2 Samuel 18

DIV

1 ދާއޫދުގެފާނުގެ މީހުން ގުނާ އެއްތަން ކުރައްވައިފިއެވެ. އެއީ ސަތޭކަ ސިފައިންގެ ފައުޖުތަކާއި އެއްހާސް ސިފައިންގެ ފައުޖުތަކެވެ. މިއިން ކޮންމެ ފައުޖަކަށް ވެސް އަމުރުކުރާނެ ސަރުދާރުން ލައްވައިފިއެވެ.

2 ދެން ދާއޫދުގެފާނުގެ ލަޝްކަރު ތިން ބަޔަކަށް ބައްސަވައި ހަނގުރާމައަށް ނެރުއްވައިފިއެވެ. އެއްބައެއްގެ ވެރިޔަކަށް ހަމަޖެއްސެވީ ޔުއާބުއެވެ. އަނެއްބައިގެ ވެރިޔަކަށް ލެއްވީ ޔުއާބުގެ ކޮއްކޮ އަބީޝާއި އެވެ. މިދެބޭންނަކީ ވެސް ސަރޫވިޔަތުގެ ދަރިންނެވެ. ދެން އޮތް ބައިގެ ވެރިޔަކަށް ލެއްވީ ޖައްތުގެ އިއްތާއީއެވެ.

3 އެކަމަކު އެމީހުން ދެންނެވިއެވެ. ”⁠ނޫން! އެއްގޮތަކަށް ވެސް ކަލޭގެފާނު އަޅުގަނޑުމެންނާއެކު ވަޑައިގަންނަވައިގެން ނުވާނެ. އަޅުގަނޑުމެން މައިދާނުން ފިލަން ދުއްވައިގަތަސް އަބްޝާލޫމުގެ މީހުން އަޅުގަނޑުމެންނަކާ އަޅައެއް ނުލާނެ. އަޅުގަނޑުމެންގެ ލަޝްކަރުގެ ދެބައިކުޅައެއްބައި މީހުން މަރުވިޔަސް އެމީހުންނަކަށް ނުފުދޭނެ. އެމީހުންގެ ގާތުގައި ދިހަހާސް މީހުންނަށް ވުރެން ކަލޭގެފާނުގެ އަގު މާބޮޑުވާނެ. ކަލޭގެފާނު ސަހަރުން ނުކުމެ ވަޑައިނުގެން މަޑުކޮށްލުން މާ ރަނގަޅުވާނެ. އަދި އަހަރެމެންނަށް ކަމެއްދަމެއް ބޮޑުވިޔަސް ކަލޭގެފާނުގެ އެހީ އަޅުގަނޑުމެންނަށް ލިބޭނެ.⁠“

4 ރަސްގެފާނު އެމީހުންގެ ގާތު ވިދާޅުވިއެވެ. ”⁠ކަލޭމެންނަށް ރަނގަޅުހެން ހީވާގޮތަކަށް އަހަރެން ހަދާފާނަން.⁠“

5 ރަސްގެފާނު އަބީޝާއި އާއި އިއްތާއީއާއި ޔުއާބު އަށް އެންގެވިއެވެ. ”⁠އަހަންނަށްޓަކައި އަބްޝާލޫމާ ދޭތެރޭ ހަރުކަށިކޮށް ކަމެއް ނުކުރާތި!⁠“

6 ދެން ދާއޫދުގެފާނުގެ ފައުޖު މައިދާނަށް ނުކުމެއްޖެއެވެ. އަބްޝާލޫމާއެކު އައި އިސްރާއީލީންނާ ހަނގުރާމަ ކުރެވެމުން ދަނީ އަފްރާއީމުގެ ޖަންގަލީގައެވެ.

7 ދާއޫދުގެފާނުގެ ލަޝްކަރު އިސްރާއީލީން ބަލި ކޮށްލައިފިއެވެ. އެދުވަހު އެމީހުންގެ ވިހިހާސް މީހުން މަރުވިއެވެ.

8 އެދުވަހު ހަނގުރާމަ މުޅި އެ ސަރަހައްދަށް ފެތުރިފައި އޮތެވެ. އެކަމަކު އެދުވަހު ކަނޑިން މަރުވި މީހުންނަށް ވުރެން ގިނައީ ވަލުތެރޭގައި މަރުވި މީހުންނެވެ.

9 ކަންތައްވީ މިހެންނެވެ. ދާއޫދުގެފާނުގެ މީހުން އަންނަތަން އަބްޝާލޫމަށް ފެނުމުން އޭނާ އަވަހަށް ބަޣަލަށް ސަވާރުވެ ފިލައިގެން ދާން އުޅެގެންފިއެވެ. އެކަމަކު ބަޣަލު ގޮސް ބަލޫތު ގަހެއްގެ ދަށުން ދަނިކޮށް ގޮފިގަނޑެއްގައި އަބްޝާލޫމްގެ އިސްތަށިގަނޑު ތާށިވެއްޖެއެވެ. އޭނާ އޮތީ ގޮފިގަނޑުގައި އެލިފައެވެ.

