1 ދާއޫދުގެފާނު އެއްސެވިއެވެ. ”ޝާއުލްގެފާނުގެ އާއިލާގައި އެކަކު ވެސް ނެތީތަ؟ އަހަރެން އެއާއިލާއަށް އެހީތެރިކަން ފޯރުވަން ބޭނުންވޭ. މިއީ ޔޫނަތައިންއަށްޓަކައި އަހަރެން ކޮށްދޭން ބޭނުންވާކަމެއް.“
2 ޝާއުލްގެފާނުގެ ޚާދިމުންގެ ތެރޭގައި ސީބާއޭ ކިޔާ މީހަކު ހުއްޓެވެ. ދާއޫދުގެފާނުގެ އެހީތެރީން ގޮސް އޭނާ ގެނެސްފިއެވެ. ދާއޫދުގެފާނު އެއްސެވިއެވެ. ”ކަލޭ ތީ ސީބާތަ؟“
3 ދާއޫދުގެފާނު އެއްސެވިއެވެ. ”ޝާއުލްގެފާނުގެ އާއިލާގައި ހަމަ އެއްވެސް ދަރިޔަކު ނެތީތަ؟ އެމީހަކަށް މާތްކަލާނގެ އޯގާވެރިކަން ދައްކައިދޭން އަހަރެން ބޭނުން.“
4 ދާއޫދުގެފާނު ސީބާ ކުރެން އެއްސެވިއެވެ. ”އެ ކުއްޖާ ހުރީ ކޮންތާނކު؟“
5 ދެން ދާއޫދުގެފާނު އެ ދަރިފުޅު ގެންނަވައިފިއެވެ.
6 ޔޫނަތައިންގެ ދަރިފުޅު މަފީބޫޝަތު ދާއޫދުގެފާނު އަރިހަށް އައިސް ގުދުވެ އަދަބު އަދާ ކޮށްފިއެވެ.
7 ދާއޫދުގެފާނު އޭނާއަށް ވިދާޅުވިއެވެ. ”ބިރުނުގަނޭ! އަހަރެން ކަލެއަށް އޯގާވެރިވާނަން. ކަލޭގެ ބައްޕައަށްޓަކައި ކަލެއާމެދު ހެޔޮކޮށް ހިތާނަން. އަހަރެން ކަލޭގެ ކާފަ ޝާއުލްގެފާނުގެ ހުރިހާ ބިމެއް ކަލެއަށް އަނބުރާ ދޭނަން. ކަލެއަށް ހުރިހާ އިރަކު ވެސް އަހަރެން ކާމޭޒުގައި ކާން ހުންނާނެ.“
8 މަފީބޫޝަތު ދެވަނަފަހަރަށް ދާއޫދުގެފާނުގެ ކުރިފުޅު މަތީ ގުދުވެއްޖެއެވެ. މަފީބޫޝަތު ދެންނެވިއެވެ. ”އަޅުގަނޑު މީ މަރުވެފައި އޮތް ކުއްތާއެއް. ވީ އިރު ވެސް މަނިކުފާނު އަޅުގަނޑާމެދު ތިޔަ ގޮތަށް ކަންތައް ކުރައްވަނީތޯ؟“
9 ދެން ދާއޫދުގެފާނު ޝާއުލްގެފާނުގެ ޚާދިމު ސީބާ ގެންނަވާފައި ވިދާޅުވިއެވެ. ”ޝާއުލްގެފާނުގެ އާއިލާގެ ހުރިހާ މުދަލެއް ކަލޭގެ ވެރިމީހާގެ ކާފަދަރި މަފީބޫޝަތަށް އަހަރެން ދީފިން.
10 ކަލެއާއި ކަލޭގެ ފިރިހެން ދަރިންނާއި ނޯކަރުން މަފީބޫޝަތުގެ ދަނޑުބިންތަކުގައި ގޮވާން ކުރޭ. ކަލޭ އެ ބިމުން ލިބޭ ގޮވާންތައް ކަނޑައި އެތަކެތި ގެނެސްދީ. އޭރުން ކަލޭގެ ވެރިޔާގެ ކާފަ ދަރިފުޅުގެ ގޭބިސީއަށް ކާން ދެވޭވަރުވާނެ. އެކަމަކު މަފީބޫޝަތު ކައިބޮއިހަދާނީ އަހަރެންގެ ކާ މޭޒުގައި.“
11 ދެން ސީބާ ދާއޫދު ރަސްގެފާނަށް ދެންނެވިއެވެ. ”އަޅުގަނޑަކީ ސާހިބުމަނިކުފާނުގެ ޚާދިމެއް. މަނިކުފާނު އެންގެވި ގޮތެއް އަޅުގަނޑު ހަދާނަން.“
12 މަފީބޫޝަތުގެ ކުޑަ ދަރިޔަކު ހުރެއެވެ. އެކުއްޖާގެ ނަމަކީ މައިކާއެވެ.
13 މަފީބޫޝަތަކީ ކޮރު މީހެކެވެ. އޭނާ ދިރިއުޅެނީ ޖެރޫސަލަމުގައެވެ. އަދި އޭނާ ހުރިހާއިރަކު ވެސް ކައިހަދަނީ ރަސްގެފާނުގެ މޭޒުކޮޅުންނެވެ.