތްތެޅިފައެވެ. އެކަލޭގެފާނުގެ ނަންފުޅަކީ ”މާތްރަސްކަލާނގެ ބަސްފުޅު“ އެވެ.
14 ސުވަރުގޭގެ ލަޝްކަރު ހުދު ކުލައިގެ އަސްތަކުގެ މަތީގައި އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ. އަދި އެ ލަޝްކަރު ތިބީ ސާފު ހުދު ކުލައިގެ ލިނެން ފޮތީގެ ހެދުމުގައެވެ.
15 އެކަލޭގެފާނުގެ އަނގައިން ތޫނު ކަނޑިއެއް ނުކުތެވެ. އެ ކަނޑިން އެންމެހާ ޤައުމުތައް އެކަލޭގެފާނު ފަތަޙަ ކުރައްވާނެއެވެ. ދަގަނޑު އަސާއަކުން އެބައިމީހުންގެ މައްޗަށް އެކަލޭގެފާނު ބާރު ހިންގަވާނެއެވެ. އަދި މާތް ކުޅަދުންވަންތަ މަތިވެރި ރަސްކަލާނގެ ކޯފާއިން މޭބިސްކަދުރުތައް އަޅާފައިވާ ތާނގީގެ ތެރޭގައި ހުރި މޭބިސްކަދުރުތައް އެކަލޭގެފާނުގެ ފައިންޕުޅުން ޗިސްކޮށް އެމޭބިސްކަދުރުން ދިޔަ ހައްދަވާނެއެވެ.
16 އެކަލޭގެފާނުގެ ރިދާކޮޅު ގައްޔާއި އެކަލޭގެފާނުގެ ފައިގެ ފަލަމަސްގަނޑުގައި މި ނަން ލިޔެވިގެން ވެއެވެ. ”ރަސްރަސްކަލުންގެ ރަސްގެފާނު އަދި ސާހިބުންގެ ސާހިބާ.“
17 އެއަށް ފަހު، މަލާއިކަތަކު އިރުގައި ކޮއްޅަށް ހުންނަވަނިކޮށް އަހަރެން ދުށީމެވެ. މަތިން އުޑުގެ ތެރެއިން އުދުހެމުން ގެންދިޔަ އެންމެހާ ދޫނިތަކަށް އެ މަލާއިކަތާ ހަރުއަޑުން ގޮވަމުން ގެންދެވިއެވެ. ”މާތްރަސްކަލާނގެ ބޮޑު ޖާފަތުގައި ބައިވެރިވުމަށް މިތަނަށް އެއްވޭ!
18 ރަސްރަސްކަލުންގެ މަހާއި، ވެރިންގެ މަހާއި، ހަނގުރާމަވެރި ފަހުލަވާނުންގެ މަހާއި، އަސްތަކާއި އަދި އޭގެ އަސްވާރުންގެ މަހާއި، ހުރިހާ އެންމެންގެ މަހާއި، އޭގެތެރޭގައިވާ ހުރިހާ އަޅުންނާއި މިނިވަނުންގެ މަހާއި، މަތިވެރި އަދި ދަށު ދަރަޖައިގެ މީހުންގެ މަސްކެއުމަށް މިކޮޅަށް އާދޭ!“
19 އެއަށް ފަހު ކަނޑު ދާއްބައާއި އަދި ދުނިޔޭގެ ރަސްރަސްކަލުންނާއި އެބައިމީހުންގެ ލަޝްކަރުތައް އަސް ދުއްވަން އިން އަސްވާރާއި އަދި އެކަލޭގެފާނުގެ ލަޝްކަރާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް އެއްވި ތަން އަހަރެން ދުށީމެވެ.
20 އަދި ކަނޑުދާއްބަ އަތުލައިގަނެ އެ އެއްޗާއި އެއްބައިވެ އޭތީގެ ޙާޟިރުގައި އޭތީގެ ސިލު ޖަހައި އަދި އޭތީގެ ސޫރައަށް އަޅުކަންކުރި ފަރާތްތަކަށް މުޢުޖިޒާތްތައް ދައްކައި މަކަރު ހެދި ދޮގުވެރި ނަބީކަލޭގެއާއި އެކުގައި އޭތި ވެސް ހުރަގެއަށް ލެވުނެވެ. އެ ކަނޑުދާއްބައާއި ދޮގުވެރި ނަބީކަލޭގެ ދިރިތިއްބައި ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައި ލެވުނެވެ.
21 އަސްދުއްވަން އިން އަސްވާރުގެ އަނގައިން ނުކުތް ތޫނު ކަނޑިން ކަނޑުދާއްބައިގެ ލަޝްކަރު ގަތުލު ކުރެވުނެވެ. އަދި ހުރިހާ ދޫނިތަކެއް އައިސް އެތަކެއްޗަށް ކެވުނު ވަރަކަށް އެބައިމީހުންގެ މަސްކެއެވެ.