10 މިކަންތައް ހިނގިގޮތުގެ ވާހަކަ މީހަކު ގޮސް ޔުއާބު ގާތު ބުނެފިއެވެ. ”⁠އަހަރެމެން ދެކެފިން އަބްޝާލޫމް ގަހެއްގައި އެލިފައި އޮއްވާ.⁠“

11 ޔުއާބު އެމީހާ ކުރެން އެއްސެވެ. ”⁠ކަލޭ ކީއްވެތަ އޭނާ މަރާވައްޓާނުލީ؟ އަހަރެން ކަލެއަށް ދިހަ ރިހިފައިސާ ފޮއްޗާއި ބަތަލެއްގެ ފައްޓާއެއް ދޭނަން ކަލޭ އެކަންތައް ކޮށްފައި އައީމާ.⁠“

12 އެމީހާ ޔުއާބުގެ ގާތުގައި ބުނެއްޕެވެ. ”⁠އޭގެ އެއްހާސް ފޮތި ފައިސާ އަހަރެންގެ އަތަށް ލައިދިނަސް ރަސްގެފާނުގެ ދަރިކަލަކު އަހަރެންގެ އަތުން މަރައެއް ނުލާނަން. އަހަރެން އެހިން އެ ދަރިކަލުންނަށް ގޮތެއް ނުހެދުމަށް ކަލެއާއި އަބީޝާއިއާއި އިއްތާއީއަށް ރަސްގެފާނު އެންގެވި އަޑު.

13 އަހަރެން އޭނާ މަރާލިކަން ރަސްގެފާނަށް އެނގިވަޑައިގެންފިއްޔާ ކަލޭ ދެނަހުރި ކަމަކަށް ވެސް ނަހަދާނެ.⁠“

14 ޔުއާބު ބުންޏެވެ. ”⁠ކަލެއާ ވާހަކަ ދައްކައި ވަގުތު ބޭކާރު ކުރާކަށް މަށެއް ނޫޅެން.⁠“

15 އޭރު ޔުއާބާއެކު ޒުވާން ދިހަ މީހުންތިއްބެވެ. އެއީ އޭނާއަށް ހަތިޔާރު އުފުލައި އަތްގާތްކޮށް ދޭން ތިބޭ ބަޔެކެވެ. އެއެންމެން ވެސް އައިސް އަބްޝާލޫމް ވަށާލައި އޭނާ މަރައި ނިންމާލައިފިއެވެ.

16 ދެން ޔުއާބު ތާޅަފިލި ފުމެލުމުން އެމީހުން އިސްރާއީލީންނަށް ހަމަލަ ދިނުން ހުއްޓާލައިފިއެވެ.

17 އެއަށް ފަހު އެމީހުން އަބްޝާލޫމްގެ މަސްގަނޑު ގެންގޮސް ވަލުތެރޭގައި ހުރި ވަޅަކަށް ވައްޓާލައި ވަޅަށް ގާއަޅައި ފަސްލައިފިއެވެ.

18 އަބްޝާލޫމް ދުނިޔޭގައި ހުރިއިރު އޭނާ ވަނީ ރަސްގެފާނުގެ ވާދީގައި މިހެން ކިޔައި ހިލައެއް ބަހައްޓާފައެވެ. ”⁠މިއީ އަހަރެންގެ ދަރިޔަކު ނެތީމާ އަހަރެންގެ ނަން ދަމަހައްޓަން ބަހައްޓާ ހަނދާނީ ހިލައެއް.⁠“ އަބްޝާލޫމްގެ ހަނދާނީ ހިލައޭ ކިޔާހިލަ މި ލިޔާއިރު ވެސް އެބަހުއްޓެވެ.

19 ސަދޫގުގެ ދަރި އަޚީމައަސް ޔުއާބުގެ ގާތު ބުންޏެވެ. ”⁠އަހަރެން ދުވެފައި ގޮސް ރަސްގެފާނަށް މި ޚަބަރު ދަންނަވަންތަ؟ އަހަރެން ރަސްގެފާނަށް ދަންނަވާނީ މިހެން. މާތްރަސްކަލާނގެ ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރައްވައިފި.⁠“

20 ޔުއާބު ބުންޏެވެ. ”⁠ނޫން ކޮންމެހެން ކަލޭ މިއަދު ގޮސް ރަސްގެފާނަށް މި ޚަބަރު ދަންނަވާނެ ކަމެއް ނެތް. މިއަދު ނޫން އެހެން ދުވަހެއްގައި ކަލޭ މި ޚަބަރާއިގެން ދިޔައަކަސް ހެޔޮ. މިއަދު މިވަނީ ރަސްގެފާނުގެ ދަރިކަލުން އަވަހާރަވެފައި.⁠“

21 ދެން ޔުއާބު ކޫޝީ އަޅެއްގެ ގާތު ބުންޏެވެ. ”⁠ކަލޭ ގޮސް ކަލެއަށް ފެނުނު ކަންތަކުގެ ވާހަކަ ރަސްގެފާނަށް ދަންނަވާ!⁠“

22 އެކަމަކު އަޚީމައަސް އަނެއްކާވެސް ޔުއާބަށް އާދޭސް ކުރިއެވެ. ”⁠ކޮންމެ ގޮތެއް ވިޔަސް ހެޔޮ. އިތިއޮޕިޔާ އަޅުކަލޭގެ ފަހަތުން އަހަރެން ވެސް ދިޔަދީ.⁠“

23 އަޚީމައަސް ބުންޏެވެ. ”⁠އެއްޗެއް ނުލިބުނަކަސް ހެޔޮ. އަހަރެން ދިޔަ ދީ.⁠“

24 ދާއޫދު ރަސްގެފާނު އޭރު ވެސް އިންނެވީ ރަށްބޭރު ބޮޑު ދޮރާށި ދޮށުގައެވެ. ފާރަވެރި ކަލޭގެ ދޮރާށި ފުރާޅު މައްޗަށް އަރައި ބަލާލި އިރު އެކަނި އަންނަ މީހަކު އެކަލޭގެއަށް ފެނިއްޖެއެވެ.

25 ދެން އެކަލޭގެ ގޮސް ދާއޫދުގެފާނަށް އިވިވަޑައިގަންނަވާ ވަރަށް ހަޅޭއްލާފައި މިވާހަކަ ބުނެފިއެވެ.

26 އަދި ދެވަނަ މީހަކު އަންނަތަން ވެސް ފާރަވެރި ކަލޭގެއަށް ފެނިއްޖެއެވެ. ދެން އެކަލޭގެ ދޮރުވާނުކަލޭގެ ގާތު މިވާހަކަ ބުނެފިއެވެ. ”⁠އެކަނި އަންނަ އެހެން މީހަކު ވެސް އެބަ އާދޭ.⁠“

27 ދޮރުވާނުކަލޭގެ ދެންނެވިއެވެ. ”⁠އަޅުގަނޑަށް ހީވަނީ ކުރީގައި ހުރެގެން ދުވެފައި މި އަންނަނީ ސަދޫގުގެ ދަރި އަޚީމައަސް ހެން. އޭނާއާ ވަރަށް ވައްތަރު.⁠“

28 އަޚީމައަސް ރަސްގެފާނަށް އިވޭހާ ބާރަށް ދެންނެވިއެވެ. ”⁠ހުރިހާ ކަމެއް ވެސް ރަނގަޅު.⁠“

29 ރަސްގެފާނު އެއްސެވިއެވެ. ”⁠އަބްޝާލޫމް ސަލާމަތުން އެބަހުރިތަ؟⁠“

30 ރަސްގެފާނު ވިދާޅުވިއެވެ. ”⁠މިތާ މަޑުކޮށްގެން ހުރޭ.⁠“ ދެން އަޚީމައަސް އެތަނަށް ގޮސް ކޮއްޅަށް ހުރެއްޖެއެވެ.

31 ކޫޝީ އަޅުކަލޭގެ އައިސް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ސާހިބު ރަސްގެފާނަށް ދަންނަވަން އޮތް ޚަބަރަކީ މާތްރަސްކަލާނގެ ކަލޭގެފާނުގެ އަދާވާތްތެރިން ބަލި ކުރައްވައިފިޔޭ.⁠“

32 ރަސްގެފާނު އަޅުކަލޭގެ ކުރެން އެއްސެވިއެވެ. ”⁠އަބްޝާލޫމް ސަލާމަތުން އެބަހުރިތަ؟⁠“

33 ދެން ރަސްގެފާނަށް އަބްޝާލޫމް މަރުވެއްޖެކަން އެނގިވަޑައިގެންފިއެވެ. އެވަގުތު ރަސްގެފާނު ތުރުތުރު ލައިގެންފިއެވެ. އެކަލޭގެފާނު ބޮޑުފާރުދޮށުގައި ހުރި ކޮޓަރިއަކަށް ވަންނަވައި ހަރު އަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެކަލޭގެފާނު މިހެން ވިދާޅުވަމުން ގެންދެވިއެވެ. ”⁠މަގޭ ދަރިފުޅު އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް. ކަލޭގެ ބަދަލުގައި އަހަރެން މަރުވިނަމަ ކޮންފަދަ. އަބްޝާލޫމް، މަގޭ ދަރިފުޅު އަބްޝާލޫމް!⁠“

Ler em outra tradução

Comparar lado a lado